Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެލްޖީއޭގެ ނިންމުން

ރާއްޖެ އެމްވީއަށް ދިން އިންޓަރވިއުއަކާ ގުޅިގެން ގއ. އަތޮޅު ކައުންސިލް ރައީސް ބަޔާނެއް ދޭން އަންގައިފި

14 މާރިޗު 2018 | ބުދަ 14:53

ކައުންސިލްތަކަށް ލިބިގެންވާ ލާމަރުކަޒީ އިޚްތިސާސްތައް މިނިވަންކަމާއި މުސްތަޤިއްލުކަމާ އެކު ހިންގުމުގެ ބާރަކީ މުތްލަޤް ބާރެއް ނޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 މާރިޗު 2018 | ބުދަ 14:53
އެލްޖީއޭ: ބޮޑަށް ފެންނަނީ ކައުންސިލްތަކަށް ފިޔަވަޅު އަޅާތަން

އެލްޖީއޭ: ބޮޑަށް ފެންނަނީ ކައުންސިލްތަކަށް ފިޔަވަޅު އަޅާތަން

ގއ. އަތޮޅު ކައުންސިލްގެ ތިން މެންބަރުން ސަސްޕެންޝަންގައި ހުންނެވުމަށް ފަހު ނުކުންނަވާ އެކައުންސިލްގެ ރައީސް އަހުމަދު ފުއާދު ރާއްޖެ އެމްވީއަށް ދެއްވި އިންޓަރވިއުއަކާ ގުޅިގެން ބަޔާނެއް ދިނުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

އެލްޖީއޭ އިން ކައުންސިލްގެ ރައީސް ފުއާދަށް ބުދަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން ކައުންސިލް އެއްކޮށް އެނބުރި މި އައީ ވަރަށް ގަދަކޮށް ކަމަށާއި، ރަސްމީ މަސައްކަތަށް ވުރެ މިވަގުތު ދިވެހި ރައްޔިތުންނަށް މުހިއްމު ވަނީ ސަރުކާރު ހަމަ މަގަށް އެޅުވުން ކަމަށް ފުއާދު ރާއްޖެ އެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވާ ކަމަށް ބައެއް މީޑިޔާތަކުން އެނގިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން އަޒުލުކޮށް މި ސަރުކާރު ސައިޒުކޮށްފައި ނޫނީ އެއްވެސް އިތުރު ކަމެއް ކުރެވެން ނެތް ކަމަށް ފުއާދު ވިދާޅުވިކަން އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ކައުންސިލްގެ މަސައްކަތައް އެނބުރި ނިކުންނެވުމާ އެކު ފުރަތަމަ ވެސް ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ކައުންސިލްގެ ސެކްރެޓޭރިއެޓްގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔަކު ހޮވުމަށް އންގާފައިވާ ކަމަށާއި އެހެންނަމަވެސް އެމަޤާމުގައި އޮޓޮމެޓިކުން ހުންނާނީ ކައުންސިލްގެ ރައީސް ކަމަށް ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ފުއާދު ވިދާޅުވެފައި ވެއވެެ. އަދި ލާމަރުކަޒީ ޤާނޫނުގައި އެފަދައިން ބަޔާންކޮށްފައި އޮންނައިރު މާލީ ޒިންމާދާރުވެރިއަކަށް އެހެންމީހަކު ޢައްޔަން ނުކުރެވޭނެ ކަމަށް ފުއާދު ވިދާޅުވެފައިވާ ކަމަށެވެ.

އެލްޖީއޭއިން ބުނެފައިވަނީ ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ވެފައި ދައުލަތުގެ ތިން ބާރަކީ މުޅި ދައުލަތުގެ ހުރިހާ ސަރަހައްދަކަށް ހިނގާ އެއްބާރުތަކެއް ކަމަށާއި ކައުންސިލްތަކަށް ލިބިގެންވާ ލާމަރުކަޒީ އިޚްތިސާސްތައް މިނިވަންކަމާއި މުސްތަޤިއްލުކަމާ އެކު ހިންގުމުގެ ބާރަކީ މުތްލަޤް ބާރެއް ނޫން ކަމާއި، ކައުންސިލްގެ އިޚްތިސާސްތައް ހިނގަންވާނީ ދައުލަތުގެ މަރުކަޒީ ބާރުގެ ބެލުމުގެ ދަށުން ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެލްޖީއޭއިން ބުނެފައި ވަނީ ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔަކީ ކައުންސިލްގެ ރައީސްކަމަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންވެގެން ނުވާ ކަމަށެވެ. ނަމަވެސް ކައުންސިލްގެ ބަޖެޓް ތަންފީޒް ކުރުމުގެ އެންމެ އިސްވެރިޔަކީ ކައުންސިލްގެ ރައީސްކަމަށް ލާމަރުކަޒީ ޤާނޫނުގައި ވެއެވެ. އަދި ބަޖެޓް ތަންފީޒް ކުރުމުގެ އިސްވެރިޔާ އާއި މާލީ ޒިންމާދާރު ވެރިޔާއަކީ ތަފާތު ޒިންމާތަކެއް އަދާކުރާ ތަފާތު ދެ މަޤާމެއް ކަން އެލްޖީއޭ އިން ވަނީ ބުނެފައެވެ.

އެލްޖީއޭ އިން ކައުންސިލްގެ ރައީސަށް އަންގާފައި ވަނީ މީޑިއާގައި ބަޔާން ކުރައްވާފައިވާ ކަންކަމާ މެދު ފާހަގަކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަންކަމާއި، ކަންހިނގާފައިވާ ގޮތުގެ މައުލޫމާތު ބުރާސްފަތި ދުވަހުގެ ހެނދުނު 11 ޖެހުމުގެ ކުރިން އެލްޖީއޭއާ ލިޔުމަކުން ހިއްސާކުރުމުގެ ފުރުސަތު ދެއްވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް