Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލާ ގްރޫޕު

ވިލާއަށް 99 އަހަރަށް މާމިގިލި އެއަރޕޯޓް ދިނުމުގައި ކޮރަޕްޝަން ހިންގާފައެއް ނުވޭ: އޭސީސީ

މާމިގިލީ އެއަރޕޯޓް އެއްބަސްވުމުގެ މުއްދަތު އިތުރުކުރީ 2012، ނޮވެމްބަރުގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 3 މާރިޗު 2018 | ހޮނިހިރު 07:51
އދ. މާމިގިލީ ބިން ހިއްކައިގެން ވިލާ ގްރޫޕުން އަމިއްލައަށް ތަރައްގީކޮށްފައިވާ އެއަރޕޯޓް

އދ. މާމިގިލީ ބިން ހިއްކައިގެން ވިލާ ގްރޫޕުން އަމިއްލައަށް ތަރައްގީކޮށްފައިވާ އެއަރޕޯޓް

އދ. މާމގިލީ އެއަރޕޯޓު ހިންގުމަށް ވިލާ ގްރޫޕާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް އިތުރު ކުރުމުގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެންނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފިއެވެ.

ވިލާ ގްރޫޕުގެ އަމިއްލަ ޚަރަދުގައި އެއަރޕޯޓް ތަރައްގީކޮށްފައިވާއިރު، އެއަރޕޯޓް ހިންގަން އެކުންފުންޏަށް ދީފައިވާ މުއްދަތު 99 އަހަރަށް އިތުރުކުރީ، ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި، 2012 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ.

Advertisement - newsAdvertisement

މާމިގިލީ އެއަރޕޯޓް ހިންގަން ވިލާ ގްރޫޕާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކޮމިޝަނުން ނިންމާފައި ވަނީ، އެކަމުގައި ކޮރަޕްޝަނުގެ އަމަލެއް އެކުލިވެންނުވާ ކަމަށެވެ.

މާމިގިލީ ބިން ހިއްކައިގެން، ވިލާ ގްރޫޕުން ތަރައްގީކޮށްފައިވާ އެއަރޕޯޓު ހުޅުވައި ޚިދުމަތް ދޭން ފަށާފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި، މާމިގިލީ އެއަރޕޯޓް ހުޅުވި ނަމަވެސް، ރައީސް ވަހީދުގެ ވެރިކަމުގައި އެ އެއަރޕޯޓް ވަނީ ބައިނަލްއަގްވާމީ އެއަރޕޯޓަކަށް ބަދަލުކޮށްފައެވެ. އެހެން ނަމަވެސް، މިހާރު އެ އެއަރޕޯޓް ޑޮމެސްޓިކް އެއަރޕޯޓަކަށް ވަނީ ބަދަލުކޮށްފައެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ވިލާއަށް ދޫކޮށްފައި އޮތް ތިން ރަށެއްގެ މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމްތައް ބާތިލް ކޮށްފި

02 މެއި 2017
ވިލާއަށް ދޫކޮށްފައި އޮތް ތިން ރަށެއްގެ މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމްތައް ބާތިލް ކޮށްފި
22 އެޕްރީލު 2017

ރޯމަން ސެލެޒްނޯވް 27 އަހަރަށް ޖަލަށް، އޭނަގެ ބައްޕަ ރަތަށް

22 އެޕްރީލު 2017
ރޯމަން ސެލެޒްނޯވް 27 އަހަރަށް ޖަލަށް، އޭނަގެ ބައްޕަ ރަތަށް
20 އެޕްރީލު 2017

ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް

20 އެޕްރީލު 2017
ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް
06 އެޕްރީލު 2017

ގާސިމް ހައްޔަރު ކުރުމާއި އެކު، މާމިގިލި ރަތަށް

06 އެޕްރީލު 2017
ގާސިމް ހައްޔަރު ކުރުމާއި އެކު، މާމިގިލި ރަތަށް
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު