Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މެގޭ ރިޕޯޓް

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިރު ސަރުކާރު އެވަނީ އެއްކޮށް ބަރަހަނާވެފައި

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާއެކު ފަނޑިޔާރުން މިނިވަންކުރަންޖެހޭނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 23 މާރިޗު 2018 | ހުކުރު 13:08
ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުްޕރީމް ކޯޓުން ނެރުނު އަމުރާއެކު އާންމު ރައްޔިތުން އުފާ ފާޅުކުރަނީ

ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުްޕރީމް ކޯޓުން ނެރުނު އަމުރާއެކު އާންމު ރައްޔިތުން އުފާ ފާޅުކުރަނީ

ކޯޓުތަކުގެ ހުކުމްތައް ތަންފީޒްކުރާނެ ކަމަށް ބުނަމުންދިޔަ ސަރުކާރު "ކުޑަކަކޫ މައްޗަށް ތިރިކޮޅަށް"، ސިއްސުވާލީ ސުޕްރީމް ކޯޓުން ނެރުނި ކުއްލި އަމުރާ އެކުގައެވެ. އެ އަމުރު ނެރުމުގެ ކުރިން ވެސް ގުޑުގުޑު އަޅައަޅާ އޮތް ސަރުކާރު އެ ހިސާބުން ފެށިގެން މަރަށް ތެޅެން ފެށިއެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒްކުރަނިއްޔޭ، ދިރާސާ ކުރަނިއްޔޭ ކިޔަކިޔާ ސަރުކާރު އޮތީ އެ ސަބަބާހުރެއެވެ. ހަދާނެ ގޮތް ހުސްވުމުންނެވެ. އެ ހާލަތުގައި ސަރުކާރަށް ލިބުނު ހަމައެކަނި ހަތިޔާރަކީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމެވެ. ސަރުކާރަށް އޮތް ހަމައެކަނި ޗޮއިސްއަކީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ހިލާފުވެ، ޤާނޫނުތައް ހިތުހުރި ގޮތަކަށް މާނަކުރުމެވެ. އެކަން ކިތަންމެހާ ވެސް ރަނގަޅަކަށް މި ސަރުކާރުންކޮށްފިއެވެ.

މަރަށް ތެޅެމުންދާއިރު، އަތުޖެހުނު ކޮންމެ އެއްޗަކަށް ހަމަލާދީ ހަޑިހާވާނެއޭ ބުނާ އުސޫލުން، އިތުރަށް ޤާނޫނޭ ޤާނޫނު އަސާސީއޭ، އަދުލު އިންސާފޭ ކިޔަން ލަދުގަންނަ މިންވަރަށް މި ސަރުކާރުން ވަނީ ހަޑިހާވާފައެވެ. ޤާނޫނު އަސާސީގެ ބާރު ނެތިކޮށްލައި، އެ މައްޗަށް ފައިންއަރާ، ޤާނޫނުތައް މުގުރާލައި، އަތުޖެހުނު ކޮންމެ މީހަކު ހިފާހައްޔަރުކޮށް ޖަލަށްލާ، ޖަލުތަކުގައި އެތަށް އަނިޔާއެއް ވަނީ ދީފައެވެ.

ސަރުކާރުން އެ ހުރިހާ ހަޑިއެއް ހާވަމުންދިޔައީ މަރުން ސަލާމަތްވާނެކަމުގެ އުއްމީދެއްގައެވެ. އިތުރު ގޮތެއް ނެތި މަޖުބޫރުވުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައި އިރު، އޮތް އެންމެ ބޮޑު ސުވާލަކީ ސަރުކާރު ހަމަނޭވާއެއް ލުމަށް ފުރުސަތު ލިބޭނެތޯއެވެ. ސަރުކާރު މަރުން ސަލާމަތްވާނެތޯއެވެ.

ކޮންމެ ގޮތަކަށް ވިސްނިކަމުގައިވި ނަމަވެސް އަންނަން ޖެހެނީ އެއް ނިންމުމަކަށެވެ. ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ އިމުގެ ތެރެއިން މި ސަރުކާރަށް ހަމަ އެންމެ ނޭވައެއް ވެސް ނުލެވޭނެ ކަމެވެ. ޤާނޫނު އަސާސީ އާއި ޤާނޫނީ އިމުގެ ތެރެއަށް މި ސަރުކާރު ވަންނަ ވަގުތު، ސަރުކާރު ވެއްޓުމުގެ ފުރުސަތު ބޮޑު ކަމެވެ.

އެހެނީ ޤަނޫނު އަސާސީ އާއި ޤާނޫނުތަކުގެ އިމުގެ ތެރެއަށް ސަރުކާރުން ވަންނަ ވަގުތަކީ ސަރުކާރަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މިނިވަންކުރަންޖެހޭނެ ވަގުތެވެ. ފަނޑިޔާރުންގެ ޤާނޫނު ބުނާ ގޮތުން މި ސަރުކާރުން މިހާރު އެ ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، އެ ދެ ފަނޑިޔާރުންގެ ނުރުހުމުގައި ރަހީނުކޮށްފައެވެ. ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އަދި (ށ) ކިޔާލުމުން އެކަން ވަރަށް ވެސް ބޮޑަށް ސާފުވެއެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ނުވަތަ ދެ ފަނޑިޔާރަކު ނަމަވެސް ސަރުކާރަށް ބަންދުގައި ގެންގުޅެވޭނީ އެ ކޯޓުގެ، އެހެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ފަހުއެވެ. އެ ކަމަކީ ކްރިމިނަލް ކޯޓުގައި އިންނަވާ ގާޒީއަކަށް ކުރެެއްވޭނެ ކަމެއް ނޫން ކަމަށް ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާ ކިޔާލުމުން ސާފުވެއެވެ.

ދެން އޮތީ އަނެއް ސުވާލެވެ. ފެބުރުއަރީ މަހުގެ އެކަކުން ފެށިގެން، ސަރުކާރުން ކުރި ހަނގުރާމައިގައި މޮޅުވީ ކޮންބައެއްތޯ ކުރާ ސުވާލެވެ. މުޖުބޫރުން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައިއިރު، ސަރުކާރަށް މޮޅެއް ލިބުނުތޯ ކުރާ ސުވާލެވެ.

އެ ސުވާލުގެ ޖަވާބަކަށް ވާނީ ސަރުކާރަށް ހަމަ ކުޑަކޮށް ވެސް މޮޅެއް ނުލިބޭ ކަމެވެ. އިދިކޮޅު ކިތަންމެ ގިނަ ބަޔަކު ހައްޔަރުކޮށް، އެތަށް ބަޔަކަށް އަނިޔާ ދިން ނަމަވެސް އިދިކޮޅު ފަރާތްތަށް، ވަކިން ހާއްސަކޮށް އިސްލާހީ މަސައްކަތުގެ ބައިވެރިން ކުރި ހޯދިކަމެވެ.

އެހެނީ ކޯޓުގެ އަމުރު ތަންފީޒްކުރާނަމޭ ވިދާޅުވަމުން ގެންދެވި ރައީސްގެ އަސްލު ސޫރަ ރައްޔިތުންނަށް އިދިކޮޅު ފަރާތްތަކުން އެ ވަނީ ކިތަންމެހާ ވެސް ރީޗަކަށް ހާމަކޮށްދީފައެވެ. އެހެން ގޮތަކަށް ބުނާ ނަމަ ބަރަހާނާކޮށް، އަސްލު ސޫރަ ރައްޔިތުންނަށް ދައްކާލާފައެވެ. މުއައްސަސާތަކަށް ހަދާލާ ގޮތާއި، ހިތްޕުޅާނުވާ ހަމަ ކޮންމެ މީހަކު ވެސް ނެތިކޮށްލާނެކަމުގެ ހުދުމުތާރު ސިފަ ހާމަކޮށްލާފައެވެ.

ސަރުކާރުން އެ ވަނީ އޮފީހުގައި ހުއްޓަސް ފުރާޅުން ޓިނު ނަގައިގެން، އެތަނަކަށް ވަދެ މީހުން ހައްޔަރުކޮށް، ބިން މައްޗަށް ވައްޓާ އަނިޔާކުރާނެކަން ދައްކާލާފައެވެ. ބޭނުންވެއްޖެ މީހަކު އަތު ނުޖެހިއްޖެ ނަމަ އަންހެނުންނާއި ތިމާގެ މީހުންނާއި ދަރިންކޮޅުގެ ދުވަސް ވެސް ދުއްވާލާނެކަމުގެ ސާފު މެޖެސު ސަރުކާރުން އެ ވަނީ ރައްޔިތުނަށް ދީފައެވެ. ހުދުމުތާރޭ ބުންޏަސް މަޤާމަށްޓަކައި، އެންމެ އަނިޔާވެރިވާނެކަމުގެ ހުތުރު ސިފަ ރައްޔިތުންނަށް ހާމަކޮށްލާފައެވެ.

މި ހުރިހާ ސަބަބަކާ ހުރެ މި ހުރިހާކަމަކުން މޮޅު ވެސް ލިބުނު ހަމަ އިދިކޮޅު ފަރާތްތަކަށެވެ. ސަރުކާރުވީ އިތުރަށް ބަރަހަނާއެވެ. ރައީސް އަބްދުﷲ ޔާމީންވީ އިތުރަށް ނިކަމެއްޗެވެ.

މެޑަމް ނަސްރީނާ އިބްރާހިމް ވިދާޅުވި ފަދައިން، ހައްޤުގެ މަގުގައި ދަތުރުކުރާ ކޮންމެ މީހަކަށް ނަސްރު ލިބޭނެކަން މި އޮތީ ފެންނާށެވެ. ކުޑަކުޑަ ހިތްވަރެއްކޮށްލައިފި ނަމަ ސަރުކާރަށް ގޮތް ހުސްވާނެކަން މި އޮތީ ހާމަވާށެވެ. ރައްޔިތުން އެންމެ ސިކުންތަކަށް ވެސް ހަދާނުން ފުހެނުލަންވީ ކަމަކީ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމެވެ. ރައްޔިތުންނަށް ވުރެ މަތީގައި ޔާމީނަކަސް، ފާތުމައަކަސް، އާޒިމާއަކަސް އަދި ޖެނެރަލް ޝިޔާމަކަސް ނުހުރެވޭނެ ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

05 ފެބުރުއަރީ 2018
ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018
މާރާމާރީތައް ސުކޫލުގެ ހަތަރު ފާރުގެ ތެރެޔަށް: ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް

މާރާމާރީތައް ސުކޫލުގެ ހަތަރު ފާރުގެ ތެރެޔަށް: ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް

17 ޖެނުއަރީ 2018
ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!

ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!

13 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު