Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިކަން

މީޑީއާ ކޮމިޝަންގެ ބިލު މަޖިލީހުގައި ތާށިވެފައިވާތާ ފަސް މަސް!

ބިލު ހުއްޓިފައި އޮތް ސަބަބެއް ނޭނގޭ: ޖައުފަރު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 11 މާރިޗު 2018 | އާދީއްތަ 08:53
ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުގެ ތަޅުމުގައި

ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުގެ ތަޅުމުގައި

ބްރޯޑްކާސްޓިކް ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެންސީ) އުވާލުމަށްފަހު، މީޑީއާތައް ބެލެހެއްޓުމަށް މީޑީއާ ކޮމިޝަން އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހުގައި ހުއްޓިފައި އޮންނަތާ ފަސް މަސްވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަޖިލީހަށް ހުށަހެޅި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު، ބިލުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އެ ބިލާ ގުޅޭ ގޮތުން މީޑިއާތަކުންނާއި ބައެއް ނޫސްވެރިން ކަންބޮޑުވުންފާޅުކޮށްފައި ވަނިކޮށް، އެ ބިލު މަޖިލީހުގެ ތެރެއިން ހުއްޓިފައި އޮތީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ޖައުފަރު ދާއޫދެވެ. މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބިފައިވާ އަބުރުގެ ގާނޫނު ވެސް މަޖިލީހަށް ހުށަހެޅުއްވީ ޖައުފަރު އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޖައުފަރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ބިލު މަޖިލީހުގެ ތެރެއިން ހުއްޓިފައި އޮތީ ކީއްވެގެން ކަމެއް ސާފު ނުވާ ކަމަށެވެ. އަދި ބިލުގައި މައްސަލަތަކެއް ކުރިމަތިވި ކަމެއް މިހާތަނަކަށް އޭނާއަށް އެނގިފައިނުވާ ކަމަށް ވެސް ޖައުފަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލުގެ މަރުހަލާތައް ތަޅުމުން ކުރިއަށް ގެންދިއުމުގައި ގޮތް ނިންމަވާނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަމަށެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މީޑިއާ ކޮމިޝަންގެ ގާނޫނޫ މަޖިލީހަށް ހުށަހަޅާފައިވާތީ، ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލުން އަހަރު ދުވަހަށް ޕްލޭންކޮށްގެން ކުރަން ރާވާފައިވާ ބައެއް ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އެ މުއައްސަސާތަކުގެ މެމްބަރުންގެ ދައުރު ހަމަވުމުގެ ކުރިން، ބިލަކުން އެފަދަ ނިންމުމެއް ނިންމަން އުޅޭތީ މެމްބަރުންގެ މަސައްކަތުގެ ރޫހަށް މަޑުޖެހުމެއް އައިސްފައިވާ ކަމަށްވެއެވެ.

މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބިލާހުރެ، އެ މުއައްސަސާގެ އެއްވެސް މަސައްކަތަކަށް ބުރޫ ނާރާ ކަމަށާއި ކުރިން ޕްލޭން ކުރެވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ކޮންމެ އަހަރު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުން، މިއަހަރު ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް މުއީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީޑިއާ ކައުންސިލް އުވާލިނަމަވެސް، ނޫސްވެރިކަމުގެ އިނާމު ދިނުން، މީޑިއާ ކޮމިޝަނުން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ބްރޯޑްކޮމް އާއި އެމްއެމްސީ އުވާލުމަށް ފަހު، މީޑިއާ ކޮމިޝަން އުފެއްދުމަށް ބިލެއް ހުށަހަޅާފައި ވަނިކޮށް، ބްރޯޑްކޮމްގެ ނައިބު ރައީސް މުޙައްމަދު އަސްލަމްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

މީޑީއާ ކޮމިޝަންގެ ބިލުގައި ބުނެފައިވާ ގޮތުން، މީޑިއާތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ބާރު ލިބެނީ އެ ކޮމިޝަނަށެވެ. އެ ބިލުގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން، މީޑިއާތަކުގެ އެޑިޓަރުންނާއި ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަން ނޫސްވެރިކަމަށް އެ ބިލުގެ ސަބަބުން ހުރަސް އެޅޭތީ، އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ މެމްބަރުންނާ ވެސް ހިއްސާކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

28 މާރިޗު 2017
މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު
26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
21 މާރިޗު 2017

މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

21 މާރިޗު 2017
މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު