Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫން

ފާރިސް ރިޝްވަތު ދެއްވި ކަމަށް ދައުލަތުން ބުނި މެމްބަރު ﷲ ގަންދީ ހުވާކޮށް އެކަމާއި ދެކޮޅު ހަދައިފި

12 މާރިޗު 2018 | ހޯމަ 14:36

މިއީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 12 މާރިޗު 2018 | ހޯމަ 14:36
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދެއްވި ކަމަށް ބުނާ މެމްބަރު ޝަރީއަތުގެ މަޖިލީހުގައި އެކަމާ ދެކޮޅު ހައްދަވައި، ހެކިބަސްދެއްވައިފި އެވެ.

ފާރިސް ރިޝްވަތުދެއްވި ކަމަށް ބުނާ މެމްބަރުގެ ހެކިބަސް ނެގީ ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސިއްރުން އަޑު ބަދަލުކޮށްގެން ކާކުކަން ނޭނގޭ ގޮތަށް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެ ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ތައްޔާރުކުރި ޕެޓިޝަނުގައި ސޮއި ކުރެއްވުމަށް ފާރިސް އެ މެމްބަރުނަށް ރިޝްވަތުދެއްވި ކަން ސާބިތު ކުރުވުމަށް ކަމަށްބުނެ އެވެ.

Advertisement - newsAdvertisement

ނަމަވެސް ސިއްރުން އެ ހެކިބަސްދިން މެމްބަރު ﷲ ގަންދީ ހުވާކޮށް ވިދާޅުވީ ފާރިސް އޭނާއަށް ރިޝްވަތު ދެއްވާފައިނުވާ ކަމަށެވެ. އަހްމަދު ޝާފިއު ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާއިރު ދައުލަތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހެކިވެރިޔާ ވިދާޅުވީ ޝާފިއު ވިދާޅުވެގެން އެއްވެސް އެއްޗެއްގައި ސޮއި ނުކުރާ ކަމަށާއި އޭނާ އަކީ އެކަމު ވަރަށް ގާތް މީހެއް ކަމަށެވެ. ދައުލަތުގެ ވަކީލުގެ ސުވާލަށް ޖަވާބު ދެއްވަމުން އިތުރަށް އޭނާ ވިދާޅުވީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ އެދިވަޑައިގަތުމަށް އެމަނިކުފާނަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް އެ ސޮއި އަނބުރާ ގެންނެވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މެންބަރުން އެކަމާ ހިތްހަމަ ނުޖެހުމުން ކަމަށެވެ.

މަސީހް އިތުބާރުނެތްކަމުގެ މައްސަލައިގެ ޕެޓިޝަނުގައި ސޮއި ކުރެއްވި ފަހުން ފާރިސްގެ ފަރާތުން އެއްވެސް އެއްޗެއް ލިބިވަޑައިގެންނެވިތޯ ދައުލަތުން ސުވާލު ކުރުމުންވެސް ވިދާޅުވީ އެއްވެސް އެއްޗެއް ފާރިސްގެ ފަރާތުން ލިބިފައިނުވާ ކަމަށާއި އަދި އޭގެ ފަހުން ފާރިސްއާ ބައްދަލު ވެސް ވެފައިނުވާ ކަމަށެވެ. މާތް ﷲ ގަންދީ ހުވާކޮށް ﷲގެ ކަލާންފުޅުގައި އަތްލައިގެން ހުރެ ދޮގުހަދަން ނުކުރޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ހެކިބަސްދެމުން ތަކުރާރުކޮށް ވިދާޅުވީ ރައީސް މައުމޫނުގެ ފަރާތުން ވެސް އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިސްގެ ފަރާތުންވެސް އެއްވެސް ރިޝްވަތެއް ހޯދާފައިނުވާނެ ކަމަށެވެ.

ދައުލަތުގެ ސުވާލުތަކަށް އެގޮތަށް ހެކިވެރިޔާ ޖަވާބު ދެއްވުމުން ފާރިސްގެ ވަކީލުން ވިދާޅުވީ އެ ހެކިބަހުން އެއީ ހިނގާފައިނުވާ ކަމެއްކަން ސާފުކޮށް އެނގިއްޖެ ކަމަށާއި އެހެން ކަމުން އިތުރު ސުވާލެއް ކުރަން ބޭނުންނުވާ ކަމަށެވެ.

ހެކިވެރިޔާ ކިބައިން މައްސަލަ ބައްލަވާ ގާޒީވެސް ބައެއް ކަންކަން ސާފުކުރި އެވެ. އެ ސުވާލުތަކަށް ވެސް އޭނާ ވިދާޅުވީ ފާރިސްގެ ކިބައިން ވެސް އަދި ރައީސް މައުމޫނުގެ ކިބައިން އެއްވެސް އެއްޗަކަށް އޭނާ އެދިފައިނުވާނެ ކަމަށެވެ. އަދި ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނެ ފުލުހުނަށް ބަޔާނެއް ދިނީ އޭނާ ޕެޓިޝަނުގައި ސޮއިކުރި ފޮޓޯ ލީކްކޮށްލާނެ ކަމަށް ބުނެ ވާހަކަ ދައްކަން ފެށުމުން އެކަމުގެ ރުޅީގައި ކަމަށެވެ. އަދި ޝާފިއު އޭނާއާ ގުޅޭ ގޮތުން ފާޑުފާޑުގެ ވާހަކަ ސޯޝަލްމީޑިޔާގައި ދައްކަން ފެށުމުން އެކަމުގެ ރުޅިވެރިކަމުގައި ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލާގައި ފާރިސްއާ ދެކޮޅަށް ފަހުން ދެ ހެއްކެއް ހުށަހަޅަން ދައުލަތުން ބޭނުންވެ އެ ފުރުސަތައް އެދުމުން ޝަރީއަތުގެ މަޖިލީހުން ވަނީ އެ ފުރުސަތު ނުދިނުމަށް ވެސް ނިންމާފަ އެވެ. ފާރިސްގެ ގެއިން ފެނުން ކަމަށް ބުނާ އޭފޯސައިޒްގެ ހުދު ގަނޑެއް ހެކީގެ ގޮތުގައި ހުށަހެޅުމަށާއި ފާރިސް މެމްބަރަކަށް ރިޝްވަތު ދިނުމަށް މެދުވެރިއަކަށްވި ޝާފިއުގެ ހެކިބަސް ނެގުމަށް ދައުލަތުން އެދުމުން ގާޒީ އެ ފުރުސަތު ނުދިނުމަށް ނިންމެވީ އެ ހެއްކަކީ ހެކި ހުށަހެޅުމުގެ ވަގުތުގައި ހުށަހަޅާފައިވާ ހެއްކަކަށް ނުވާތީ އާއި އެއީ ފަހުން ދައުލަތައް ލިބުނު ހެއްކަކަށް ނުވާތީ އެވެ.

ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ މެމްބަރު އޭނާ އަށް ރިޝްވަތު ނުދޭ ކަމަށް ވިދާޅުވެ ހެކިބަސްދިނުމުން އެ މައްސަލަ ވަގުތުން ބާތިލް ކޮށްދިނުމަށް ފާރިސްގެ ފަރާތުން ވަކީލުން އެދުނު ނަމަވެސް ގާޒީ ވިދާޅުވީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް މީގެ ކުރިން ގާޒީ ކަނޑައަޅުއްވާފައި ވާތީ ދެން އެ މައްސަލާގައި ގޮތެއް ކަނޑައަޅާނީ ހުކުމަކުން ކަމަށެވެ.

ފާރިސް މިހާރުވެސް ހުންނެވީ ބަންދުގަ އެވެ. އޭނާ މިހާރު ބަންދުގައި ހުންނެވީ ގާނޫނީ ވެރިކަން ވައްޓާލަން ބައެއް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހްމަތުގަ އެވެ. ނަމަވެސް އޭގެ ކުރިން ފަސްމަހަށް ވުރެ ގިނަ ދުވަސްވަންދެން އޭނާ ޝަރިއަތަކާ ނުލާ ބެހެއްޓެވީ މަސީހްގެ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅުވައި މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށްބުނެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް