Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤައުމުތަކުން ނެރެފައިވާ ޖޮއިން

ޤައުމުތަކުން ގުޅިގެން ނެރުނު ބަޔާނަކީ ހެޔޮބަދަލެއް ގެނައުމަށް ނެރެފައިވާ ބަޔާނެއް ނޫން: ޑރ. ހާލާ

އެއީ ހަޤީގަތާ ޚިލާފު ޖޮއިންޓް ސްޓޭޓްމަންޓެއް ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 މާރިޗު 2018 | ހޮނިހިރު 02:36
ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ހާލާ

ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ހާލާ

ޤައުމުތަކުން ނެރެފައިވާ ޖޮއިންޓް ސްޓޭޓްމަންޓަކީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް ހެޔޮ ބަދަލެއް ގެނައުމުގެ މަޤްސަދުގައި ނެރެފައިވާ ބަޔާނެއް ނޫން ކަމަށް ޖެނީވާގައި ހުންނަ އދގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ހާލާ ޙަމީދު ވިދާޅުވެއްޖެ އެވެ.

ޖެނީވާގައި ކުރިއަށްދާ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ބައްދަލުވުމުގައި މިދިޔަ ބުރާސްފަތި ދުވަހު 41 ގައުމެއް ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފސައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަހަންމިއްޔަތުކަން ދިނުމަށް ގޮވާލާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު އުވާލުމަށް ގޮވާލާ ކަމަށެވެ. އަދި ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ހުރިހާ ހައްޔަރީން ދޫކޮށްލުމަށް ވެސް އެ ބަޔާނުގައި ރާއްޖެއަށް ގޮވާލާފައިވެއެވެ.

Advertisement - newsAdvertisement

އެ ޖޮއިންޓް ސްޓޭޓްމަންޓް ޑރ. ހާލާ ހަމީދު ސިފަކުރެއްވީ ހަޤީޤަތާ ޚިލާފު އަދި ރާއްޖޭގެ ހާލަތަށް ހެޔޮ ބަދަލެއް ގެނައުމުގެ އިޚްލާޞްތެރި ވިސްނުމެއްނެތި، އިނގިރޭސި ވިލާތުން އިސްނަގައިގެން ހުށަހެޅި ބަޔާނެއްގެ ގޮތުގައެވެ. އަދި ރާއްޖޭގެ ސުޕްރީމް ކޯޓުގައި ކޮރަޕްޝަންގެ ނުފޫޒު އިންތިހާއަށް އޮވެ، ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު އަމުރަކީ ފަނޑިޔާރުންގެ ބެންޗުގެ ފަރާތުން ފެނުނު ޤާނޫނު އަސާސީއާ ތައާރުޒުވުންތަކެއް ހިމެނޭ އަމުރެއް ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް ހާލާ ވިދާޅުވިއެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުގެ ފަރާތުން 2015 ވަނަ އަހަރު ނެރުނު ނޫސްބަޔާނުގައި ރާއްޖޭގެ ޖުޑީޝަރީ ސިފަކޮށްފައި ވަނީ ސިޔާސީ، އަދި ބޭރުގެ ނުފޫޒު ފޯރާފައިވާ މުއައްސަސާއެއްގެ ގޮތުގައި ކަމަށް އެކަމަނާ ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއިން ހައިކޮމިޝަނާގެ އޮފީހާއި ކައުންސިލްގެ މެކޭނިޒަމްތަކަށް އެއްބާރުލުން ނުދޭ ކަމަށް ޖޮއިންޓް ސްޓޭޓްމަންޓްގައި ފާހަގަ ކޮށްފައި ވަނީ ހަޤީގަތާއި ޚިލާފަށް ކަމަށާއި، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް ހައިކޮމިޝަނާ އޮފީހުގެ ވަފުދުތައް ހަ ފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމާއި، އަދި މީގެ ތިން ހަފްތާ ކުރިން އެ އޮފީހުގެ ވަފުދެއް ރާއްޖެއަށް ކުރި ޒިޔާރަތަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ވެސް ރާއްޖެ އިން މަރުޙަބާ ކިޔާފައިވާކަން ފާހަގަ ކުރެއްވިއެވެ.

ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ އެންމެހާ މުއައްސަސާތައް ހަރުދަނާކޮށް އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށްހިތާ ސަގާފަތެއް ޤާއިމް ކުރުމަށް އިތުރު ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފުރިހަމައަށް ޤަބޫލުކުރާކަމާއި، ނަމަވެސް އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ޤައުމުތަކާ އެއްހަމައެއްގައި ރާއްޖޭގެ މުއައްސަސާތައް ހުންނާނެ ކަމަށް ޤަބޫލުކުރުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ފާހަގަކޮށް، މުއައްސަސާތައް ހަރުދަނާކުރުމަކީ ކުރު މުއްދަތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ޑރ. ހާލާ ހަމީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު