Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

މަސީހަށްޓަކައި މުޅި ދައުލަތް ފުނޑާލި އެއް އަހަރު!

މަސީހުގެ އިތުބާރު ނެތް ކަމަށް ފުރަތަމަ ހުށަހެޅީ 26 މެމްބަރުންނާއެކު، ނެގީ "ރޯލްކޯލް" ވޯޓެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 9 މާރިޗު 2018 | ހުކުރު 14:21
މަސީހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަވަނީ

މަސީހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަވަނީ

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުމާއެކު މިމަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު އެވެ. މަސީހު އެމަގާމަށް ގެނައުމުގެ މަސައްކަތް ކުރެއްވި ބޭފުޅަކީ އެވަގުތު ސަރުކާރު ހިންގާ ކޯލިޝަނުގެ ޕާލަމެންޓްރީ ގްރޫޕާ ހަވާލުވެ ހުންނެވި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު އަދީބު އެވެ.

ރައީސް ޔާމީންގެ އެންމެ އަރިސް އެއްބޭފުޅާ ކަމަށްވާ ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަހުމަދު ނާޒިމް މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވުމަށް ކުރި މަސައްކަތް ފެއިލް ކޮށްލާ، މަސީހު އެމަގާމަށް ގެންނެވީ ޕީޕީއެމްގެ އޭޓީއެމް މެޝިންގެ ގޮތުގައި އެބޭފުޅުން ވިދާޅުވަމުން ގެންދެވި އަދީބުކަން އޭރު ފެންނަމުން ދިޔަ މަންޒަރުތަކުން އެނގެއެވެ.

ކޮންމެއަކަސް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބާރުވެރިކަން މުޅި ދައުތުގެ ތިން ބާރުގެ ތެރެއިންނާއި މިނިވަން މުއައްސަސާތަކުން ފެންނަމުންގޮސް، ރައީސް ޔާމީންގެ ސަރުކާރަށް އަހަރެއް ވެގެންދިޔައިރު، ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ ނަތީޖާއަކީ ސަރުކާރާއި ދައުލަތުގެ ތިންބާރާއި މިނިވަން މުއައްސަސާތަކުގެ ތެރޭގައި ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދަ އިތުރުވެ، ސަރުކާރުގެ ކޯލިޝަން ތެރޭގައިވެސް މައްސަލަތައް ޖެހި ކޯލިޝަންވެސް ރޫޅުނީ އެވެ. ބޮޑެތި މައްސަލަތަކެއް ފެންމަތިވުމުން އެކަންކަމާ ދެކޮޅަށް ތެދުވުމަށް އިދިކޮޅު އެމްޑީޕީއަށް މަޖުބޫރު ވެގެންދިޔައެވެ. ސަރުކާރުގެ ތެރެއިން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ނިކުމެގެން ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ހިޔާނާތުގެ މަސައްލަތަކާ ދެކޮޅަށް އަޑު އުފުލުމުގެ ކަންކަން ފެށިގެން ދިޔައެވެ. ނަތީޖާއަކީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް، ކާނަލް (ރިޓަޔާރޑް) މުހައްމަދު ނާޒިމް ފްރޭމްކޮށް ހައްޔަރުކުރުން ވެގެންދިޔައީ "ބޮޑުން" ޖަލަށްލުމަށް ސަރުކާރުން ރޭވިރޭވުންތަކުގެ ފެށުމަކަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ޖަލަށް ލުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލައިފި އެވެ. އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިބްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޖަލަށް ލައިފި އެވެ. އެވަރުން ވެސް ނުނިމެއެވެ.

ސަރުކާރުގެ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބޮޑުވެ، ސަރުކާރުން ހިތުހުރި ގޮތަކަށް ކަންކަން ކުރުމަށް ފަހިވާގޮތަށް ބޮޑެތި ބިލްތައް ހުށަހަޅާ، ގާނޫނުތަކަށް އިސްލާހުތައް ހުށަހަޅަމުން މަޖިލީހުން އެބިލްތައް ފާސްކުރަމުންގެންދިއުމުގެ ނަތީޖާއަކީ ސަރުކާރު ހިންގާ ޕީޕީއެމްގެ އެތެރޭގައި ބޮޑެތި މައްސަލަތައް ޖެހި، ޕާޓީގަނޑު ވެސް ރޫޅުނީ އެވެ. ރައީސް ޔާމީން ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވި ހުރިހާ އިސް ބޭފުޅުން އެމަނިކުފާނާ ދެކޮޅަށް ތެދުވުމަށް މަޖުބޫރު ވެއްޖެ އެވެ. އެންމެފަހުން ރައީސް ޔާމީންއާ ދެކޮޅަށް އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތެދުވެވަޑައިގެންނެވުމަކީ ރައީސް ޔާމީންގެ ވެރިކަން ނިމެނީކަން ބައެއް މީހުން ގަބޫލު ކުރަމުންދިޔަ ކަމެކެވެ.

ސަރުކާރުގެ ތެރެއިން ކުރީގެ ރައީސް މައުމޫންއާއި މައުމޫނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުން ދުރުވުމުގެ ނަތީޖާއަކީ ސަރުކާރު ނޭވާ ހޮޅިއަށް އެޅުމެވެ.

ރައީސް މައުމޫންގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އެމަނިކުފާނުގެ ދަރިކަލުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެވެ. މިއަދު ފާރިސް އެކުރައްވާ މަސައްކަތްތަކީ އެމަނިކުފާނަށް ތައުރީފް ހައްގު މަސައްކަތެކެވެ. އެމަނިކުފާނުގެ ބައްޕާފުޅު މައުމޫންއާއެކު ފާރިސް ކުރައްވަމުން އެ ގެންދަވާ މަސައްކަތްތަކުން ދައްތަ ޔުމްނާ މައުމޫނަށް އަދި ރައީސް މައުމޫންއަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުންނަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީވެސް ދެބަފައިން އެކުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ. ރައީސް މައުމޫންއާއި އެމަނިކުފާނުގެ ޓީމް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ގުޅުމުން ހަމަ ހަގީގަތުގައިވެސް ރައީސް ޔާމީންގެ ސަރުކާރު ހޫނު ފެނަށް ވެޓުނެވެ.

ގުޅިފައިވާ ސިޔާސީ ފަރާރްތަކުން ފުރަތަމަ ވެސް ފެށީ ގައުމު ހަމަމަގަށް އެޅުވުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރުމެވެ. އެގޮތުން އެންމެ ފަސޭހައިން ގައުމުގެ ކަންކަން ހަމަމަގަށް އެޅުވޭނީ ރައްޔިތުންގެ އިންތިހާބުކޮށްފައިވާ މަންދޫބުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަން، އަދި އެންމެ ރަނގަޅު ގޮތަކީވެސް އެއީކަން ގަބޫލުކުރެވިގެން މަޖިލީހުގެ ތެރެއިން އެކަން ކުރުމުގެ މަސައްކަތް ފެށިއެވެ.

ސަރުކާރުން ހުށަހަޅާ ކޮންމެ ކަމެއް، ސަރުކާރު ބޭނުންހާ ގޮތަކަށް މަޖިލީހުން ފާސްކުރަމުންދާދިއުމާއި ދެކޮޅަށް މަޖިލީހުގައި އަޑު އުފުލަން ފަށައިފިއެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވެސް މި އިހުތިޖާޖުތަކުގައި ބައިވެރިވެފައި ވެއެވެ. މަޖިލީހުގެ ކަންކަން ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް މަސީހަށް ތަކުރާރުކޮށް ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ގޮވާލައްވަމުން ގެންދިޔަ އެވެ.

މިހާރު މިވަނީ ގުޅިފައިވާ ސިޔާސީ ފަރާތްތަކުން މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިތާ އެއް އަހަރު ފުރިފައެވެ. ރައްޔިތުންގެ މަޖިލީހުގެ 26 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެހެޅުނު ހުށަހެޅުމަކީ ރާއްޖޭގެ ގާނޫނުއަސާސީއާއި، ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސޮއިކުރި ފުރަތަމަ އަހުދުނާމާއެވެ. ގާނޫނުއަސާސީއާ ހިލާފަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފެއިލްކޮށްލީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ވޯޓަށް އަހައިގެންނެވެ. ވޯޓިންގް ސިސްޓަމްގައި މައްސަލެއް ޖެހިފައިވާ ކަމަށްބުނެ، ވަކިވަކި މެމްބަރު އަރިހުގައި ވޯޓް ދެއްވާގޮތް އަހައިގެން (ރޯލްކޯލް) ވޯޓެއް ނަގައިގެންނެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދާ ހިލާފަށް މަސީހު ކުރައްވާ ކަންކަން ހުއްޓުވައި މަސީހު މަގާމުން ދުރުކުރުމަށް އިތުރަށް ހިތްވަރުލައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުގެ މަސައްކަތް ފެށި އެވެ. ގުޅިފައިވާ ޕާޓީތަކުން ބުނެފައިވަނީ ދެން މަޖިލީހަށް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާއިރު ވައްދާނީ ހަތަރެސްފައި ހިއްލައިގެން ވިޔަސް، ރޯލްކޯލް ވޯޓެއް ނެގިޔަސް އެކަން ކާމިޔާބުވާ ވަރަށް މެމްބަރުން ހަމަކޮށްގެން ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުން އެގޮތަށް ބުނުމާއެކު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކުއްލި ގޮތަކަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހަޅައި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ ވެސް މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ސޮއި ކޮށްގެން ކަމަށް ކަނޑައަޅައިފި އެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް އެއީ މާ މޮޅު ގޮތެއް ކަމަށް ހީވެފައި އޮތަސް އެއީ ސަރުކާރުގެ ހުޅުނބު ދާވަރަށް ތެޅެން ޖެހުނު ފުރަތަމަ މަރުހަލާއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން 45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމާއެކު މަޖިލީހުގެ ތެރޭގައި ނުހިނގާކަށް ކަމެއް ނެތެވެ. މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރުމަށް ބޭނުންވަނީ 43 މެމްބަރުން ވޯޓެވެ. އެކަމަކު އެމައްސަލަ މަޖިލީހަށް ހުށަހެޅީވެސް އެއަދަދަށްވުރެވެސް ގިނަ މެމްބަރުން ސޮއި ކުރުމަށްފަހުގަ އެވެ. އެމައްސަލައަށް ވޯޓަށް އެހުމުގެ ބަދަލުގައި މުޅި ބަރުލަމާނީ ނިޒާމު ފުނޑާލައިފި އެވެ. މަސީހުގެ ބާރު ގަދަކަން ދައްކަމުން މަޖިލީހަށް ސިފައިން ވައްދާ މަޖިލިސް ހިސޯރު ކޮށްފި އެވެ. މަޖިލީހުގެ ގޭޓްތަކުގައި މަޖިލިސް މެމްބަރުންނަށް ނުވަދެވޭ ގޮތަށް ތަޅު އަޅުވައިފި އެވެ. މަޖިލީސް ކުރާ މާލަމަށް ވެސް ސިފައިން ވައްދައިގެން ޖަލްސާތައް ކުރިއަށް ގެންގޮސްފި އެވެ. ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ އިދާރާގައި ފޯރިމަރަމުން ދަނިކޮށް ދެފަހަރެއްގެ މަތިން އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން މަޖިލިސް މެމްބަރުން މަޖިލީހުގެ ގޭޓުމަތިން މަގުމައްޗަށް އުކައިފި އެވެ.

އެންމެ މީހަކަށް ޓަކައި އާދެ، "މަސީހަށްޓަކައި" މުޅި ބަރުލަމާނީ ނިޒާމު ފުނޑުފުނޑު ކޮށްލިއިރު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރި 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި އެވެ.

ދެން ފެނިގެންދިޔައީ އެ 12 މެމްބަރުންގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ދައުލަތެއްގެ ސިފަ ގެއްލިގެން ދިޔަތަނެވެ. އެހިސާބަށް ކަންކަން ދިޔައީ ރައީސް ޔާމީން އެވިދާޅުވާ "ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރި" އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ނެވެ. ފަހެއް ފެބްރުއަރީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓުގެ ދުވަސް ދުއްވާލައިފި އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ކުރީގެ ރައީސް މައުމޫން ވެސް ހައްޔަރު ކުރީ އެވެ.

މަސީހަށްޓަކައި މުޅި ދައުލަތް ވެއްޔާ މޮޑެލިއިރު، މަސީހަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީގެ ރައީސްކަން އެންމެ ހުދުމުހުތާރުކޮށް ކުރެއްވި ބޭފުޅާ އެވެ. މަޖިލީހުގެ ކަންކަން ނިންމަވަނީ މަޝްވަރާގެ މަތިން ކަމަށްވިޔަސް މަޖިލީހުގެ ކަންކަން މަސީހު ނިންމަވަނީ ރައީސް ޔާމީން ވިދާޅުވާ ގޮތަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު