Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެކްޓަރ ބެލެރިން

ބެލެރިން އާސެނަލް ދޫކޮށެއްނުލާނެ!

24 މާރިޗު 2018 | ހޮނިހިރު 13:06

ބެލެރިންގެ ކޮންޓްރެކްޓަގައި ބާކީ ހަތަރު އަހަރު އެބަ އޮތް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 މާރިޗު 2018 | ހޮނިހިރު 13:06
ހެކްޓަރ ބެލެރިން

ހެކްޓަރ ބެލެރިން

އާސެނަލްއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ހެކްޓަރ ބެލެރިން އެ ޓީމު ދޫކޮށްނުލާނެ ކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ޑިފެންޑަރު އޭނާ ތަމްރީނުވި ޓީމު ކަމަށްވާ ސްޕެއިންގެ ބާސެލޯނާއަށް އެނބުރިދާން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ހަމައެހެންމެ އޭނާ ހޯދުމަށް އިޓަލީގެ ޔުވެންޓަސް އަދި އާސެނަލްގެ ވާދަވެރި މެންޗެސްޓާ ޔުނައިޓޑުން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބެލެރިންގެ އޭޖެންޓް ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ އޭނާ އާސެނަލް ދޫކޮށްލާ މަންޒަރު ނުފެންނަ ކަމަށާއި އެފަދަ ދުވަހެއް މި ސީޒަނުގައި އަތުވެދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އޭނާ ބުނީ ބެލެރިންގެ ސޮޔާ މެދު މަޝްވަރާ ކުރުމަށް އެއްވެސް ކްލަބަކުން އޭނާއާ މަޝްވަރާކޮށްފައިނުވާ ކަމަށާއި އޭނާ އާސެނަލްގައި ވެސް ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. އެގޮތުން އޭނާ ވަނީ ވަރަށް ފަހުން އާ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ކަމަށާއި އަދި ގަވާއިދުން އޭނާއަށް ފުރަތަމަ އެގާރައިން ފުރުސަތު ދެމުންދާ ކަމަށް ވެސް އޭނާގެ އޭޖެންޓް ފާހަގަކޮށްފައިވެއެވެ.

ބެލެރިންގެ އޭޖެންޓް ބުނެފައި ވަނީ ކޮންމެ ކުޅުންތެރިޔަކު ވެސް އާ ތަޖުރިބާތައް ކުރަން ބޭނުންވާ ކަމަށާއި އެގޮތަށް އޭނާ ވެސް އާ ތަޖުރިބާތައްކުރަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. ކޮންމެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް ބެލެރިން ހޯދުމަށް އެކި ކްލަބްތަކުން މަސައްކަތްކުރާ ކަމަށާއި އެހެން ނަމަވެސް އާސެނަލް އިން އެފަދަ އެއްވެސް ވާހަކައެއް ހިއްސާކޮށްފައިނުވާ ކަމަށް އޭނާގެ އޭޖެންޓް ބުނެފައިވެއެވެ. އޭނާ ބުނީ ބެލެރިން ހޯދުމަށް އިޓަލީގެ ޓީމުތަކުން ވެސް މަސައްކަތްކުރާ ކަމަށާއި އިޓަލީގެ ޓީމުތަކަކީ ވެސް ވަރަށް ކަމުދާ ޓީމުތަކެއް ކަމަށެވެ. އެގޮތުން ނަޕޯލީއަކީ ޔޫރަޕުގައި ވެސް މިހާރު އަރަމުން އަންނަ ޓީމެއް ކަން ފާހަގަކުރަމުން ބެލެރިންގެ އޭޖެންޓް ވަނީ އޭނާ އެ ޓީމުން ފެނިދާނެ ކަމުގެ އިޝާރާތެއް ވެސް ދީފައެވެ.

މިދިޔަ އަހަރު އާސެނަލްއާ އެކު ބެލެރިން ސޮއިކުރި އާ ކޮންޓްރެކްޓާ އެކު 2022 ވަނަ އަހަރުގެ ނިޔަލަށް އެ ކްލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ދެމިހުންނާނެއެވެ. މި ސީޒަނުގެ މިހާތަނަށް ބެލެރިން ވަނީ 37 މެޗު އާސެނަލްއަށް ކުޅެދީފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް