Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަނޭޝަނަލް ފްރެންޑްލީ

އިންޓަނޭޝަނަލް ފްރެންޑްލީ: ވަރުގަދަ ދެ ބާރުގެ ކުރިމަތިލުން އެއްވަރު

ސްޕެއިން އަދި ޖަރުމަނު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 މާރިޗު 2018 | ހޮނިހިރު 12:14
ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ރޮޑްރީގޯ އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ރޮޑްރީގޯ އުފާ ފާޅުކުރަނީ

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ގަދަ ދެ ބާރު ކަމަށްވާ ޖަރުމަނު އަދި ސްޕެއިން ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޖަރުމަނުގެ ޑަސަލްޑޯފްގައި ކުޅުނު މި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗާ މި ދެ ޓީމު ކުރިމަތިލިއިރު ބައިނަލްއަގްވާމީ ބޮޑު މުބާރާތްތަކުގެ ސެމީގައި މި ދެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ސްޕެއިން ދެ މެޗު ކާމިޔާބުކުރި އިރު ޖަރުމަނު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. ދެ ޓީމުން ވެސް ވަރުގަދަ ފުރަތަމަ އެގާރައެއް މި މެޗަށް ނެރެފައިވާއިރު ޖަރުމަނުގެ ގޯލުން އަނިޔާގެ ސަބަބުން މެނުއެލް ނޯޔާ ފެނިފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި މި މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ބާސާގެ ކީޕަރު މާކް އެންޑަރ ޓާސްޓީޖެންއެވެ. ހަމައެހެންމެ ސްޕެއިންގެ ޓީމުން ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާއަށް ވެސް ފުރުސަތު ދީފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ސްޕެއިން އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޖަރުމަނުގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 6 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އަންދްރޭސް އިނިއެސްޓާގެ ޕާހަކުން އެ ޓީމަށް ޖަހައިދިނީ ވެލެންސިއާގެ ފޯވާޑް ރޮޑްރިގޯއެވެ. މި ލަނޑަށް ފަހު ޖަރުމަނުން ވަނީ ކުރިޔަށް ޖެހި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 36 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ތޯމަސް މުލާއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ރީތި އެޓޭކިން ފުޓްބޯޅައެއް ކުޅެފައެވެ. ހަމަލާއަކަށް ފަހު ހަމަލާއެއް ދެ ޓީމުން އުފައްދަމުންދިޔައިރު މެޗުގެ 65 ވަނަ މިނެޓުގައި މެޓްސް ހުމެލްސް ފޮނުވާލި ހަމަލާއެއް ވަނީ ސްޕެއިންގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. މި މެޗު ވެގެން ގޮސްފައިވަނީ ސްޕެއިންގެ ގައުމީ ޓީމަށް ސާޖިއޯ ރާމޯސް ކުޅުނު 150 ވަނަ މެޗަށެވެ.

އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕް ވެސް މި ދެ ޓީމުން ކާމިޔާބުކުރިއިރު މިއަހަރުގެ ވޯލްޑް ކަޕްއަށް މި ދެ ޓީމު ވެސް ކޮލިފައިވީ ކޮލިފައިން ގްރޫޕުގެ އެއްވަނަ ޓީމުތަކުގެ ގޮތުގައެވެ. މިއަހަރުގެ ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި މި ދެ ޓީމު ވެސް ގިނަ ބަޔަކު ދެކެއެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމުން ވެސް ރަހުމަތްތެރިކަމުގެ މެޗުތައް ކުޅެމުން އަންނައިރު މި މަހުގެ 27 ވަނަ ދުވަހު ޖަރުމަނު ނުކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ. ހަމައެހެންމެ 28 ވަނަ ދުވަހު ސްޕެއިން ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!

10 މާރިޗު 2017
ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!
27 ފެބުރުއަރީ 2017

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

27 ފެބުރުއަރީ 2017
ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު