Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަބްދުﷲ ފައިރޫޝް

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެ ޓީވީގެ ދެ ނޫސްވެރިންގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 24 މާރިޗު 2018 | ހޮނިހިރު 14:04
ފުލުހުންގެ ކުރީގެ އޭސީޕީ އަބްދުﷲ ފައިރޫޝް

ފުލުހުންގެ ކުރީގެ އޭސީޕީ އަބްދުﷲ ފައިރޫޝް

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއްނޫން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްކަން ކުރެއްވި އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވަނިކޮށް ވަޒީފާ އިން ވަކިކުރި ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންޓެލިޖެންސް ރިޕޯޓުތަކުގައިވާ ރަތްކުލައިގެ ގޮޅިއެއްގެެ ތެރޭގައި ވާ ލިޔުން ފަނޑިޔާރުން ވިދާޅުވާން ފައްޓަވަން ޖެހިވަޑައިގަންނަވާ ވަގުތު އައިސް ޖެހިއްޖެ ކަމަށާއި ރަތްކުލައިގެ ގޮޅީގެ ތެރޭގައިވާ ލިޔުމުގައި އޮންނާނީ "އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން" ކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކީ ހެއްކެއް ނޫން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

ކުރިން ފުލުހުންގެ ވަޒީފާގައި އުޅުއްވި ފައިރޫޝް މިމޭރުމުން ޓްވީޓް ކުރެއްވި އިރު ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އާންމުކުރި މައްސަލައިގައި ހައްޔަރު ކުރި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި އާމިރު ސަލީމް 10 ދުވަހަށް ބަންދުގައި ބައިތިއްބަން މާޗް 17 ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. މި މައްސަލައިގައި ރާއްޖެޓީޓީގެ ނޫސްވެރިންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ވަކީލް މުހައްމަދު ނިޝާން ވިދާޅުވެފައި ވަނީ ހެއްކެއްގެ ގޮތުގައި ފުލުހުން ހުށަހަޅާފައި ވަނީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއް ކަމަށެވެ.

ރާއްޖެޓީވީގެ އާމިރާއި ވިސާމްގެ މައްޗަށް މުއްދަތު އިތުރުކުރެވިގެންދިޔައީ އިތުރު ހެއްކެއް އޮވެގެން ނޫން ކަމަށް ވެސް ގާނޫނީ ވަކީލު ނިޝަން ވަނީ ވިދާޅުވެފައެވެ. ވިސާމާއި އާމިރުގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ ދޮގު ތުހްމަތެއް ކަމަށް ރާއްޖެ ޓީވީން ވަނީ ބުނެފައެވެ. އަދި އެ ފަދަ ތުހްމަތެއްކޮށް ރާއްޖެ ޓީވީގެ ނޫސްވެރިން ހައްޔަރުކުރީ ސްޓޭޝަންގެ ތަސައްވުރު ހަޑިކޮށް، ސްޓޭޝަން ބަންދުކުރުމުގެ ނިޔަތް އޮތް ބައެއްގެ ރޭވުމުން ކަމަށް ވެސް ރާއްޖެ ޓީވީން ބުނެއެވެ.

ރާއްޖޭގޭ ބަައެއް ސިޔާސީ ޕާޓީތަކުން އަބަދުވެސް ބުނަމުން އަންނަ އެއް ވާހަކައަކީ ސަލާމަތީ ޚިދުމަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވައި އިންޓެލިޖެންސް ރިޕޯޓު މެދުވެރިކޮށް ވާދަވެރިންނާއި އަދި ނޫސްވެރިންގެ އަޑުކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. މީގެ ކުރިން ވެސް ސިޔާސީ ބައެއް ބޭފުޅުން ބަންދުކުރުމަށް ވެސް ހަމައެކަނި އިންޓެލިޖެންސް ރިޕޯޓަށް ވަނީ ބަލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު