Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ މޫސުން

2017 ވަނަ އަހަރުގެ ރާއްޖޭގެ މޫސުން: ފިނިހޫނުމިން އެންމެ މައްޗަށް ދިޔައީ 33.9 ޑިގްރީ ސެލްސިއަސް

ފިނިހޫނުމިން ދަށަށް ދިޔައީ 20.2 ޑިގްރީ ސެލްސިއަސްއަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 24 މާރިޗު 2018 | ހޮނިހިރު 07:07
މިދިޔަ އަަހަރު ކުރި ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި

މިދިޔަ އަަހަރު ކުރި ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި

މިދިޔަ އަހަރު ރާއްޖޭގެ ފިނިހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ، 33.9 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާއިރު އެންމެ ދަށަށް ގޮސްފައިވަނީ 20.2 ޑިގްރީ ސެލްސިއަސް އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ދުވަސް ފާހަގަ ކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ އަހަރު މޫސުން ގޯސްވެގެން ނެރޭ އެލާޓް ވައިޓްގެ 231 މެސެޖާއި އެޑްވައިޒަރީ ލެވެލް ޔެލޯ ގެ 44 މެސެޖް ނެރެފައިވާ ކަމަށެވެ.

މިދިޔަ އަހަރު އެންމެ ވައި ގަދަވީ ގަޑިއަކު 57 މޭލު ބާރުމިނަށް ކަމަށާއި 24 ގަޑިއިރަކަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ 189 މިލިމީޓަރުގެ ވާރޭ ކަމަށް އެއިދާރާއިން ބުނެ އެވެ.

ވޭތުވެ ދިޔަ އަހަރު ރެކްޓަރ މިންގަނޑުން 7 ނުވަތަ އެއަށް ވުރެ ބާރުގަދަ ބިންހެލުމެއް އިންޑިއާކަނޑުގެ ރާއްޖެހިމެނޭ ސަރަހައްދަށް އައިސްފައި ނުވާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ އޮފީހުގެ މަސައްކަތްތައް ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވުނު ކަމަށާއި މޫސުމާ ގުޅޭ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ.

މިދާއިރާއިން ހާއްސަކޮށް ވައިގެ އުދުހުންތަކަށް ފޯރުކޮށްދޭ މޫސުމާބެހޭ ޚިދުމަތްތައް ބައިނަލް އަގުވާމީ ފެންވަރުގައި ދިނުމުގެ ގާބިލްކަން އިތުރު ކުރެވިފައިވާ ކަމަށާއި ރާއްޖޭގައި އޮތް 12 ވައިގެ ބަނދަރުގައި ބެހެއްޓުމަށް ބޭނުންވާ އެއަރޕޯރޓް ވެދަރ އިންފޮރމޭޝަން ސިސްޓަމްތައް ގާތްގަޑަކަށް ހުރިހާ އެއާޕޯޓުތަކުގައި ހަރުކުރެވި ހިދުމަތް ކުރެވެމުންދާ ކަމަށެވެ.

ދުރާލާ އިންޒާރުދޭ ނިޒާމްގެ ދަށުން ރާއްޖޭގެ މޫސުން ގޯސް ވަމުންދާ މިންވަރު ދެނެގަތުމަށް ގާއިމުކުރެވުނު ޑޮޕްލަރ ވެދަ ރޭޑަރ މަރާމާތުކުނުކުރެވި ގިނަދުވަސްތަކަކަށް ފަހު މިދިޔަ ދެ އަހަރުތެރޭގައި ދައުލަތުން ބޮޑުހޭދައެއް ކުރެވިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މޫސުމީ ވިއުގަ އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކުރުމަށްޓަކައި، 25 އޮޓަމެޓިކް ވެދަރ ސްޓޭޝަން ރާއްޖޭގެ އެކިކަންކޮޅުގައި ހަރުކޮށް މިއަހަރު ޖުލައިމަހު އޭގެ ބޭނުންކުރަން ފެށޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. މޫސުމީ މައުލޫމާތު މަންޒަރާއެކު ގެނެސްދިނުމަށް ބޭނުންކުރާ ވެދަރ ސްޓޫޑިއޯ ތަރައްގީ ކޮށް، ހައި ޑެފިނީޝަންގައި ޓީވީ ޗެނަލް ތަކަށް މޫސުން ފޯރުކޮށްދޭން މިއަހަރު ފަށާފައިވާ ކަމަށާއި މޫސުމާބެހޭ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި 53 ކިލޯވޮޓްގެ ބެކަޕް ޕަވަރ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އެއިދާރާއިން ބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު