Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޫނިދޫ ކަސްޓޯޑިއަލް

އިބޫގެ ގޮޅީގައި ފަންކާ ހަރުކުރީ ފާރަށް ފިނިވާ ގޮތަށް!

23 މާރިޗު 2018 | ހުކުރު 08:19

ފަންކާއިން އެނދަށް ފިންޏެއް ނުވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 23 މާރިޗު 2018 | ހުކުރު 08:19
އިބޫ: މާރިޗު 16 ވަނަ ދުވަހުގެރޭ ހައްޔަރުކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން

އިބޫ: މާރިޗު 16 ވަނަ ދުވަހުގެރޭ ހައްޔަރުކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް، ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުރި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު (އިބޫ) އާއި މެދު އަމަލުކުރަމުންދަނީ ފުލުހުންގެ ބޮޑާކަން ދައްކާ އުސޫލުން ކަމަށް އިބޫގެ ޤާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.

އިބޫގެ ޤާނޫނީ ވަކީލު، ނާޒިމް ސައްތާރު ޓުވިޓަރ މެދުވެރިކޮށް ވިދާޅުވީ، އިބޫ ބާއްވާފައިވާ ގޮޅީގައި ފުލުހުން މިހާރު ފަންކާއެއް ހަރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް ފާރުގައި ހަރުކޮށްފައިވާ އެ ފަންކާ ހަރުކޮށްފައިވަނީ އަނެއް ފަރާތު ފާރަށް ފިނިވާ ގޮތަށް ކަމަށާއި ގޮޅިގައި ހުންނަ އެނދަށް އޭގެން އެއްވެސް ވަރަކަށް ފިނި ނުވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިއީ ފުލުހުންގެ ބޮޑާކަން ދެއްކުމަށް ކޮށްފައިވާ ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ އިދާރާ ޓެގް ކުރައްވާ މި ޓްވީޓްގައި ނާޒިމް ވަނީ 'ވޯލްފޭން' އަކީ ފާރުގައި ހަރުކުރާ ފަންކާއެއް ކަމަށާއި، އެއީ ފާރަށް ފިނިކުރާ ފަންކާއެއް ނޫންކަން ސާފުކޮށްދެއްވާފާއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަންވެސް ކުރައްވާ އިބޫ ހައްޔަރުކޮށްފައިވަނީ މި މާރިޗު މަހުގެ 16 ވަނަ ދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން، ޖުމްހޫރީ މައިދާނުންނެވެ. އިބޫ ބަންދުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ނިންމައި، ބަންދުގައި ބެހެއްޓުމަށްފަހު، މާރިޗު 19 ވަނަ ދުވަހު އިބޫގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އިބޫގެ ބަނދަށް އެ ކޯޓުން ވަނީ 9 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

އިތުރަށް ކިޔާލަން

08 ޖުލައި 2018

އިބޫގެ ހަށިފާރަވެރިންގެ ގޮތުގައި އެސްޕީޖީން ވަކިކުރި ދެ އޮފިސަރުން!

08 ޖުލައި 2018
އިބޫގެ ހަށިފާރަވެރިންގެ ގޮތުގައި އެސްޕީޖީން ވަކިކުރި ދެ އޮފިސަރުން!
30 ޖޫން 2018

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް އިބޫގެ ނަން ހުށަހަޅައިފި

30 ޖޫން 2018
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް އިބޫގެ ނަން ހުށަހަޅައިފި
10 ޖޫން 2018

އެންމެފަހުން އިބޫގެ ބަހެއް ޅެން ބައިތަކުން

10 ޖޫން 2018
އެންމެފަހުން އިބޫގެ ބަހެއް ޅެން ބައިތަކުން
31 މެއި 2018

އިބޫގެ މައްސަލަ ފައިލްކޮށްފި

31 މެއި 2018
އިބޫގެ މައްސަލަ ފައިލްކޮށްފި
06 މެއި 2018

ގެއަށް ބަދަލު ނުކޮށްދެވޭނަމަ، މައުމޫނާ އެކު އަޅުގަނޑުވެސް ގޮޅީގައި ބާއްވަދީ: ނަސްރީނާ

06 މެއި 2018
ގެއަށް ބަދަލު ނުކޮށްދެވޭނަމަ، މައުމޫނާ އެކު އަޅުގަނޑުވެސް ގޮޅީގައި ބާއްވަދީ: ނަސްރީނާ
04 މާރިޗު 2018

އެންމެ ފަހުން މި ސަރުކާރުގެ ޝިކާރައަކަށްވެ ކުޑަފޫޅު ވެސް ގޮޅީގައި، ފަރުވާ ނުލިބޭތީ ކަންބޮޑުވުން!

04 މާރިޗު 2018
އެންމެ ފަހުން މި ސަރުކާރުގެ ޝިކާރައަކަށްވެ ކުޑަފޫޅު ވެސް ގޮޅީގައި، ފަރުވާ ނުލިބޭތީ ކަންބޮޑުވުން!
25 ފެބުރުއަރީ 2018

ރައީސް މައުމޫން އޮންނެވި ގޮޅީގައި ދާދިއަވަހަށް ރައީސް ޔާމީން ބާއްވާނަން: ސަމީރު

25 ފެބުރުއަރީ 2018
ރައީސް މައުމޫން އޮންނެވި ގޮޅީގައި ދާދިއަވަހަށް ރައީސް ޔާމީން ބާއްވާނަން: ސަމީރު
12 ފެބުރުއަރީ 2018

އުއްތަމަ ފަނޑިޔާރު ބަހައްޓާފައި ހުރީ ވަރަށް ކުޑަ ގޮޅިއެއްގައި، ފަންކާއެއް ނެތް، ނުބައިވަސް ވެސް ދުވާ: ވަކީލުން

12 ފެބުރުއަރީ 2018
އުއްތަމަ ފަނޑިޔާރު ބަހައްޓާފައި ހުރީ ވަރަށް ކުޑަ ގޮޅިއެއްގައި، ފަންކާއެއް ނެތް، ނުބައިވަސް ވެސް ދުވާ: ވަކީލުން
24 އޯގަސްޓު 2017

ރިޔާސަތުގެ މޭޒަށާއި އިބޫގެ ކޮޓަރި ކޮޅަށް ބިސް ޖަހައިފި

24 އޯގަސްޓު 2017
ރިޔާސަތުގެ މޭޒަށާއި އިބޫގެ ކޮޓަރި ކޮޅަށް ބިސް ޖަހައިފި
17 ޖޫން 2017

ޖަލުގެ ގޮޅީގައި އަދީބަށް އަނިޔާ ލިބެމުން ދަނީ، ދެ ކޮނޑު ވަނީ ފިހިފައި:ސިރާޖު

17 ޖޫން 2017
ޖަލުގެ ގޮޅީގައި އަދީބަށް އަނިޔާ ލިބެމުން ދަނީ، ދެ ކޮނޑު ވަނީ ފިހިފައި:ސިރާޖު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް