Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެސްޓްހައުސް އެސޯސިއޭޝަން

މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ކަސްޓަމަރުންގެ ބައެއް ސިއްރު މައުލޫމަތު ހާމަކުރާތީ ކަންބޮޑުވަން: ގެސްޓްހައުސް އެސޯސިއޭޝަން

އެސްއެމްއެސް މެދުވެރިކޮށް ވެރިފައި ކުރުން ބޭންކްތަކުން ހުއްޓާލަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 11 މާރިޗު 2018 | އާދީއްތަ 07:38
ގެސްޓްހައުސް އެސޯސިއޭޝަން

ގެސްޓްހައުސް އެސޯސިއޭޝަން

ދިވެހިރާއްޖޭގެ މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ކަސްޓަމަރުންގެ ބައެއް ސިއްރު މައުލޫމާތު ބައެއް ފަރާތްތަކާ ހިއްސާކުރަމުންދާތީ ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އާންމުކޮށްފައިވާ ބަޔާނުގައި ވަނީ ކަސްޓަމަރުންގެ ސިމް ކާޑު އޭގެ ވެރިފަރާތުގެ ހުއްދައާއި ނުލައި ކޮޕީ ކޮށް އެހެން ފަރާތްތަކަށް ދީފައިވާ މައްސަލަގައި ސިމްކާޑުގެ އެހީގައި ވިޔަފާރިތަކުގެ މުހިއްމު މައުލޫމާތުތަކަށް އެކްސެސް ވެވޭހެން އެއްވެސް ޑޭޓާ އެއް ރައްކާ ކުރެވިފައިވާ ނަމަ، އެކަމަށް ސަމާލުވެ ވިޔަފާރި ސިއްރުތައް ރައްކާތެރި ކުރުމަށް އެޅެން ހުރި އެންމެހާ ފިޔަވަޅުތައް އެޅުމަށް ވިޔަފާރިތަކުން އެދޭ ކަމަށެވެ.

Advertisement - newsAdvertisement

ވިޔަފާރިތަކަކީ އެތަށް ހާސް އިންޓަރނޭޝަނަލް ކަސްޓަމަރުންގެ މައުލޫމާތު ހިމެނޭހެން ކުރަމުންދާ ވިޔަފާރިތަކަށް ވެފައި، ރާއްޖެއަކީ ވީއައިޕީ ފަތުރުވެރިން އަންނަ މަންޒިލަކަށް ވެފައި ސިމް ކާޑުގެ އެހީގައި ރައްކާ ކުރެވިފައިވާ ކަސްޓަމަރުންގެ ކޮންފިޑެންޝިއަލް ނުވަތަ ޒާތީ މައުލޫމާތެއް ލީކު ވެއްޖެ ހިނދެއްގައި އެކަމަކީ ވިޔަފާރި ބަގުރޫޓް ވެގެންދާވަރުގެ ކަމަށް ވެގެންދާނެ ކަމަށް ބަޔާނުގައިވެ އެވެ. އަދި ބޮޑު ގާނޫނީ މައްސަލަތަކެއް އައުން އެކަށީގެން ވާ ކަމަށްވެފައި ކަސްޓަމަރުގެ އިތުބާރު ގެއްލި އެ އިންޑަސްޓްރީއަށް ފޫނުބެދޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ރާއްޖޭގައި ދެވޭ ބޭންކިންގ ހިދުމަތްތަކާއި އެފަދަ އެނޫނަސް ހިދުމަތްތަކުގައި ވެރިފައި ކުރުމަށް އެސްއެމްއެސް ބޭނުން ކުރުމަކީ މިހާލަތުގައި ވިޔަފާރިތަކާއި އާންމުންނަށް އޮތް ރައްކާތެރި ގޮތެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ބަޔާނުގައި ބުނެފަ އެވެ. އަދި ބޭންކު ތަކުން އެ ފަރާތުން ދޭ ހިދުމަތްތައް ރައްކާތެރި ހިދުމަތްތަކަށް ހެދުމަށްޓަކާއި މިހާރުން ފެށިގެން އެސްއެމްއެސް ނޫން އެހެން ވަސީލަތެއް މެދުވެރިކޮށް ވެރިފައި ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެ އެވެ.

މިހާރު ކުރިމަތިވެފައިވާ މައްސަލައަކީ ވިޔަފާރި ސިއްރުކޮށް ރައްކާތެރިކުރުމަށް އޮތް ބޮޑު ރިސްކަކަށް ވާތީ އިންޑަސްޓްރީގެ ސެންސިޓިވް ޑޭޓާތައް ރައްކާކުރުމުގައި ގެންގުޅޭ އުސޫލުތައް ހަރުދަނާ ކުރުމަށް މުއާސަލާތީ ހިދުމަތްތަކަށް ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ގޮވާލައްވާފަ އެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ޑޭޓާ ސެކިއުރިޓީއަށް މިލިއަނުން ހަރަދު ކުރަމުންދާއިރު ރާއްޖޭގައި ސިމްކާޑް ދެ ފެކްޓަރ ވޭރިފިކޭޝަނަށް ބޭނުން ކުރުމުގައި ދެކޮޅަށް އެޅިދާނޭ މުހިއްމު ފިޔަވަޅެއް ކަމުގައިވަތީ އެކަންކަން ގާނޫނު ހަދާ މަޖްލީހުން އިސްކަމެއް ދިނުމަކީ ގައުމުގެ އިގްތިސާދަށް މުހިއްމު ކަމެއް ކަމަށް ގެސްޓްހައުސް އެސޯސިއޭޝަންގެ ބަޔާނުގައި ބުނެ އެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު