Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްލި ނުރައްކަލުގެ ހާލަތު

ހައްޔަރުކުރެވިފައިވާ ބޭފުޅުންނާމެދު އެތައް ލާއިންސާނީ ޢަމަލެއް ހިނގާ، އެކަން ކުރާ ފަރާތްތަކަށް ހަރުކަށި އަދަބުދޭންޖެހޭ: ވަކީލުން

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އެ ޤަރާރުގެ ދަށުން ކަމަށްބުނެ މިހާތަނަށް 45 މީހަކު ދޫނިދޫގައި ބަންދުކުރެވިފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 14 މާރިޗު 2018 | ބުދަ 16:59
ޤާނޫނީ ވަކީލް ހިސާން ހުސެއިން ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ، ފުލުހުން ޓޭޕް ރިކޯޑަރު ބޭނުންކުރާކަން ފަޅާއެރީ ހިސާންއަށް

ޤާނޫނީ ވަކީލް ހިސާން ހުސެއިން ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ، ފުލުހުން ޓޭޕް ރިކޯޑަރު ބޭނުންކުރާކަން ފަޅާއެރީ ހިސާންއަށް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކާއިމެދު ލާއިންސާނީ އެތަށް އަމަލުތަކެއް ހިންގާކަމަށާއި، އެކަން ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ޤާނޫނީ ވަކީލުން ގޮވާލައްވައިފި އެވެ.

ވަކީލުން ބާއްވާ ބައްދަލުވުންތަކުގައި ދައްކާ ވާހަކަ ފުލުހުން ސިއްރުން ރެކޯޑުކުރާކަން ފަޅާއެރުމާއި ގުޅިގެން ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އެ ޤަރާރުގެ ދަށުން ކަމަށް ބުނެ މިހާތަނަށް 45 މީހަކު ދޫނިދޫގައި ބަންދުކުރެވިފައިވާކަމަށެވެ. އަދި އެހުރިހާ ބޭފުޅުންގެ މައްޗަށް މައިގަނޑު ތުޙުމަތެއްގެ ގޮތުގައި އޮތީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުންކަމަށާއި، އެފަދަ ސީރިއަސް ތުހުމަތުތަކެއް އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާއިރު، އެ ބޭފުޅުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ދިނުމުގައި ޤާނޫނީ ވަކީލުންގެ ޙައިސިއްޔަތުން މަސައްކަތްކުރަމުން ގެންދަނީ ހައްޔަރު ކޮށްފައިތިބި ބޭފުޅުންގެ ޢަދަދަށް ވުރެ މާ މަދު ޢަދަދެއްގެ ވަކީލުންގެ އެކުލެވޭ ޓީމަކުން ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ވަކީލުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ބޭފުޅުން ހައްޔަރުކުރެވުނު ފަހުން، އެ ބޭފުޅުން ބަންދު ކޮށްފައިތިބޭ ދޫނިދޫގެ އުސޫލުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންނާމެދު އެތައް ލާއިންސާނީ ޢަމަލެއް ހިނގަމުން ގެންދާ ކަމަށާޢި، އެ ބޭފުޅުންނަށް މިހާތަނަށް އޮތް ހިތްހަމަޖެހުމަކީ އެ ބޭފުޅުންނަށް ކުރިމަތިވަމުން ގެންދާ ކަންތައްތަކުގެ ވާހަކައާއި، ބަންދުކުރެވިފައިވާ މައްސަލައާ ގުޅޭ ވާހަކަތައް އެ ބޭފުޅެއްގެ ޤާނޫނީ ވަކީލާ ސިއްރުވެރިކަމާއެކު ޙިއްސާ ކުރެވެމުންދާކަން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ވަކީލު ބައްދަލުވުންތަކުގެ ޕްރައިވެސީއަށްޓަކައި ކަމަށް ބުނެ، މީގެ ކުރިން ވަނީ ވަކީލުންގެ ބައްދަލުވުމަށް އަމިއްލަ ގަލަން ވެސް ނުގެންދެވޭ ގޮތަށް އިންތިޒާމު ކުރެވިފައެވެ. މެޓަލް ޑިޓެޓްޓަރ ގެ އެހީގައި ޗެކްކޮށް، ވަކީލުން ގެންދާ ލިޔެކިޔުންތަކާއި ފައިލުތައް ވެސް ވަރަށް ރަނގަޅަށް ޗެކުކޮށްފައި މެނުވީ ވަކީލުންނަށް ބައްދަލުވުން ބާއްވާ ސަރަޙައްދަށް ވެސް ނުވަދެވެއެވެ."

ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ، ޤާނޫނީ ވަކީލު އޭނާގެ މުވައްކިލާއެކު ދައްކާ ވާހަކަތަކަކީ ސިއްރުވެރި، އަދި ރައްކާތެރިކުރެވުން ޤާނޫނީ ގޮތުން ލާޒިމު، ވާހަކަތަކަކަށްވާއިރު، ފުލުހުން ވިޔަސް އެފަދަ ވާހަކަތައް އަޑުއަހައި ރެކޯޑުކުރުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ބަންދުކޮށްފައިވާ ފަރާތްތަކުގެ ވަކީލުން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ދޫނިދޫއަށް ޒިޔާރަތްކުރާއިރު، މިގޮތަށް ރެކޯޑުކޮށްފައިވަނީ ކިތައް ބައްދަލުވުންކަމެއް ވެސް ނޭނގޭކަމަށް ކަންބޮޑުވުމާއެކު ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ދޫނިދޫގައި ތިބޭ ފުލުހުން ކުރާ ހަމަ ކޮންމެ އަމުރަކަށް، ނުވަތަ ކޮންމެ އެދިވަޑައިގަތުމަކަށް ވަކީލުންގެ ފަރާތުން ފުރިހަމައަށް އިޖާބަދީ، އެގޮތަށް ޢަމަލުކުރަމުން ގެންދަނިކޮށް، ފުލުހުންގެ ފަރާތުން ހިންގި މި ލަދުވެތި އަދި ހުތުރު ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަން ހާމަކޮށް ބަޔާނުގައި ބުނެފައިވަނީ އެކަން ހިނގައިދިޔަ ގޮތް ބައްލަވައި، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުންގެ އިދާރާ ހިންގުމާ މިވަގުތު ޙަވާލުވެތިއްބެވި ވެރިންނަށް ވަކީލުން ވަނީ ގޮވާލާފަ އެވެ. އަދި ބަންދުކުރެވޭ މީހުންނަށް ލިބިގެންވާ ވަކީލުންނާ ބައްދަލުކުރުމުގެ ޙައްޤަށް އިޙުތިރާމު ކުރުމަށް ފުލުހުންގެ މުއައްސަސާއަށް ވަކީލުން ވަނީ ގޮވާލާފަ އެވެ.

"މިފަދަ އިންތިޒާމުތައް ވަކީލުންނާމެދު ހަމަޖެހިފައި އޮތްއިރު، ދޫނިދޫގައި ވަކީލުން މުވައްކިލުންނާއެކު ބާއްވާ ބައްދަލުވުންތައް ފުލުހުން ވަގަށް ރެކޯޑު ކުރަމުން ގެންދިޔަކަން މިއަދު ވަނީ ފަޅާ އަރާފައެވެ. މިކަން ފަޅާއެރީ ޤާނޫނީ ވަކީލުންގެ ތެރެއިން އަލްއުސްތާޛާ ޙިސާން ޙުސައިން، އުއްތަމަ ފަނޑިޔާރާއެކު ބޭއްވި ބައްދަލުވުން ވަކި ކޮޓަރިއެއްގައި ބޭއްވޭ ގޮތަށް އިންތިޒާމުކޮށްފައި އޮތުމުން އެކަމާމެދު ޝައްކު އުފެދުމުން ޙިސާން ޙުސައިން އިށީނދެވަޑައިގަތުމަށް ޚާއްސަކުރެވުނު ގޮނޑި ބެލިއިރު އެ ގޮނޑީގެ ދަށުގައި ރެކޯޑަރެއް ހަރުކޮށްފައިވާކަން ފާހަގަ ކުރެވުމުންނެވެ. އެކަން ފާހަގަކުރެވުމުން ދޫނިދޫގައި އެވަގުތު ވަކީލު ބައްދަލުވުން ތަކުގައިތިބި ވަކީލުން ޝަކުވާ ކުރަން ފެށުމުން ދޫނިދޫގެ އިސްވެރިން ވަނީ ފުރަތަމަ ބައްދަލުކުރުމަށް ވެސް އިޢުތިރާޟް ކުރައްވާފައެވެ. އޭގެ ފަހުން ބައްދަލުކުރި ވަގުތު ވަކީލުން އެމައްސަލައިގަ ހިތްހަމަނުޖެހުން ފާޅުކުރުމުން ދޫނިދޫގައި ތިއްބަވާ ކަސްޓޯޑިއަލްގެ އިސްވެރިން ވަނީ ވަކީލުންނާމެދު ހަރުކަށި ބަހުރުވައިން ވާހަކަ ދައްކާފައެވެ."

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުން އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ އެތައް ބަޔަކު ހައްޔަރުކޮށްފި

ފުލުހުން އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ އެތައް ބަޔަކު ހައްޔަރުކޮށްފި

26 ޖުލައި 2017
ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރަން: މޭޔަރ ޝިފާ

ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރަން: މޭޔަރ ޝިފާ

11 ޖުލައި 2017
ރައީސް މައުމޫނަކީ ޖަލުގައި ލާއިންސާނީ އަނިޔާ ކުރި ވެރިއެއް ކަމަށް ބުނެދިނީ ރައީސް ނަޝީދު: މިނިސްޓަރު ސައީދު

ރައީސް މައުމޫނަކީ ޖަލުގައި ލާއިންސާނީ އަނިޔާ ކުރި ވެރިއެއް ކަމަށް ބުނެދިނީ ރައީސް ނަޝީދު: މިނިސްޓަރު ސައީދު

08 ޖުލައި 2017
ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

03 މެއި 2017
އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ

އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ

02 މެއި 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު