Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ސިޔާސީ މަސްރަހު

މިއީ ދާހިލީ މައްސަލައެއް، ހައްލު ހޯދާނީ އެތެރެއިން: ފޮރިން މިނިސްޓްރީ

23 މާރިޗު 2018 | ހުކުރު 17:31

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަކީ ދާހިލީ މައްސަލައެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 މާރިޗު 2018 | ހުކުރު 17:31
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އާސިމް

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އާސިމް

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަކީ ދާހިލީ މައްސަލައެއް ކަމަށާއި އެކަން ކަމަށް ހައްލު ހޯދާނީ އެތެރެއިން ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

ރާއްޖޭގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން އިންޑިއާ ސަރުކާރުން ނެރުނު ބަޔާން ފާހަގަކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަކީ ދާހިލީ މައްސަލައެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކުރަން ޖެހޭނީ އެތެރެއިން ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް މިބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

އިންޑިއާ ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއެކު ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައްވާފައެވެ. މިކަމަށް ރައްދުދީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރަން ގާނޫނީ ގޮތުން ދިވެހި ސަރުކާރަށް ލާޒިމުނުވާ ކަމަށެވެ. އެއީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އެ ކޯޓުން ނެރުނު އަމުރާ އެކު 1 ފެބްރުއަރީގެ އަމުރުގައިވާ ބައެއް ބައިތައް ބާތިލުވެފައިވުމާއި 18 ފެބްރުއަރީގައި އެ ކޯޓުން ނެރުނު އަމުރާ އެކު 1 ފެބްރުއަރީގެ އަމުރުގައި ހިމެނޭ ބައެއް ބައިތައް ސަސްޕެންޑް ކުރެވިފައިވާތީ ކަމަށް މި ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެން ކަމަށެވެ. ހަމައެހެންމެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވިގެން ދިޔުމާ އެކު ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހުރިހާ ހައްގެއް ރައްޔިތުންނަށް ލިބިދެވޭނެ ކަމަށާއި ހުރިހާ ކަމެއް ވެސް ކުރިޔެކޭ އެއްގޮތަށް އިޔާދަވެފައިވާ ކަމަށް ވެސް މި ބަޔާނުގައި ވެއެވެ. ސަރުކާރުގެ ހުރިހާ ނިންމުމެއް ވެސް ނިންމަނީ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތަށް ވިސްނުމަށް ފަހު ކަމަށް ވެސް ރާއްޖޭގެ ސަރުކާރުގެ މި ބަޔާނުގައިވެއެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ސަރުކާރުންދަނީ ވަމުން ކަމަށް ވެސް މި ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީ އިން ވަނީ އިންޑިއާ ސަރުކާރުން ނެރެފައިވާ ބަޔާނަކީ އެއްވެސް ވަރަކަށް މައްސަލައިގެ ހަގީގަތް ބެލުމެއް ނެތި ނެރެފައިވާ ބަޔާނެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ ބަޔާނުގައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް