Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސްޓީއޯ މާލޭލީގު

ނިއު އަދި މާޒިޔާގެ ކުރިމަތިލުން ނިއުއަށް

މި މެޗު ނިއު ކާމިޔާބުކުރީ 1-0 އިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 މާރިޗު 2018 | ހޮނިހިރު 13:37
މި މެޗުގައި ނިއުގެ ލަނޑު ޖެހި ދަގަނޑޭ

މި މެޗުގައި ނިއުގެ ލަނޑު ޖެހި ދަގަނޑޭ

އެސްޓީއޯ މާލޭ ލީގުގައި ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗު ނިއު ރޭޑިއަންޓްއިން ކާމިޔާބު ކޮށްފިއެވެ.

ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ދެ ޓީމުން ވެސް ނުކުތް މި މެޗު ނިއުއިން ކާމިޔާބުކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ނިއުއިން ވަނީ މާޒިޔާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މާޒިޔާގެ ބިދޭސީ ފޯވާޑް ސްޓެވާޓް ކޯނެލިއަސް އަށްވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާއަށް މެޗުގެ 24 މިނެޓުގައި ލިބުނު ފުރުސަތު ބޭކާރުކޮށްލިއިރު އޭގެ މިނެޓެއް ފަހުން ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އޭނާ ކާމިޔާބުކުރީ މާޒިޔާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހުއެވެ. މި ހާފުގެ ފަހު ބައިގައި ވެސް ނިއުއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

ދެވަނަ ހާފު ފެށިގެން މާޒިޔާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ނިއުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނިއުގެ ފަރާތުން އާދައިގެ ކުޅުމެއް މި ހާފުގައި ފެނިގެންދިޔައިރު މާޒިޔާގެ ފޯވާޑް ލައިނުގައި ހަރަކާތްތެރިވި ކުޅުންތެރިންނަށް ލިބުނު ފުރުސަތުތަކުގެ ހުރަކަށް ވެގެންދިޔައީ ނިއުގެ ގޯލު ބެލެހެއްޓުމުގައި ހަރަކާތްތެރިވި ކީޕަރު ފައިސަލްއެވެ. މެޗުގެ އެންމެ ފަހުވަގުތުކޮޅުގެ ތެރޭގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ރެފްރީ ވަނީ ނިއުގެ ރިލްވާން ވަހީދު (ރިލޭ) އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މާޒިޔާ ދެން އޮތް މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ނުކުންނާނީ ކްލަބް ވެލެންސިއާ އާއި ދެކޮޅަށެވެ. ކުރިޔަށް ނިއުއަށް އޮތް މެޗަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ޑާކާ އަބްހާނީއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު