Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަނޭޝަނަލް ފްރެންޑްލީ

އިންޓަނޭޝަނަލް ފްރެންޑްލީ: ފަހު ވަގުތު ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުތަކުން ޕޯޗުގަލް މޮޅުވެއްޖެ

24 މާރިޗު 2018 | ހޮނިހިރު 12:04

މިސްރާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި ޕޯޗުގަލް މޮޅުވީ 2-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 މާރިޗު 2018 | ހޮނިހިރު 12:04
މެޗުގެ ފަހު ލަނޑުޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ: އޭނާ ވަނީ މިހާތަނަށް ޕޯޗުގަލްއަށް 81 ލަނޑު ޖަހައިދީފައި

މެޗުގެ ފަހު ލަނޑުޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ: އޭނާ ވަނީ މިހާތަނަށް ޕޯޗުގަލްއަށް 81 ލަނޑު ޖަހައިދީފައި

މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތުގައި ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުތަކުން ޕޯޗުގަލް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި މިސްރާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި ޕޯޗުގަލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ވެގެންދިޔައީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ގޯލާ ރައްޓެހި ފޯވާޑުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މިސްރުގެ ސަލާހު އަދި ޕޯޗުގަލްގެ ރޮނާލްޑޯގެ ކުރިމަތިލުމެއްގެ ގޮތުގައެވެ. މި ދެ ޓީމުން ވެސް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރީ ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ކުޅުނު އެންމެ ފަހު މެޗުން މޮޅުވެގެންނެވެ. ހަމައެހެންމެ މި މެޗަކީ 2014 ވަނަ އަހަރުގެ ފަހުން ޔޫރަޕުގެ ޓީމަކާ ދެކޮޅަށް މިސްރު ކުޅުނު ފުރަތަމަ މެޗެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ރޮނާލްޑޯ އަދި ސަލާހު ވެސް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއިރު މެޗުގެ 26 ވަނަ މިނެޓުގައި ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް މިސްރުގެ ގޯލު ރޮނގުމަތިން ވަނީ ދިފާއުކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި ރޮނާލްޑޯ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައި ވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މިސްރުންނެވެ. މި ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި އެލް ސައިދު ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ މުހައްމަދު ސަލާހުއެވެ. މި ލަނޑަށް ފަހު ޕޯޗުގަލް އިން އެ ޓީމުގެ ކުޅުން ވަރުގަދަކުރިއިރު އެ ޓީމަށް ވަނީ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ހަތަރު މިނެޓު ދެއްކިއިރު ރޮނާލްޑޯ ވަނީ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ލަނޑެއް ޖަހައި ޕޯޗުގަލްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗުން ޕޯޗުގަލް މޮޅުވި ލަނޑު އޭނާ ޖެހީ މެޗުގެ އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނެޓުގައެވެ.

މި މެޗުގައި ޖެހި ދެ ލަނޑާ އެކު ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް 81 ލަނޑު މިހާތަނަށް ޖަހައިދީފައެވެ. އޭނާއާ އެއް އަދަދަކަށް ބައިނަލްއަގްވާމީ މެޗުތަކުގައި ލަނޑު ޖަހާފައިވާ ކުޅުންތެރިޔަކު މިހާރު ކުޅެމުން ނުދެއެވެ. މި އަހަރުގެ ވޯލްޑް ކަޕާ ޕޯޗުގަލްއިން ކުރިމަތިލާނީ ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. ހަމައެހެންމެ މިއަހަރުގެ ވޯލްޑް ކަޕަކީ 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގައި މިސްރު ވާދަކުރާ ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް