Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރތު އަވަރ

ރާއްޖޭގައިވެސް މިއަހަރުގެ އާރތު އަވަރ ފާހަގަ ކޮށްފި

24 މާރިޗު 2018 | ހޮނިހިރު 20:40

މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މީހުން ހޭލުންތެރި ކުރުވުމަށް ފާހަގަ ކުރާ ވަގުތުކޮޅެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 24 މާރިޗު 2018 | ހޮނިހިރު 20:40
އާރތު އަވަރ ފާހަގަ ކުރުމުގެ ގޮތުން ލައިޓްތައް ނިވާލާފައި

އާރތު އަވަރ ފާހަގަ ކުރުމުގެ ގޮތުން ލައިޓްތައް ނިވާލާފައި

އދ. ގެ ޖަމިއްޔާއެއް ކަމަށްވާ ވޯލްޑް ވައިޑް ފަންޑް ފޮރ ނޭޗަރ (ޑަބްލިޔުޑަބްލިޔުއެފް) އިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރެއްގެ މާޗް މަހު، "ދުނިޔެއަށްޓަކައި އެއް ގަޑިއިރަށް" ކޮންމެހެން ބޭނުންކުރަން ޖެހޭ ބޮކިތައް ފިޔަވައި އެހެން ދިއްލުންތައް ނިވާލައިގެން ފާހަގަކުރާ އެއް ގަޑިއިރުގެ ވަގުތުކޮޅު (އާރތު އަވަރ) ރާއްޖޭގައިވެސް ފާހަގަ ކޮށްފިއެވެ.

އާރތު އަވަރ ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައިވެސް ވަނީ ބައެއް ޖަމްއިއްޔާތަކުން އިސްނަގައިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސާފުކުރުމުގެ ޕްރޮގްރާމާތްކާއި، ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކާބެހޭ މައުލޫމާތު ފޯރުކޮށްދީ މީހުން ހޭލުންތެރި ކުރުވުމުގެ އިތުރުން އެކަންކަމާއި ގުޅުވައިގެން ތަފާތު ކުޅިވަރު ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

މާލޭގައި ބައެއް ތަންތަނުގައި އެއްގަޑިއިރަށް ގިނަ ލައިޓްތައް ނިއްވާލައިގެން އާރތު އަވަރ ފާހަގަ ކޮށްފައިވާއިރު އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ވަނީ އެއްގަޑިއިރަށް ލައިޓްތައް ނިއްވާލާފައެވެ.

އީކޯކެއަރގެ ޑައިރެކްޓަރ އޮފް އެޑްވޮކަސީ މައީދު މުހައްމަދު ޒާހިރު، ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ 60 މިނިޓް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫގެ ސްޓޭޖް ސަރަހައްދުގައި ބޮކިތައް ނިއްވާލައިގެން ޝުޢޫރު ފާޅުކޮށްފައިވާ ކަމަށާއި ހުކުރު ދުވަހުން ފެށިގެން އައްޑޫ ސިޓީގައި އާރތު އަވަރ ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"ބޮކިތައް ނިއްވާލައިގެން ޝުޢޫރު ފާޅުކުރުން ކުރިއަށް މިދަނީ. މިރޭ (ހޮނިހިރު ދުވަހުގެރޭ) އެބައޮތް ބޮޑުބެރާ އައްޑޫ މިޔުޒީޝަނުންގެ ބައެއް ހަރަކާތްތައް ވަނީ ރޭވިފައި. އިއްޔެއާ މިއަދު އައްޑޫ ސިޓީގައި ވަރަށް ބައިވަރު ހަރަކާތްތަކެއް މިދިޔައީ ހިނގަމުން. އޭގެ ތެރޭގައި ބައިސްކަލް މުބާރާތެއް ބޭއްވިއްޖެ. ކުނިނެގުމުގެ ހަރަކާތެއްވެސް ބޭއްވިއްޖެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމާ ބެހޭ މައުލޫމާތު ފޯރުކޮށް ދެވިއްޖެ" ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީގެ 60 މިނިޓް އަށް ދެއްވި އިންޓަވިއުގައި މައީދު ވިދާޅުވިއެވެ.

މައީދު ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުންނާއި ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށާއި މިއީ ކޮންމެ މީހަކުވެސް އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި މިކަމާމެދު ކޮންމެ ރައްޔިތަކުވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެއް ކަމަށެވެ.

"މިއީ ކޮންމެ މީހަކުވެސް މިކަމާމެދު ވިސްނަން ޖެހޭ ކަމެއް. އަދި ވިސްނާފައި ފަރުދީ ފެންވަރުގައި ފިޔަވަޅުތަކެއް އަޅަން ޖެހޭ." މައީދު ވިދާޅުވިއެވެ.

މައީދު ވިދާޅުވީ އެއްގަޑިއިރަށް ބޮކިތައް ނިވާލުމަކީ ރަމްޒީ ކަމެއް ނަމަވެސް މިއީ އަހަރުގެ ކޮންމެ ދުވަހަކުވެސް މިކަމަށް ސަމާލުކަން ދޭން ޖެހޭ ދުވަހެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނަގައިފި

29 މާރިޗު 2017
ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނަގައިފި
25 މާރިޗު 2017

އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ

25 މާރިޗު 2017
އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ
24 މާރިޗު 2017

އާރތް އަވަރ" ފާހަގަކުރުން ހޮނިހިރު ދުވަހު

24 މާރިޗު 2017
އާރތް އަވަރ" ފާހަގަކުރުން ހޮނިހިރު ދުވަހު
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް