Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ ކަޕް

އިނގިރޭސި އެފްއޭ ކަޕް: ޕެޑްރޯގެ ލަނޑާއެކު ޗެލްސީ ސެމީއަށް

19 މާރިޗު 2018 | ހޯމަ 07:22

ރަށުން ބޭރުގައި ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 މާރިޗު 2018 | ހޯމަ 07:22
ޗެލްސީ މެޗުން މޮޅުވި ލަނޑު ޖެހުމަށް ފަހު ޕެެޑްރޯ އަދި ހަޒާޑް އުފާ ފާޅުކުރަނީ

ޗެލްސީ މެޗުން މޮޅުވި ލަނޑު ޖެހުމަށް ފަހު ޕެެޑްރޯ އަދި ހަޒާޑް އުފާ ފާޅުކުރަނީ

އިނގިރޭސި އެފްއޭ ކަޕްގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޕެޑްރޯ ރޮޑްރިގޭޒް ޖެހި ލަނޑާ އެކު ޗެލްސީ ސެމީއަށް ދަތުރުކޮށްފިއެވެ.

ރަށުން ބޭރުގައި ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު މީގެ ކުރިން ފަސް ފަހަރެއްގެ މަތިން އެފްއޭ ކަޕްގެ އެކި ބުރުތަކުގައި ވާދަކޮށްފައިވާއިރު ކޮންމެ ފަހަރަކު ވެސް ކުރި ހޯދާފައި ވަނީ ޗެލްސީއެވެ. މިދިޔަ ހަފްތާގައި ބާސެލޯނާ އަތުން ބަލިވެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކެޓި ޗެލްސީގެ ޓީމަށް ތިން ބަދަލެއް އެންޓޯނިއޯ ކޮންޓޭ ގެނެސްފައިވެއެވެ. އެގޮތުން ވިލީ ކަބަޔޭރޯ އަދި އަލްވާރޯ މޮރާޓާގެ އިތުރުން ޓިމޯ ބަކަޔޯކޯ ވަނީ މި މެޗުގައި ޗެލްސީގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. ލެސްޓާގެ ފުރަތަމަ އެގާރައިން ޖެއިމީ ވާޑީ ވެސް ވަނީ މި މެޗުގައި ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ލިބިގެން ގޮސްފައެވެ. އެގޮތުން ޗެލްސީގެ ވިލިއަން އަދި މޮރާޓާ ލެސްޓާގެ ގޯލަށް ނުރައްކާ ކުރިއިރު ވާޑީ ވަނީ ޗެލްސީގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ދެ ޓީމުން ވެސް ހަމަލާ އުފައްދަމުން ދަނިކޮށް މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. މެޗުގެ 42 ވަނަ މިނެޓުގައި ވިލިއަން ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ އަލްވާރޯ މޮރާޓާއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޗެލްސީއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ލެސްޓާއިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ޗެލްސީގެ ގޯލަށް ހަމަލާ އަމާޒުކޮށްފައެވެ. ލެސްޓާއިން އުފެއްދި ހަމަލާއެއް ޗެލްސީގެ ޑިފެންސަށް ސާފުނުކުރެވުމުގެ ފައިދާ ނަގައި ވާޑީ ވަނީ 76 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ނަތީޖާ ބަދަލުކޮށްލެވިފައެއް ނުވެއެވެ.

ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ލެސްޓާގެ ކީޕަރު ޝްމައިކަލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕެޑްރޯ ވަނީ ލަނޑެއް ޖަހައި ޗެލްސީއަށް މެޗުގެ ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު ލެސްޓާއަށް މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ޗެލްސީގެ އިތުރުން ސައުތުހެމްޕްޓަން އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމް ވަނީ އެފްއޭ ކަޕްގެ ސެމީއިން ޖާގަ ހޯދާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް