Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ދާހިލީ މައްސަލައެއްގައި ސިފައިންނަށް މަގުތަކަކަށް ނިކުމެ ނޫޅެވޭނެ: ރިޔާޒު

5 މާރިޗު 2018 | ހޯމަ 02:24

ސިފައިންނަށް މަގުމަތީގައި ހަރަކާތްތެރިވެވޭނީ ފުލުހުންނަށް، ފުލުހުންގެ ވާޒިބު އަދާނުކުރެވިގެން، ލިޔުމުން އެކަމަށް އެދުމުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 5 މާރިޗު 2018 | ހޯމަ 02:24
އަބްދުﷲ ރިޔާޒް: ރިޔާޒް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

އަބްދުﷲ ރިޔާޒް: ރިޔާޒް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

ދާހިލީ މައްސަލައެއްގައި ސިފައިންނަށް މަގު މައްޗަށް ނިކުމެ ނޫޅެވޭނެކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

މިވަގުތު ފުލުހުންގެ ހައްޔަރުގައި ހުންނެވި ރިޔާޒު، ހައްޔަރުކުރުމުގެ ކުރިން ރާއްޖެޓީވީގެ "ހައިރާނުން ހައިރާން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ ދާޚިލީ މައްސަލައެއްގައި ސިފައިންނަށް ނިކުމެ މަގުމަތީގައި ހަރަކާތްތެރިނުވެވޭނެ ކަމަށެވެ. އަދި ސިފައިންނަށް މަގުމަތީގައި ހަރަކާތްތެރިވެވޭނީ ފުލުހުންނަށް، ފުލުހުންގެ ވާޖިބު އަދާނުކުރެވިގެން، ލިޔުމުން އެކަމަށް އެދުމުން އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިއަދާހަމައަށްވެސް އެފަދަ ލިޔުމެއް ފުލުހުން، ސިފައިންނަށް ފޮނުވާފައިވާކަން އެނގެން ނެތްކަމަށް ވިދާޅުވެ ރިޔާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ އަމުރާއެކު ފުލުހުންނަށް އަޒުމް ލައިދިނުމަށް ބޭއްވި ރަސްމއިްޔާތަކަށް އިޝާރަތްކުރައްވާ ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ފުލުހުންގެ އެންމެ އިސްވެރިން ބަނޑޭރި ކޮއްޓަަށް ވައްދައިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް، ސިފައިންގެ އަޒުމް ކިޔާތަން ފެނިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަމަށް ރިޔާޒު ވިދާޅުވި އެވެ. ފުލުހުންނާއި ސިފައިންނަކީ ދެ ޚިދުމަތެއްކަން ފާހަގަކޮށް ރިޔާޒް ވިދާޅުވީ ފުލުހުންވެސް ބަނޑޭރި ކޮއްޓަށް ވަދެގެން ނުވާނެ ކަމަށެވެ.

އޭގެއިތުރުން ފުލުހުނާއި ސިފައިންނަކީ އެއް ހިދުމަތަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ އަޑުތަކެއް އިވިފައިވާކަމަށް ވިދާޅުވެ ރިޔާޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެހެން އެކަން ކޮށްފިނަމަ ރާއްޖޭގައި މި އޮތީ ފުރިހަމަ މިލިޓަރީ ވެރިކަމަކަށްވެގެންދާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މިއަދު މިއީ ސިވިލް ވެރިކަމެއް ތޯ، ނުވަތަ މިލިޓަރީ ވެރިކަމެއްގައިތޯ ސުވާލު އުފެދޭ"

އެންމެފަހުން ޕީޕީއެމުން ބޭއްވި "ސަލާމަތީ ބާރުތަކާއެކު ރައްޔިތުން" ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް އިޝާރަތްކުރައްވާ ރިޔާޒު ވިދާޅުވީ އެރޭ އެމަނިކުފާނުގެ ވާހަކަފުޅުން ފުލުހުންނާއި ސިފައިންގެ ތެރޭގައި އެމަނިކުފާނުގެ ކޮމާންޑާއި ކޮންޓްރޯލް ގެއްލިފައި އޮތް މިންވަރު އެނގިގެން ދިޔަކަމަށެވެ. ހަނގުރާމައިގެ މައިދާނުގައިވެސް ރޫލްސް އޮފް އެންގޭޖްމެންޓް އޮންނަކަން ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވަނީ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
02 މާރިޗު 2017

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް

02 މާރިޗު 2017
ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް
02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
01 މާރިޗު 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް