Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ޙާލަތު އުވާލި ނަމަވެސް ޙާލަތު ބަދަލެއް ނުވޭ: ގުޅިފައިވާ ޕާޓީތައް

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް ފުރަތަމަ ހައްޔަރުކުރެވުނު ފަރާތްތައް އަދިވެސް ތިބީ ބަންދުގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 22 މާރިޗު 2018 | ބުރާސްފަތި 13:30
އެސްއޯއީގެ ދަށުން ހައްޔަރުކުރެވުނު އުއްތަމަ ފަނޑިޔާރު ޝަރީޢަތަށް ފަހު ދޫނިދޫއަށް އަނބުރާ ގެންދަނީ: ގިނަ ބަޔަކު އަދިވެސް ހައްޔަރުކޮށްފައިވާތީ ޙާލަތު އަދިވެސް ބަދަލުނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނ

އެސްއޯއީގެ ދަށުން ހައްޔަރުކުރެވުނު އުއްތަމަ ފަނޑިޔާރު ޝަރީޢަތަށް ފަހު ދޫނިދޫއަށް އަނބުރާ ގެންދަނީ: ގިނަ ބަޔަކު އަދިވެސް ހައްޔަރުކޮށްފައިވާތީ ޙާލަތު އަދިވެސް ބަދަލުނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނ

ކުއްލި ނުރައްކަލުގެ ޙާލަތު ސަރުކާރުން އުވާލި ނަމަވެސް ޙާލަތު އަދިވެސް ބަދަލު ނުވާ ކަމަށާއި، އިޙްތިޖާޖުތައް ކުރިއަށްދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ހަވީރު އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ޙާލަތު ބަދަލުވަންދެން ހުއްޓުމެއް ނެތި އިހްތިޖާޖުތައް ކުރިއަށްދާނެ ކަމަށެވެ.

Advertisement - newsAdvertisement

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އުވިގެން ދިޔަޔަސް މިހާރު އޮތް ޙާލަތު އުވިގެން ދިޔަ ކަމަށް ނުފެންނަ ކަމަށެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރި ސިޔާސީ ހައްޔަރީންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދިވެސް ތިބީ ބަންދުގައިކަން އަނަސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އޭރުވެސް ދައްކަމުން ދިޔަ ވާހަކައަކީ މި ޙާލަތުގެ ބޭނުން ކުރައްވައިގެން ރައީސް ޔާމީން ކުރެއްވިކަމަކީ މުއައްސަސާތަކުގެ މައްޗަށް ގެއްލެމުން ދިޔަ އެމަނިކުފާނުގެ ބާރުތައް އެމަނިކުފާނުގެ ގޮށްމުށުގެ ތެރެއަށް ގެންދިޔުން،" އަނަސް ވިދާޅުވިއެވެ.

މީގެ އިތުރުން ހައްޔަރުކުރެވިފައިވާ ފަރާތްތަކަށް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު ގޮތާ މެދު ވެސް އަނަސް ފާޑުވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ކްރިމިނަލް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެވެސް އެއްވެސް ބާރެއް ނެތި ބަންދުގެ މުއްދަތުގެ ނުވަތަ ޝަރީޢަތުގެ މަޖިލިސްތައް ތާވަލުކުރެވިގެން، އެއްގަޑިއެއްގައި ހުރިހާ ބޭފުޅުން ގެނެސް އެއް ފަނޑިޔާރެއްގެ ކުރިމައްޗަށް ހުރިހާ ބޭފުޅުންގެ ބަންދުގެ މުއްދަތު ޖަހަން ހަވާލުކުރެވުނުތަން."

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެން އަރީފް ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރެވުނު ބައެއް ފަރާތްތަކަށް ޓެރަރިޒަމްގެ ދައުވާކޮށް، ޓެރަރިސްޓުންގެ ލަޤަބު ދޭ ގޮތާއިމެދު ޙައިރާންވާ ކަމަށެވެ. އަދި ސަރުކާރުން ސިޔާސީ ލީޑަރުންނަކީ ޓެރަރިސްޓުންނޭ ބުންޏަސް، ރާއްޖޭގެ އާބާދީގެ 95 އިންސައްތަ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އެފަރާތްތަކަކީ ބަޠަލުން ކަމަށް އަރީފް ވިދާޅުވިއެވެ.

"ދީނާއި ޤައުމުގެ ހައްޤުގައި މިއަދު ބަހެއް ބުނާ ކޮންމެ މީހަކު ފެތިގެން މިދަނީ ތުހުމަތުތަކެއްގެ ތެރެއަށް. އަޅުގަނޑުމެން އެބަޖެހޭ މިޤައުމު ސަލާމަތްކުރުމަށްޓަކައި ވަރަށް ވަރުގަދަ އަޒުމެއް ކަނޑައަޅަން. އަޅުގަނޑުމެން އެބަޖެހޭ މިރޭގެ އިހްތިޖާޖަށް ވެސް ހުރިހާ ދިވެހި ރައްޔިތުން ނުކުންނަން،" އަރީފް ވިދާޅުވިއެވެ

ޢަދާލަތު ޕާޓީގެ ފަރާތުން ވާހަކަ ދައްކަވަމުން އެޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު ވިދާޅުވީ ނަމެއްގައި ނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު އުވާލީ ރައްޔިތުން ކުރަމުންދިޔަ އިޙްތިޖާޖުގެ ސަބަބުން ސަރުކާރަށް ކެތް ނުވެގެން ކަމަށެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އުވާލި ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެޙާލަތުގެ ދަށުން ޖެހުނު ހުރިހާ މުޞީބާތެއް އަދިވެސް ދެމި އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރި ފަހުން ރާއްޖޭގައި މިހާރު މިއޮތީ 'ފުލް ފްލެޖްޑް ޑިކްޓޭޓަރޝިޕެއް' ކަމަށް ވިދާޅުވެ، އިހްތިޖާޖަށް ރައްޔިތުން ނިކުތުމަށް ނަޒީރު ވެސް ގޮވާލެއްވިއެވެ.

އެހެންނަމަވެސް ތާއަބަދު މިހެން ކަންކަން ނޯންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިވަގުތު އަޅުގަނޑުމެންނަށް ކަށަވަރުކޮށް އެނގޭކަމަކީ ދިވެހި ރައްޔިތުން މަގުތަކަށް ނިކުމެ އިހުތިޖާޖުކުރަން ޖެހޭ ސަބަބުތައް ގިނަވެއްޖެކަން. ކުރިއަށްވުރެ ބާރުލާފައި، ކުރިއަށްވުރެ ހިތްވަރު ލާފައި، ކުރިއަށްވުރެ ވަރުގަދަ އަޒުމަކާއި އެކީގައި މިއަދު އެބަޖެހޭ އަޅުގަނޑުމެން އިހްތިޖާޖުކުރަން. މި އިހުތިޖާޖުތަކުގެ ތެރެއިން ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް 1 ފެބްރުއަރީ 2018 ވަނަ ދުވަހު މިދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިއްތިފާޤުން ނެރުއްވާފައިވާ އޮތް އަމުރު ތަންފީޒުރުމާއި ހަމަޔަށް ދެވޭނެ. މިރާއްޖެ އަމާން ބަނދަރަކާއި ހަމަޔަށް ގެންދެވޭނެ. އަޅުގަނޑުމެންނަށް އުފާވެރި ފާގަތި މުސްތަޤްބަލެއް ހާސިލްކުރެވޭނެ،" ނަޒީރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި މުހައްމަދު އިލްހާމް ވިދާޅުވީ ރައްޔިތުންނަކީ ޓެރަރިސްޓުންނޭ ސަރުކާރުން ބުނި ނަމަވެސް، ރައްޔިތުންނަކީ ޓެރަރިސްޓުން ނޫން ކަމަށެވެ. އަދި ރައްޔިތުންނަކީ ޓެރަރިސްޓުންނޭ ބުނާއިރު، ސަރުކާރަކީ ފާއިތުވި ދެތިން އަހަރު ރައްޔިތުންނަށް އޮތް ބިރެއްކަމަށްވެސް އިލްހާމް ސިފަކުރެއްވިއެވެ. އަދި މަޖިލީހާއި ފަނޑިޔާރުގެ ސިފައިން ހިސާރުކޮށްފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން އިލްހާމް ވިދާޅުވީ ފަނޑިޔާރުގެ އިސްލާޙުކުރަންވީ ފަނޑިޔާރުން ހައްޔަރުކޮށްގެން ނޫން ކަމަށާއި، މަޖިލިސް ރަނގަޅުކުރަން ޖެހެނީ މަޖިލިސް ހިސާރުކޮށް، އެތަނުގައި ބޮޑު ތަޅުއަޅުވައިގެން ނޫން ކަމަށެވެ. މީގެ އިތުރުން ސިފައިންނާއި ފުލުހުންނަކީ ސަރުކާރު ޙިމާޔަތްކޮށްދޭން ޖެހޭ ބައެއް ނޫން ކަމަށާއި، ސިފައިންނާއި ފުލުހުން ޔުނިފޯމް އެޅުމުގެ މާކުރިން އެމީހުންނަކީ ފުރަތަމަ ދިވެހި ރައްޔިތުން ކަމަށާއި، އިސްކަން ދޭންވީ ޤައުމު ހިމާޔަތްކުރުމަށް ކަމަށް އިލްހާމް ވިދާޅުވިއެވެ.

"ތިބޭފުޅުން ދިވެހި ރައްޔިތުން ކަމުގައި ދެކިގެން، އެއިހުސާސާއި އެއްކޮށް، ޤައުމު ސަލާމަތްކުރަން އަޅުގަނޑުމެންނާއި އެއްކޮށް މަސައްކަތްކޮށްދެއްވާ. އަޅުގަނޑުމެންގެ އަޑު އުފުލޭއިރު އަޅުގަނޑުމެންނަށް ސަލާމަތާއި ރައްކާތެރިކަން ދެއްވަން އެތާގައި ތިއްބަވާށޭ އަޅުގަނޑުމެންނަށް މިކަން ކޮށްދޭން،" އިލްހާމް ފުލުހުންނަށް އިޝާރާތްކުރައްވައި ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައި ވަނީ 44 ދުވަހާއި 16 ގަޑިއިރު ފަހުންނެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަސްޕެންޑްކުރެވޭނެކަމަށް ބުނާ މާއްދާތައް ފިޔަވައި އެހެން ބައެއް މާއްދާތަކާއި، ޖިނާޢީ އިޖުރާތުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނުގެ ބައެއް ބައިތައް ރައީސް ޔާމީން ސަސްޕެންޑްކުރެއްވީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ 8:00ގައެވެ. އަދި ހަމައެރޭ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި، ފަނޑިޔާރު އަލީ ޙަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދު ހައްޔަރުކުރިއެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރީ ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުނުކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު