Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫރިޔާގެ އަފްރީން

ބައްޝާރުގެ ސަރުކާރާ އަފްރީން ހަވާލު ނުކުރާނަން: ތުރުކީވިލާތް

ތުރުކީވިލާތުން އަފްރީނަށް އެރީ ކުރުދީ ހަނގުރާމަވެރިން ފައްސާލުމަށް ކަމަށް ބުނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 16 މާރިޗު 2018 | ހުކުރު 04:33
ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން

ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން

ތުރިކީވިލާތުން އަރައި، ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސޫރިޔާގެ އަފްރީނުން ހަނގުރާމަވެރިން ފައްސާލުމަށް ފަހު ވެސް އަފްރީނުން ނުފައިބާނެ ކަމަށް ތުރުކީވިލާތުން ބުނެފިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ތަރުޖަމާން އިބްރާހިމް ކާލިން ވިދާޅުވީ ކުރުދީ ހަނގުރާމަވެރިންގެ އަތުން އަފްރީން މިނިވަންކުރުމަށް ފަހު އެރަށް ކޮންޓްރޯލްކުރާނީ އަންކާރާ އިން ކަމަށެވެ. ތުރުކީވިލާތާއި އިންވެގެން އޮންނަ ސޫރިޔާގެ އަފްރީނަށް ތުރުކީ ސިފައިން އެންމެ ފުރަތަމަ ޖެނުއަރީ 20 ވަނަ ދުވަހު އެރީ އެރަށުގައި ތިބި ކުރުދީ ހަނގުރާމަވެރިންގެ އަތްދަށުން އެރަށް މިނިވަންކުރުމުގެ ނަމުގައެވެ. ތުރުކީ ސަރުކާރުން ކުރުދީ ހަނގުރާމަވެރިން ބަލަނީ ޓެރަރިސްޓުންގެ ގޮތުގައެވެ. އަދި ކުރުދީންގެ ވައިޕީޖީ ޖަމާޢަތް ތުރުކީވިލާތުން ވަނީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ލިސްޓް ވެސް ކޮށްފައެވެ. އެހެން ނަމަވެސް މިހާރު އަފްރީނުން ނުފައިބާނެ ކަމަށް އެޤައުމުން ބުނަން ފެށުމުން، ތުރުކީވިލާތުން ސޫރިޔާއަށް އެރި އެރުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ވާނެ ކަމަށް ގިނަ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

އަފްރީންގެ ކޮންޓްރޯލް އެއްކޮށްހެން ކަހަލަ ގޮތަކަށް ތުރުކީ ސިފައިން ނަގާފައިވާއިރު، އަފްރީންގެ ވަށައިގެންވާ އެހެން ރަށްތަކަށް އެރުމަށް ވެސް ތުރުކީ ސިފައިން ދަނީ ތައްޔާރުވަމުންނެވެ. އަފްރީންގައި ކުރުދީ ހަނގުރާމަވެރިންނާއި ތުރުކީ ސިފައިންނާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ސަބަބުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ސަލާމަތްވުމަށް ސޫރިޔާގެ ޙަލަބްގެ އިރުމަތީ ރަށްފުށުގެ ހިސާބުތަކަށް ދާން ފަށާފައެވެ. ބުރާސްފަތި ދުވަހު 10 ހާހަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަށް އަފްރީން ދޫކޮށް ދިޔަކަމަށް ހަނގުރާމަވެރިން ބުނެއެވެ.

އަފްރީން ދޫކޮށް، ރައްކާތެރި ހިސާބުތަކަށް އެރަށުގެ ބަޔަކު ދަނީ. ފޮޓޯ: ރޮއިޓަރސް

އަފްރީންގައި ބުރާސްފަތި ދުވަހު އެކަނި ވެސް 12 މީހުން މަރުވެ، 60 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ސޫރިޔާގެ މަސްރަހު ދިރާސާކުރާ އިނގިރޭސިވިލާތުގެ ޖަމާޢަތެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެއެވެ. ކުރުދީ ހަނގުރާމަވެރިން ބުނާ ގޮތުގައި ތުރުކީ ސިފައިންގެ ޙަމަލާތަކުގައި ޒަޚަމްވި ބައެއް ހަނގުރާމަވެރިންގެ ޙާލު ސީރިއަސްކަމުން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ތުރުކީވިލާތުން އަފްރީން ހިފާފައިވާއިރު، ސޫރިޔާގެ މައްސަލައިގައި އެޤައުމުން ބިނާކުރަނިވި ރޯލެއް އަދާކޮށް، އަފްރީން އިން ފޭބުމަށް ބުރާސްފަތި ދުވަހު ވިލާތުގެ އިއްތިޙާދުން ވަނީ ގޮވާލާފައެވެ. ވިލާތުގެ އިއްތިޙާދުގެ ޕާލަމެންޓުން މިމައްސަލައިގައި ބުރާސްފަތި ދުވަހު ނެރުނު ޤަރާރަށް ރައްދު ދެއްވަމުން ތުރުކީ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވިދާޅުވީ "ވިލާތުގެ އިއްތިޙާދުގެ ވާހަކަތައް އެއްކަންފަތުން ވަދެ އަނެއް ކަންފަތުން ނިކުންނާނެ" ކަމަށެވެ. އަދި ވިލާތުގެ އިއްތިޙާދުގެ ޤަރާރުން ޓެރަރިސްޓުންނަށް ވާގިވެރިވާކަމަށް ތުރުކީވިލާތުގެ ވިލާތުގެ އިއްތިޙާދާއި ބެހޭ ވަޒީރު ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.

އަފްރީންގެ ޙާލަތު ގޯސްވެފައިވާއިރު، ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދުގެ ސިފައިންގެ އިރުމަތީ ޣޫތާގައި ހިންގާ އޮޕަރޭޝަން ވެސް އަދިވެސް ދަނީ ކުރިއަށެވެ. އިރުމަތީ ޣޫތާ ހިފުމަށް އައްސަދުގެ ސިފައިން ވަރުގަދަ ޙަމަލާތަކެއް ދެމުންދާއިރު، އެސަރަހައްދަށް އަދިވެސް އެކަށީގެންވާ އެހީ ފޯރުކޮށް ނުދެވޭކަމަށް އދ. އިން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައްޝާރުގެ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި

ބައްޝާރުގެ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި

16 މެއި 2017
ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

14 މެއި 2017
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

14 މެއި 2017
އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި

އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި

02 މެއި 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު