Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މިއަދުން މިއަދަށް ވެސް ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަންޖެހޭ: އަބްދުއްރަހީމް

12 މާރިޗު 2018 | ހޯމަ 05:00

މިއަދު ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުއްވާ ދެއްވާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 މާރިޗު 2018 | ހޯމަ 05:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަބްދުއްރަހީމް

ގާނޫނީ ގޮތުން އުފެދިފައިވާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިއަދުން މިއަދަށް ވެސް ފާސްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނަށް އޭނާ ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އެބިލަށް އަބްދުއްރަހީމް ބަހުސް ކުރައްވަމުން ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކާއި ހުކުމްތަކަށް ތަބާވާންޖެހޭނެ ކަމަށް ވިދާޅުވިއިރު، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެކޯޓުގެ ފަނޑިޔާރުން ހިންގާފައިވާ ބަޣާވާތެއް ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެއިތުރުން ސުޕްރީމް ކޯޓުގެ ތެރެއިން ބަޣާވާތް ހިންގީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަމަށާއި ދެން ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަކީ އިހުލާތެރިކަމާއެކު މަސައްކަތް ކުރައްވާ ފަނޑިޔާރުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވިއިރު، އަބްދުއްރަހީމް އެވިދާޅުވާ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ނެރެފައިވަނީ އަބްދުއްރަހީމް އިހުލާސްތެރިކަމަށް އެ ވިދާޅުވާ ތިން ފަނޑިޔާރުން ވެސް ހިމެނޭގޮތަށެވެ. އަދި އެ ތިން ފަނޑިޔާރުން އެ އަމުރަށް ދެކޮޅު ހެއްދެވިނަމަ އެ ވިދާޅުވާ ބަޣާވާތް ހިންގިކަމަށް ބުނާ އަމުރު ސުޕްރީމް ކޯޓުން ނުނެރެވުނީ ހެވެ.

އަބްދުއްރަހީމް ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް އޭނާ ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް މިއަދުން މިއަދަށް ނިންމަންޖެހޭ ކަމަށެވެ. އެގޮތުން ބަހުސް ކުރުންވެސް ކުރުކޮށް، މަޖިލީހަށް ބަލައިގަންނަން ފާސްކޮށް، އެބިލް ކޮމެޓީއަށް ފޮނުވުމަށް އެދޭ ކަމަށެވެ. އަދި މިއަދުން މިއަދަށް ވެސް ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ، ބިލް ދިރާސާކޮށް ނިންމުމަށް ފަހު، މިއަދުން މިއަދަށް މަޖިލީހުގެ ޖަލްސާއިން މިބިލް ފާސް ކުރުމަށް އެދޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އަބްދުއްރަހީމް ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި ހާލަތެއްގައި ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަ ވަންދެން، މުސާރަ ނުލިބޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެ ކަމަށެވެ. ފަނޑިޔާރެއްގެ މައްޗަށް ދަށު ކޯޓަކުން ކުރާ ހުކުމެއް ހައި ކޯޓުގައި 10 ދުވަސް ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށާއި 30 ދުވަހުގެ ތެރޭގައި ހައި ކޯޓުން އެ މައްސަލައަކާމެދު ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށް ވެސް އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގައިވެ އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން ހައި ކޯޓުގެ ނިންމުން، 10 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަންޖެހޭނެ ކަމަށާއި 30 ދުވަހުގެ ތެރޭގައި އެ ކޯޓުން ވެސް އެ މައްސަލަ ބަލައި ނިންމަޖެހޭނެ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އަބްދުއްރަހީމް އިސްލާހު ހުށަހެޅުއްވިއިރު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު، އެ ދެ ފަނޑިޔާރުން ހައްޔަރު ކޮށްފައިވަނީ އެކެއް ފެބްރުއަރީގައި އެ ދެ ފަނޑިޔާރުން ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން ކުރި އަމުރެއް ސަރުކާރުން ތަންފީޒު ކުރަން ބޭނުންނުވެގެން ނެވެ. އޭގެ ފަހުން އެ ދެ ފަނޑިޔާރުންގެ މައްޗަށް ސަރުކާރުން ވަނީ ތަފާތު ތުހުމަތުތައް ކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 މެއި 2017

މޫސަގެ އިތުބާރުގެ މައްސަލައިގައި މެންބަރުންނަށް ފައިސާ ހުށަހަޅާފައިވާނެތޯ އަލީމާ ސުވާލުކޮށްފި

24 މެއި 2017
މޫސަގެ އިތުބާރުގެ މައްސަލައިގައި މެންބަރުންނަށް ފައިސާ ހުށަހަޅާފައިވާނެތޯ އަލީމާ ސުވާލުކޮށްފި
11 މެއި 2017

އަބްދުﷲ ރިޔާޒުގެ ޝަރީއަތުގެ އަޑުއެހުން މިއަދަށް ތާވަލްކޮށްފި

11 މެއި 2017
އަބްދުﷲ ރިޔާޒުގެ ޝަރީއަތުގެ އަޑުއެހުން މިއަދަށް ތާވަލްކޮށްފި
08 މެއި 2017

ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި

08 މެއި 2017
ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި
30 އެޕްރީލު 2017

ސެކިއުރިޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

30 އެޕްރީލު 2017
ސެކިއުރިޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި
26 އެޕްރީލު 2017

ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި

26 އެޕްރީލު 2017
ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި
09 އެޕްރީލު 2017

މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

09 އެޕްރީލު 2017
މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
08 ފެބުރުއަރީ 2017

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް