Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސެޓްސް ރިކަވަރީ ކޮމިޝަން

އަށް ރަށަކުން ކުލީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ: އެސެޓްސް ރިކަވަރީ ކޮމިޝަން

6 މާރިޗު 2018 | އަންގާރަ 13:33

ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ 7.5 މިލިއަން ރުފިޔާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 6 މާރިޗު 2018 | އަންގާރަ 13:33
އެސެޓްސް ރިކަވަރީ ކޮމިޝަންގެ މެންބަރުންނާއެކު ރައީސް އަބްދުﷲ ޔާމީން

އެސެޓްސް ރިކަވަރީ ކޮމިޝަންގެ މެންބަރުންނާއެކު ރައީސް އަބްދުﷲ ޔާމީން

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އަށް ރަށަކުން ކުލީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތުން، ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް މިހާރު ދެނެގަނެވިފައިވާކަމަށް އެ ކޮމިޝަނުން ހާމަކުރީ، ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައެވެ.

Advertisement - newsAdvertisement

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި، ހާމަކޮށްފައިވާ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ގިނަ އަދަދެއްގެ ފައިސާއަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް އެކިފަރާތްތަކުން ދައްކަންޖެހޭ ފައިސާއެވެ.

ނޫސް ބަޔާނުގައިވާ ގޮތުގައި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަސައްކަތަށް ދައުލަތުން ދޫކޮށްފައިވާ ރަށްތަކާގުޅުންހުރި މުއާމަލާތްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު، 3,629,473,520.32ރ. (ތިން ބިލިއަން ހަސަތޭކަ އޮނަތިރީސް މިލިއަން ހަތަރުސަތޭކަ ހަތްދިހަ ތިންހާސް ފަސްސަތޭކަ ވިހި ރުފިޔާ ބައްތިރީސް ލާރި) އަށް އަރައެވެ.

އެގޮތުން، ދައުލަތަށް އެ ފައިސާ ދައްކަންޖެހޭ ކުންފުނިތަކާއި ދައްކަންޖެހޭ ފައިސާގެ ތަފްސީލުތައް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ،

1. ރ. މާނެންފުށި ކުއްޔަށް ނަގާފައިވާ މާނެންފުށި ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ 2.3 ބިލިއަން ރުފިޔާ

2. ހދ. ހަނިމާދޫގެ ބިމެއް ކުއްޔަށް ނަގާފައިވާ ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ 612 މިލިއަން ރުފިޔާ

3. ތ. އެލާ ކުއްޔަށް ނަގާފައިވާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ އިން ދައްކަންޖެހޭ 388 މިލިއަން ރުފިޔާ

4. ތ. ކަޅުފަހަލަފުށި ކުއްޔަށް ނަގާފައިވާ އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ 343 މިލިއަން ރުފިޔާ

5. ލ. ކައްދޫގެ ބިމެއް ކުއްޔަށް ނަގާފައިވާ ވިލާ ރިސޯޓްސް އެންޑް ހޮޓަލްސް އިން ދައްކަންޖެހޭ 337 މިލިއަން ރުފިޔާ

6. ގދ. ގަޒީރާ ކުއްޔަށް ނަގާފައިވާ ގަޒީރާ ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހޭ 309 މިލިއަން ރުފިޔާ

7. ނ. ރާފުށި ކުއްޔަށް ނަގާފައިވާ އެގްޒޯޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހޭ 264 މިލިއަން ރުފިޔާ

8. ފިލިތެޔޮ އައިލެންޑް ރިސޯޓް ކުއްޔަށް ނަގާފައިވޭ އޭއޭއޭ ޓްރޭޑިންގ ކޮމްޕެނީ އިން ދައްކަންޖެހޭ 31.8 މިލިއަން ރުފިޔާ

ޖީއެސްޓީގެ ގޮތުގައި ފައިސާ ލިބެންޖެހޭ ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޖުމްލަ ޢަދަދު، 7,522,267.81ރ. (ހަތް މިލިއަން ފަސްސަތޭކަ ބާވީސްހާސް ދުއިސައްތަ ފަސްދޮޅަސް ހަތްރުފިޔާ އެކާހި ލާރި) އަށް އަރާކަން ހާމަކޮށްފައިވެއެވެ. ބަޔާނުގައިވާ ގޮތުގައި އެ ފައިސާއަކީ މުހައްމަދު އަހުމަދު ދީދީ ކިޔާ މީހަކު ދައްކަންޖެހޭ ފައިސާއެވެ. އެ މީހާއާ ގުޅޭ އިތުރު ތަފްސީލެއް ބަޔާނުގައި ހާމަކޮށްފައިނުވެއެވެ.

މި ފައިސާގެ އަދަދުތައް އެކުލެވޭ މައްސަލަތަކަކީ މިހާރު ޝަރުޢީ މަރުޙަލާ ފެށިގެން ކުރިއަށްދާ މައްސަލަތައްކަންވެސް އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގެ ދަށުން އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ދައުލަތަށް ފައިސާ ލިބެންޖެހޭ ކަމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް