Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ

ރާއްޖެޓީވީ ބަންދުކުރަން އަނެއްކާ ވެސް ޕީޕީއެމް އިން ގޮވާލައިފި

16 މާރިޗު 2018 | ހުކުރު 22:14

ރާއްޖެ ޓީވީ ބަންދުކުރަން މީގެ ކުރިން ވެސް ގޮވާލި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 މާރިޗު 2018 | ހުކުރު 22:14
ޕީޕީއެމް އެމްޑީއޭގެ ޖަލްސާގެ ތެރެއިން

ޕީޕީއެމް އެމްޑީއޭގެ ޖަލްސާގެ ތެރެއިން

ރާއްޖެޓީވީ ބަންދުކުރަން އަނެއްކާވެސް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އިން ގޮވާލައިފިއެވެ.

އެ ޕާޓީން ހުކުރު ދުވަހުގެ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖެޓީވީ އަކީ ފިތުނަ ފަސާދަ ފަތުރަން މަސައްކަތްކުރާ ޗެނަލެއް ކަމަށާއި އެހެން ކަމުން ރާއްޖެޓީވީ ވަގުތުން ވަގުތަށް ބަންދުކުރަން ގޮވާލައްވާ ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާޓީވީ ބަންދުކުރަން އަޅުގަނޑުމެން ގޮވާލަން ޖެހެނީ އެއީ ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ ޓެރަރިޒަމް އަށް ހިތްވަރު ދޭ ފަރާތެއް ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭތީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ފުލުހުންގެ ޔުނިފޯމުގައި ތިބި ބައެއް ސަރުކާރަށް އިންޒާރުދީ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ ހެދިކަމުގެ ތުހުމަތުގައި ރާއްޖެޓީވީގެ ބައެއް ނޫސްވެރިން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވެގެން މި ރާއްޖެޓީވީ ބަންދުކުރާ ވާހަކަ އިރުއިރުކޮޅާ އަޅުގަނޑުމެން ދައްކަން މި ޖެހެނީ. އެއީ ގައުމުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރާތީ މިތަން ބަންދުކުރާ ވާހަކަ މި ދައްކަނީ. އަޅުގަނޑުމެން ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން މި ތަހުޤީޤަށް ހައްޔަރު ކުރެވުނު މީހުންނާ ދޭތެރޭ ވީހާ އަވަހަކަށް ތަހްޤީޤް ކުރައްވާ ޝަރީއަތުގެ މަރުހާލާއަށް ފޮނުއްވައި ދެއްވުމަށް އަދި މިކަން ގެންދެވެން އޮތް އެންމެ ހަލުވި ސްޕީޑްގައި ގެންދިޔުމަށް. މިއީ ޖިނާއީ ކުށެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެހެންކަމުން ޝަރީއަތުގެ ތެރޭގައި މި މީހުންނަށް ލިބެންޖެހޭ އަދަބެއް ވީހާ އަވަހަކާ ލިބޭނެ ގޮތް ހައްދަވައި ދެއްވާށޭ" އޭނާ ވިދާޅުވިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އިން މީގެ ކުރިންވެސް ވަނީ އެތަކެއް ފަހަރު މަތިން ރާއްޖެޓީވީ ބަންދުކުރަން ގޮވާލާފައެވެ. އަދި ޕީޕީއެމްގެ އެކްޓިވިސްޓުން ތިބި ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައި، ރާއްޖެ ޓީވީ ބަންދުކުރުމަށް އަސްކަރިއްޔާ އަށް ސިޓީއެއް ފޮނުވާފައިވެ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް