Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ދަތުރުކުރާނެ މީހުން ނުލިބުމުގެ ސަބަބުން މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓުމަކަށް!

7 މާރިޗު 2018 | ބުދަ 18:30

ދަތުރުކުރާނެ މީހުން ނުލިބެނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ސަބަބުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 7 މާރިޗު 2018 | ބުދަ 18:30
ޤާއުމީ އެއާލައިން، މޯލްޑިވިއަންގެ ބައެއް ސްޓާފުންނާއެކު އެ ކުންފުނީގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި

ޤާއުމީ އެއާލައިން، މޯލްޑިވިއަންގެ ބައެއް ސްޓާފުންނާއެކު އެ ކުންފުނީގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި

ދަތުރުކުރާނެ މީހުން ނުލިބުމުގެ ސަބަބުން، ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލައިފި އެވެ.

ޤައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކާ ހަވާލާދީ އެލްއެކްސް ޓްރެވަލާ ވެބްސައިޓްގައި ބުނެފައި ވަނީ މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ނިންމާފައިވަނީ ދަތުރުވެރިން ނުލިބުމުގެ ސަބަބުން ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އެ ވެބްސައިޓްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ގިނަ ޤައުމުތަކަކުން ރާއްޖެއަށް ދަތުރު ނުކުރުމަށް ޓްރެވަލް އެޑްވައިޒަރީތައް ނެރެފައިވާތީ އެވެ.

Advertisement - newsAdvertisement

އައިލެންޑް އޭވިއޭޝަންގެ އޮފިޝަލާއި ހަވާލާދީ ވެބްސައިޓްގަިއ ބުނެފައިވާގޮތުން ދަތުރުކުރާނެ މީހުން ނެތި ފްލަައިޓް ބޭއްވުމަކީ ކުންފުންޏަށް ގެއްލުންވާނެ ކަމެކެވެ. އެހެންކަމުން ޗައިނާއަށް ކުރާ ދަތުރުތައް ކެންސަލްކުރުމަށް ނިންމައި، އެކަން މެމޯއަކުން މުވައްޒިފުންނަށް އަންގާފައިވާ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ނަޝާތު އަލީ ވިދާޅުވީ ހުރިހާ ފްލައިޓްތައް ކެންސަލް ނުކުރާ ކަމަށެވެ. އެގޮތުން މާދަމާ ވެސް ޗައިނާއަށް ބައެއް ފްލައިޓްތައް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ނަމަވެސް ކޮންމެ އަހަރަކުވެސް މިދުވަސްވަރާއި ދިމާކޮށް ޗައިނާއަށް ކުރާ ދަތުރުތައް މަދުވާ ކަމަށް ނަޝާތު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ ކޮންމެ އަހަރަކުވެސް މިދުވަސްވަރު ދިމާވާކަމެކެވެ.

އެ ވެބްސައިޓުގައިވެސް ބުނެފައިވާގޮތުގައި ރާއްޖެއާއި އެންމެ ގާތް ގުޅުމެއް އޮންނަ ޗައިނާއިން ޓްރެވަލް އެޑްވައިޒަރީއެއް ނެރުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ މީހުންގެ އަދަދު ވަނީ އެތައް ގުނައެއް ދަށަށްގޮސްފަ އެވެ. ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.

އެ ވެބްސައިޓުގައިވެސް ބުނެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު، ގިނަ ރިސޯޓު އަދި ގެސްޓް ހައުސްތަކުގެ ބުކިންތައް އަންނަނީ ކެންސަލް ކުރުމުންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ޗައިނާ ހިމެނޭގޮތަށް ޔޫރަޕްގެ ގިނަ ޤައުމުތަކުން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީތައް ނެރެފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

15 މެއި 2017

ރާއްޖޭގެ ދެ ކެއްކުންތެރިން ޗައިނާއަށް!

15 މެއި 2017
ރާއްޖޭގެ ދެ ކެއްކުންތެރިން ޗައިނާއަށް!
15 މެއި 2017

ރާއްޖޭގެ ދެ ކެއްކުންތެރިން ޗައިނާއަށް!

15 މެއި 2017
ރާއްޖޭގެ ދެ ކެއްކުންތެރިން ޗައިނާއަށް!
15 އެޕްރީލު 2017

އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި

15 އެޕްރީލު 2017
އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި
10 އެޕްރީލު 2017

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ

10 އެޕްރީލު 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ
04 އެޕްރީލު 2017

ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

04 އެޕްރީލު 2017
ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް