Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކްރިމިނަލް ކޯޓުގެ ބަޔާން

ކޯޓުގެ ގާޒީންނާ ގުޅޭ ގޮތުން އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ވާހަކަ ދައްކާނަމަ ފިޔަވަޅު އަޅާނަން: ކްރިމިނަލް ކޯޓުް

އަބްދުﷲ ސައީދުގެ ވަކީލުންގެ ޓީމުން ފަތުރަނީ ދޮގު ވާހަކަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 20 މާރިޗު 2018 | އަންގާރަ 07:43
ކްރިމިނަލް ކޯޓު ބޭރު

ކްރިމިނަލް ކޯޓު ބޭރު

ކްރިމިނަލް ކޯޓުގެ ގާޒީންނާއި ގުޅޭ ގޮތުން، އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެކޯޓުން އިންޒާރުދީފި އެވެ.

ކްރިމިނަލް ކޯޓުން އާންމު ކޮށްފައިވާ ނޫސްބަޔާނުގައި، ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކޯޓުން ހުށަހަޅާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ގުޅިގެން، 18 މަރޗު 2018 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ސައީދުގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދެވޭނީ ޖިނާއީ ކޮން އިޖުރާއަތަކާ ގުޅިގެންކަން ދިފާއުން ސުވާލު ކުރެއްވުމުން މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނެރުއްވި ސަބަބުކަމުގައި އެ ގަރާރުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއްގެ ތުހުމަތުގައި ދައުވާ އުފުލިފައިވާ ފަރާތެއްކަން ހާމަކޮށްފައިވާނެ ކަމަށް އެންގި ކަމަށެވެ.

Advertisement - newsAdvertisement

އެގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ އެގަރާރުން އަމަލުކުރުން ހުއްޓާލެވިފައިވާ ގާނޫނަކަށްވީ ނަމަވެސް އަބްދުﷲ ސައީދުގެ މައްޗަށް ދައުވާ ކުރެވިފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވޭނީ އެ ގަރާރުގައި ބަޔާންކޮށްފައިވާ ހުދޫދުގައި މިނިވަން އިންސާފުވެރި ޝަރީއަތް އަބްދުﷲ ސައީދަށް ލިބިގެންވާކަން ޝަރީއަތަށް ކަވަރުވާ ގޮތުގެ މަތިން ރާއްޖޭގައި އަމަލު ކުރަމުންދާ އާންމު އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެ އެވެ.

މައްސަލާގައި މިވަގުތު ޝަރީއަތް ކުރިއަށްދަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައި ކަމަށް ވީ ނަމަވެސް، އެގަރާރުން ހަނިކުރެވިފައިވާ ހައްގުތައް ހަނިކުރެވޭނީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެފަދަ ހައްގެއް ކޮންމެހެން ހިފަހައްޓަން ޖެހިއްޖެ މިންވަރަން ކަމަށް އެކޯޓުން ބުނެ އެވެ. ދިވެހި ދައުލަތުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ މުއްދަތު އިތުރު ނުކުރައްވައިފި ނަމަ އެގަރާރުން ހަނިކުރެވިފާ ހައްގުތައް ހަނިކުރެވިފައިވާ ހަނިކުރުން އެދުވަހުން ފެށިގެން ނިމުމަކަށް އަންނާނެކަން ތަކުރާރުކޮށް ޝަރީއަތުން ސާފުކޮށްދިން ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެ އެވެ. އެހެން ނަމަވެސް މައްސަލައިގެ ޝަރީއަތް ނިމުމުން އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ޓީމުން މި މައްސަލަ ބަލާ ގާޒީ މައްސަލަ ކުރިއަށްގެންދަނީ ހިތު ހުރި ގޮތަކަށް ކަމަށް ވިދާޅުވި ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.

މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން ކޯޓާއި ކޯޓުގެ ގާޒީންނާ މެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ކޯޓުގެ ހުރުމަތް ކެނޑޭނޭހެން ވާހަކަދައްކާ ފަރާތްތަކާ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުދީފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު