Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި ފުލުހުން

ފުލުހުން މަސައްކަތް ކުރަނީ މުޖުތަމަޢުގައި ބިރުވެރިކަން އުފައްދަން: އެމްޑީޕީ

9 މާރިޗު 2018 | ހުކުރު 05:34

ހަމަނުޖެހުން އުފައްދަން އުޅޭ ވާހަކައިގައި ހެއްކެއް ނެތް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 9 މާރިޗު 2018 | ހުކުރު 05:34
މުޒާހަރާއެއްގެ ތެރެއިން މީހުން ފަހަތަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރި ވަނީ

މުޒާހަރާއެއްގެ ތެރެއިން މީހުން ފަހަތަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރި ވަނީ

ފުލުހުން މަސައްކަތްކުރަމުންދަނީ މުޖުތަމަޢުގައި ބިރުވެރިކަން އުފައްދައި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދުމަށް ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

މާލޭގައި ހަމަނުޖެހުން އުފައްދައި، ތަންތަން ރޯކޮށް، އަމަން ނަގާލައި، ރައްޔިތުންނަށާއި މުދަލަށް ގެއްލުން ދިނުމަށް ބަޔަކު ރާވަމުންދާ ކަމަށް ފުލުހުން ބުނުމާ، ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެފަދަ ކަންކަން ރާވާ ކަމަށް ބުނެ އެއްވެސް ހެއްކެއް ނެތި، އެ ޕާޓީގެ ޤައުމީ މަޖިލިހުގެ މެންބަރުންނާއި އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހައްޔަރުކުރަމުންގެންދާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރި ކުރާ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ ބުރާސްފަތިދުވަހުގެރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލުމަށް، ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ދޮގު މަޢުލޫމާތު ފަތުރާފައިވާ ކަމަށެވެ. ފުލުހުން އެގޮތަށް އަމަލުކުރީ އެމްޑީޕީއާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދައި މުޖުތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށް ތުޙުމަތުކޮށް، އެމްޑީޕީން ވަނީ ދޮގު މައުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އިލްތިމާސް ކޮށްފައެވެ.

އެމްޑީޕީން ބުނީ، ވަކި ބަޔަކަށް ސިޔާސީ މަންފާ ޙާސިލްކޮށްދިނުމަށް ފުލުހުންގެ މުޅި މުއައްސަސާގެ މުސްތަޤިއްލުކަން ގެއްލި، ދިވެހި ފުލުހުންގެ އަގު މިއަދު ވައްޓާލާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ހިންގާ ފަރާތްތަކުން އެދޭހާ ކަންކަން ކޮށްދިނުމަށް ހެއްކާއި ގަރީނާ ނެތި، ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަކުގެ މައްޗަށް ދޮގު ތުހުމަތުތައް ކުރަމުންގެންދާކަން ފާހަގަކޮށް، އެމްޑީޕީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރު ގެއްލި، އަމަން އަމާން ކަމަށާއި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިފައިވާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީއަކީ ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ނުހަނު ބާރު އަޅާ ޕާޓީއެއް ކަމަށާއި، ދިވެހިރާއްޖޭގެ ބިކަވަމުންދާ ސިޔާސީ ނިޒާމު ހަމަ މަގަށް އެޅުވުމަށް އެމްޑީޕީގެ މެންބަރުންނާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް، އެމްޑީޕީގެ ބަޔާނުގައި ވަނީ އާންމު ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ޞުލްޙަވެރިކަމާ އެކު އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުތައް ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ދިވެހި ފުލުހުނަށް ގޮވާލާފައެވެ. އަދި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރުމަށާއި، ފުލުހުންގެ މުއައްސަސާ އިން ހަމަހަމަކަމާ އެކު އާންމުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް