Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަބްދުލް ފައްތާހް އަލްސީސީ

ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުމަކީ ޣައްދާރުވުން: ސީސީ

3 މާރިޗު 2018 | ހޮނިހިރު 13:57

ސީސީ މިމޭރުމުން ވާހަކަ ދެއްކެވީ މިސްރުގެ ސަލާމަތީ ބާރުތަކުން ހިންގާފައިވާ ޖަރީމާތަކުގެ މައްސަލަތަކެއް ބީބީސީއިން ފެންމަތިކުރުމާއި ވިދިގެން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 3 މާރިޗު 2018 | ހޮނިހިރު 13:57
މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލްސީސީ

މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލްސީސީ

މިސްރުގެ ސަލާމަތީ ބާރުތަކުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ޤައުމަށް ޣައްދާރުވުން ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސީސީ ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ބީބީސީއިން މިސްރުގެ ސަލާމަތީ ބާރުތަކުން ހިންގާ ލާއިންސާނީ އަމަލުތަކާއި ގުޅޭ ޕްރޮގްރާމެއް ތައްޔާރުކުރުމާއި ގުޅިގެން މިސްރު ސަރުކާރުގެ ފާޑުކިޔުންތައް ބީބީސީއަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި ސީސީ ވިދާޅުވީ، މިސްރުގެ ސަލާމަތީ ބާރުތަކުގެ ސިފައިންނާއި ފުލުހުން ހަނގުރާމަވެރިންގެ އެތައް ހަމަލާއެއްގެ ޝިކާރަޔަކަށް ވެފައިވާ ކަމަށެވެ. އަދި އެބާރުތަކުގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތް ސިފަކުރެވޭނީ އެންމެ މަތީ ދަރަޖައިގެ ޣައްދާރުވުމުގެ ގޮތުގައި ކަމަށް ސީސީ ވިދާޅުވިއެވެ. އަދި އެއީ ޚިޔާލު ފާޅުކުރުމާއި ބަސްބުނުމުގެ މިނިވަންކަމުގެ ތެރެއިން ހިމެނޭ ކަމެއް ނޫންކަމަށް ވެސް ސީސީ ވިދާޅުވިއެވެ.

"އަޅުގަނޑު މިމަޤާމުގައި ހުއްޓާ އެއްވެސް މީހަކަށް ސަލާމަތީ ޚިދުމަތްތަކުގެ އަގު ވައްޓައެއް ނުލެވޭނެ،" ސީސީ ވިދާޅުވިއެވެ.

ސީސީ މިވާހަކަ ދައްކަވާފައި މިވަނީ ދޮގު ޚަބަރާއި ތުންތުންމަތިން ދެކެވެމުންދާ ވާހަތައް ޝާއިއުކުރާ މީޑިއާތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިސްރުގެ ސަރުކާރުން ދިންތާ އެއް ދުވަސްފަހުންނެވެ . މިސްރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ނަބީލް ސާދިޤް ވިދާޅުވީ މިފިޔަވަޅު އަޅުއްވަން ޖެހުނީ ދޮގު ޚަބަރު ފަތުރައިގެން ޤައުމީ ސަލާމަތަށް ނުރައްކާ ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާތީ ކަމަށެވެ.

ބީބީސީއިން ދެއްކި ރިޕޯޓާއި ގުޅިގެން މިސްރުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ބީބީސީއިން ބުނީ އެރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށާއި، ބީބީސީގެ ވިސްނުން ބަދަލުނުކުރާނެ ކަމަށެވެ.

ސަލާމަތީ ބާރުތަކުގެ ދިފާޢުގައި ސީސީ ވާހަކަފުޅު ދެއްކެވިއިރު، އެމަނިކުފާނަކީ މިސްރުގެ ސިފައިންގެ ކުރީގެ އިސްވެރިޔާއެވެ. އަދި 2013ވަނަ އަހަރު ސީސީ ވެރިކަމަށް ވަޑައިގަތީ އޭރު މިސްރުގައި ހުންނެވި އިންތިޚާބީ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން އަސްކަރިއްޔާއިން ގެނައި ބަޣާވާތެއްގައި ވައްޓާލުމަށްފަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2017

ވަކި ދަޢުލަތެއް ޤާއިމް ކުރުމަށް ކުރުދީން ކުރާ މަސައްކަތުގެ އަގު އަދާކުރަން ޖެހޭނެ: އުރުދޮޣާން

30 ސެޕްޓެމްބަރު 2017
ވަކި ދަޢުލަތެއް ޤާއިމް ކުރުމަށް ކުރުދީން ކުރާ މަސައްކަތުގެ އަގު އަދާކުރަން ޖެހޭނެ: އުރުދޮޣާން
28 އޯގަސްޓު 2017

ފާދިރީ ރަމް ރަހީމްގެ މައްޗަށް އަދަބު ކަނޑައަޅަން ގާތްވެފައިވާއިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލަތުގައި!

28 އޯގަސްޓު 2017
ފާދިރީ ރަމް ރަހީމްގެ މައްޗަށް އަދަބު ކަނޑައަޅަން ގާތްވެފައިވާއިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލަތުގައި!
09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
14 ޖޫން 2017

ސައުދީ އަށް ރައީސް ޓްރަމްޕް ހަތިޔާރު ވިއްކުމަށް ނިންމެވި ނިންމުމަށް ސެނެޓުގެ ހަނި އަގުލަބިއްޔަތަކުން ތާއީދު ލިބިއްޖެ

14 ޖޫން 2017
 ސައުދީ އަށް ރައީސް ޓްރަމްޕް ހަތިޔާރު ވިއްކުމަށް ނިންމެވި ނިންމުމަށް ސެނެޓުގެ ހަނި އަގުލަބިއްޔަތަކުން ތާއީދު ލިބިއްޖެ
09 ޖޫން 2017

ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ

09 ޖޫން 2017
ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ
29 މެއި 2017

ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ

29 މެއި 2017
ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ
28 މެއި 2017

ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި

28 މެއި 2017
ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
14 އެޕްރީލު 2017

އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

14 އެޕްރީލު 2017
އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި
13 މާރިޗު 2017

ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން

13 މާރިޗު 2017
ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް