Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންދްރޭސް އިނިއެސްޓާ

އިނިއެސްޓާގެ ކުރިމަގާ މެދު މޭ މަހު ގޮތެއް ނިންމަނީ

15 މާރިޗު 2018 | ބުރާސްފަތި 14:29

ޓިއަންޖިން ކުއަންޖިއާންއަށް އިނިއެސްޓާ ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 މާރިޗު 2018 | ބުރާސްފަތި 14:29
ޔުވެންޓަސްއާ ދެކޮޅަށް އިނިއެސްޓާ ކުޅެނީ

ޔުވެންޓަސްއާ ދެކޮޅަށް އިނިއެސްޓާ ކުޅެނީ

ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާގެ ކުރިމަގާ މެދު އަންނަ މޭ މަހު ގޮތެއް ނިންމާނެ ކަމަށް އޭނާ ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ޗެލްސީ ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބާސާ ޖާގަ ހޯދި މެޗަށް ފަހު ވާހަކަ ދައްކަމުން އުމުރުން 33 އަހަރުގެ މިޑްފީލްޑަރު ބުނީ އޭނާގެ ކުރިމަގާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ޗެލްސީގެ މައްޗަށް ބާސާ ކުރި ހޯދިއިރު އިނިއެސްޓާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އިނިއެސްޓާ ދަނޑުން ފޭބި ވަގުތު ބާސާގެ ސަޕޯޓަރުން ވަނީ އޭނާއަށް ސްޓޭންޑިން އޮވޭޝަންއެއް ދީފައެވެ.

ޗައިނީޒް ސުޕާ ލީގުގައި ވާދަކުރަމުން އަންނަ ޓިއަންޖިން ކުއަންޖިއާންއަށް އިނިއެސްޓާ ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް އެ ކްލަބުން ވަނީ މިއީ ދޮގު ޚަބަރުތަކެއް ކަމަށާއި އެ ޚަބަރުތައް ފަތުރަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން އިނިއެސްޓާ ބުނީ ބާސާގައި މަޑުކުރުމާއި ނުވަތަ ޗައިނާގެ ކްލަބަކަށް ބަދަލުވުމާ ގުޅޭ ގޮތުން އެޕްރީލް މަހުގެ 30 ވަނަ ދުވަހު ގޮތެއް ނިންމާނެ ކަމަށެވެ. އޭނާ ބުނީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ކްލަބާއި މަޝްވަރާ ކުރުމަށް ފަހު ކްލަބަށް ވެސް އަދި އޭނާއަށް ވެސް އެންމެ ރަނގަޅު ގޮތަށް ބެލުމަށް ފަހު ކަމަށެވެ.

ބާސާގެ ވެބްސައިޓުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާންމުކުރި ބަޔާނެއްގައި ވަނީ އިނިއެސްޓާ އެ ކްލަބާ އެކު އުމުރު ދުވަހުގެ ކޮންޓްރެކްޓެގައި ސޮއިކޮށްފައިވާ ކަމަށާއި، އެ އެއްބަސްވުމާ އެކު އޭނާގެ ކެރިއަރު ނިންމާލާނީ ބާސާގައި ހުރެގެން ކަމަށެވެ. ބާސާ ދޫކޮށް ޗައިނާގެ ކްލަބަކަށް ބަދަލުވާން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފައިވާއިރު މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އިޓަލީގެ ޔުވެންޓަސް އިން ވަނީ އޭނާ ގެންދިޔުމަށް ބާސާއާ އެކު މަޝްވަރާ ކޮށްފައެވެ.

އިނިއެސްޓާ މިފަދައިން ވާހަކަ ދައްކާފައިވާއިރު ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ އިނިއެސްޓާ ނެތް ބާސާއަކާ މެދު ނުވިސްނާ ކަމަށާއި ހަގީގަތަކީ މިވަގުތު އިނިއެސްޓާއަކީ ބާސާގެ ކުޅުންތެރިއެއް ކަމަށެވެ. ބާސާއިން ވަނީ މި ހަފްތާގެ ތެރޭގައި ވެސް އާ މިޑްފީލްޑަރެއް އެ ޓީމަށް ގެނެސްފައެވެ. އެގޮތުން ގްރޭމިއޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު އާތުރު މެލޯ ގެނައުމަށް ބާސާ އިން ވަނީ ގްރޭމިއޯ އާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

އިނިއެސްޓާއަކީ 639 މެޗާއިއެކު ބާސާއަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އަދި 2002 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ދުވަހުން ފެށިގެން ބާސާގެ ޓީމުގައި ހިމެނިގެން ކުޅެމުން އަންނަ އިނިއެސްޓާ ވަނީ އެ ޓީމަށް 55 ލަނޑު ޖަހައިދީފައެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެ ކްލަބުގެ ކެޕްޓަނަކީ ވެސް އިނިއެސްޓާއެވެ.

އިނިއެސްޓާ ބާސާއާއި ގުޅިފައި ވަނީ 1996 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުމުރުން 12 އަހަރުގައެވެ. އޭނާއަކީ 30 ތައްޓާއެކު ބާސާގެ ތާރީހުގައި އެންމެ ގިނަ ތަށި ކާމިޔާބު ކުރި އެއް ކުޅުންތެރިޔާއެވެ. ބާސާ އާއެކު އިނިއެސްޓާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ސްޕެނިޝް ލީގު ޗެމްޕިއަންކަން 8 ފަހަރު، އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި 4 ފަހަރު ހޯދުން ފާހަގަ ކޮށްލެވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް