Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުއްތަމަ ފަނޑިޔާރުގެ ޝަރީއަތް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް ކުރިއަށް ގެންދާނީ "އާބިޓްރަރީ" ކޮށް!

18 މާރިޗު 2018 | އާދީއްތަ 13:20

ޝަރީއަތް ކުރިއަށް ގެންދާނީ ގާޒީއަށް ފެނިވަޑައިގަންނަވާ ގޮތަކަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 18 މާރިޗު 2018 | އާދީއްތަ 13:20
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތުގެ އަޑުއެހުމަށް ފަހު ދޫނިދޫއަށް ގެންދިއުމަށް ފުލުހުންގެ ލޯންޗަށް އަރުވަނީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތުގެ އަޑުއެހުމަށް ފަހު ދޫނިދޫއަށް ގެންދިއުމަށް ފުލުހުންގެ ލޯންޗަށް އަރުވަނީ

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ސަސްޕެންޑް ކޮށްފައިވާތީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށްދާނީ ލިޔެވިފައިވާ އިޖުރާއަތެއްގެ ދަށުން ނޫން ކަމަށާއި ފަނޑިޔާރު ނިންމަވާ ގޮތެއްގެ މަތިން ކަމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ، ދައުލަތުގެ އެކި އިދާރާތަކުން ލިޔެކިޔުންތައް ފޮނުވުމަށް ބޭނުންކުރާ 'ޖެމްސް' ސިސްޓަމްގެ ޚިދުމަތް ކަނޑާލުމަށް ފެބްރުއަރީ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އެންގެވި ކަމަށް ބުނެއެވެ.

Advertisement - newsAdvertisement

މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

މި ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހު ބޭއްވިއިރު، އަޑުއެހުން ފެށުމާއެކު އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވާފައެވެ. އިޖުރާއީ ނުކުތާއެއް ނަންގަވައި ސުއޫދު ވަނީ، ޝަރީއަތް ހިންގަވަމުން ގެންދަވަނީ ކޮން އިޖުރާއަތެއްގެ ދަށުންތޯ ގާޒީއާ ސުވާލުކުރައްވާފައެވެ.

ޖަވާބުގައި ގާޒީ ހައިލަމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ކުރިއަށް ގެންދަވާނީ އާންމު އިޖުރާއަތުގެ ދަށުން ކަމަށާއި ލިޔެވިފައިވާ އިޖުރާއަތު ނުވަތަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ނޫން ކަމަށެވެ. މިސާލެއް ނަންގަވަމުން ގާޒީ ވިދާޅުވީ އާންމު އިޖުރާއަތުގެ ދަށުން ޝަރީއަތް ކުރިއަށް ގެންދާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައެޅިގެން ދޭންޖެހޭނެ ކަމަށް ބަޔާންކުރާ މުއްދަތުތައް އެ މިންވަރަށް ނުދެވޭނެ ކަމަށެވެ.

ގާޒީ ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބޭނެ ކަމަށާއި އެހެން ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ހިފަހެއްޓިފައިވާ ހައްގުތައް އުއްތަމަ ފަނޑިޔާރަށް ޝަރީއަތުގައި ނުލިބޭނެ ކަމަށެވެ.

ގާޒީގެ އެ ވާހަކަތަކާއި ގުޅިގެން ސުއޫދު ވަނީ، ލިޔެވިފައިވާ އިޖުރާއަތުގެ ދަށުން ކުރިއަށް ނުގެންދާނަމަ މި ޝަރީއަތް ކުރިއަށް ދާނީ އާބިޓްރަރީކޮށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ސުއޫދުގެ އެ ވާހަކަތައް ގާޒީ ދޮގެއް ނުކުރައްވައެވެ. ގާޒީ ވިދާޅުވަމުން ގެންދެވީ ލިޔެވިފައިވާ އިޖުރާއަތެއް މި ޝަރީއަތުގައި ނުހިނގާނެ ކަމަށެވެ.

އެއާއެކު އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވަނީ، އިންސާފުވެރި ޝަރީއަތަކަށް ވާސިލުވުމަށް އެކަށީގެންވާ ވަސީލަތާއި ވަގުތު ލިބުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހައްގެއްކަން ފާހަގަކުރައްވައި، އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބޭކަމަށް ނިންމަވާނީ ގާޒީ ތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ގާޒީ ވިދާޅުވީ އެކަށީގެންވާ ވަގުތަކީ ކޮބައިކަން ނިންމާނީ މައްސަލަ ބައްލަވާ ގާޒީ ކަމަށެވެ.

ގާޒީގެ އެ ވާހަކަތަކާއި ގުޅިގެން ނުރުހުންފާޅުކުރައްވައި، ސުއޫދު ވިދާޅުވީ އިޖުރާއަތެއް ނެތި މިފަހުގެ ތާރީޚުގައި ރާއްޖޭގައި ޝަރީއަތް ކުރެވިފައިނުވާ ކަމަށާއި އިޖުރާއަތެއް ނެތި މި ޝަރީއަތް ހިންގާނަމަ، އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ވާނީ މިފަދަ ގޮތަކަށް ހިންގާ ފުރަތަމަ ޝަރީއަތަށް ކަމަށެވެ.

ސުއޫދު ވިދާޅުވީ އިޖުރާއަތެއް ނެތި ޝަރީއަތް ކުރިއަށް ގެންދިއުމަކީ ބޭއިންސާފު ކަމަށާއި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ޝަރީއަތް ކުރަނީ ވަކި އުސޫލުތަކެއްގެ މަތިން ކަމަށެވެ. އެކަން ފާހަގަކުރައްވައި ސުއޫދު ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު ނިމި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށަންދެން މި ޝަރީއަތް ފަސްކޮށް ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ސުއޫދުގެ އެ ވާހަކަތަކާއި ގުޅިގެން ގާޒީ ވަނީ، އިޖުރާއަތުގެ ގާނޫނު ނެތީތީވެ، ދުނިޔޭގެ އެންމެން ކުށްކުރަމުން ދުވަންވީތޯ ސުވާލުކުރައްވާފައެވެ. އަދި އިޖުރާއަތުގެ ގާނޫނެއް ނެތް ނަމަ މުޖުތަމައުގައި ބޮޑެތި ކުށްތައް ކުރާ މީހުން ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުކޮށް އިންސާފު ގާއިމް ނުކުރެވޭނެ ކަމަށް ގަބޫލުކުރައްވަނީތޯ ވެސް ގާޒީ ސުވާލުކުރެއްވިއެވެ.

ޖަވާބުގައި ސުއޫދު ވިދާޅުވެ ދެއްވީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާއެވެ. އެ މާއްދާގައި ވަނީ ފަނޑިޔާރުން އަމަލުކުރަނީ ގާނޫނުއަސާސީއާއި ގާނޫނަށް ކަމަށެވެ. މި މާއްދާ ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ އަމިއްލައަށް އިޖުރާއަތު ހަދައިގެން ޝަރީއަތް ނުކުރެވޭނެ ކަމަށެވެ.

ސުއޫދުގެ ވާހަކަތަކަށް ފަހު، ހިސާން ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮއްވައި ގާނޫނުއަސާސީގެ 142 ވަނަ މާއްދާއަށް އަމަލުކުރަން ޖެހޭނެތޯ ދައުލަތުގެ ވަކީލުންނާ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ގަރާރުގައި އެ މާއްދާ ސަސްޕެންޑް ކޮށްފައިނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ރާއްޖޭގައި ޝަރީއަތް ހިންގި ކަމަށާއި އެހެންކަމުން އާންމު އިޖުރާއަތުގެ ދަށުން ޝަރީއަތް ހިންގޭނެ ކަމަށެވެ. އަދި މި ދައުވާ ކޮށްފައިވާނީ ވެސް އާންމު އިޖުރާއަތުގެ ދަށުން ކަމަށް ވަކީލު ވިދާޅުވިއެވެ.

އެ ވާހަކަތަކާއި ގުޅިގެން ގާޒީ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނިމި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން، އެހާ ހިސާބުން ޝަރީއަތް ކުރިއަށް ގެންދާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ، ދައުވާއަށް ޖަވާބުދާރީވުމަށް އުއްތަމަ ފަނޑިޔާރަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް