Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: އެޓްލެޓިކޯ ދެވަނަ މަގާމުގައި ހަމަޖެހިލައިފި

ސެލްޓަގެ މައްޗަށް އެޓްލެޓިކޯ ކުރިހޯދީ 3-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 12 މާރިޗު 2018 | ހޯމަ 10:57
މި މެޗުގައި އެޓްލެޓިކޯއަށް ލަނޑު ޖަހައިދިން ގްރީޒްމަން

މި މެޗުގައި އެޓްލެޓިކޯއަށް ލަނޑު ޖަހައިދިން ގްރީޒްމަން

ސްޕެނިޝް ލަލީގާގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އެޓްލެޓިކޯއިން ތާވަލުގެ ދެވަނަ މަގާމުގައި ހަމަޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ސެލްޓަގެ މައްޗަށް އެޓްލެޓިކޯ ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާ ރަށުން ބޭރުގައި ބާސާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު ތާވަލުގެ ކުރިޔަށް ޖެހުމަށް އެޓްލެޓިކޯއިން ކުރަމުން އައި މަސައްކަތްތަކަށް ހުރަސްތަކަކާއި ކުރިމަތިވެގެންދިޔައެވެ. މިދިޔަ ހަފްތާގައި ލޮކޮމޯޓިވް މޮސްކޯއާ ދެކޮޅަށް ޔުރޮޕާ ލީގުގައި ކުޅުނު އެޓްލެޓިކޯގެ ޓީމަށް ފަސް ބަދަލެއް މި މެޗުގައި ގެނެސްފައިވެއެވެ. އެގޮތުން ޔާން އޮބްލަކް އާއި ޑިއޭގޯ ގޯޑިން އާއި ވިޓޯލޯ އަދި ގެބީ ވަނީ މި މެޗުގައި ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ. އެޓްލެޓިކޯއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު އެ ޓީމުން ވަނީ ސެލްޓަގެ ގޯލަށް ނުރައްކާކުރުމަށް ހަމަލާ އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. ސެލްޓަގެ ކުޅުންތެރިން ވެސް ވަނީ ކައުންޓާ އެޓޭކުގައި އެޓްލެޓިކޯގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެޓްލެޓިކޯގެ ޑިފެންސުން ވަނީ މި ހަމަލާތައް ހުއްޓުވާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 44 ވަނަ މިނެޓުގައެވެ. އުރުގުއޭގެ ޑިފެންޑަރު ޖިމޭނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އެޓްލެޓިކޯއަށް ލީޑު ނަގައިދިނީ ގްރީޒްމަންއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އެޓްލެޓިކޯއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި ހާފުގައި ސެލްޓަގެ ކުރިޔަށް ކުޅުނު ކުޅުންތެރިންނަށް ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ. އެޓްލެޓިކޯގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 56 ވަނަ މިނެޓުގައެވެ. ގްރީޒްމަންގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ޖަހައިދިނީ ވިޓޯލޯއެވެ. އޭގެ ހަތް މިނެޓު ފަހުން އެޓްލެޓިކޯގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އާޖެންޓީނާގެ ޒުވާން ފޯވާޑް އެންހެލް ކޮރޭއާއެވެ. މި ލަނޑަށް ފަހު ވެސް އެޓްލެޓިކޯއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 28 މެޗުން ލިބުނު 72 ޕޮއިންޓާއެކު ބާސެލޯނާ އޮތްއިރު ދެވަނައިގައި 64 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯ މެޑްރިޑްއެވެ. ތިންވަނައިގައި 57 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު ހަތަރު ވަނައިގައި 56 ޕޮއިންޓާއެކު އޮތީ ވެލެންސިއާއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު