Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ފައިސަލްގެ ވަފާތެރިކަމާއި، ތެދުވެރިކަމަށް ދާއިރާގެ ރައްޔިތުން ހެކިވޭ!

ފައިސަލްއަކީ ވާ ވައުދު ފުއްދާ މީހެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 20 ޖުލައި 2018 | ހުކުރު 09:49
ފައިސަލް ފުވައްމުލަކަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ހޫނު މަރުޙަބާއެއް ދަންވަނީ

ފައިސަލް ފުވައްމުލަކަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ހޫނު މަރުޙަބާއެއް ދަންވަނީ

އެރަށުގެ ގިނަ މީހުން ސިފަ ކުރާ ގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ފައިސަލް ނަސީމަކީ ވަރަށް ތަފާތު ބޭފުޅެކެވެ. އެއީ އިބޫގެ ރަނިންގ މޭޓަށް ވީމައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އެ ދާއިރާގެ ރައްޔިތުންނާއި ބަހައްޓަވާ ގާތްގުޅުމުނެވެ. ކާށިދޫ އަދި ގާފަރުގެ ރައްޔިތުން ދެކޭ ގޮތުގައި ފައިސަލްއަކީ އެހެން ސިޔާސީ ބޭފުޅުންނާ މުޅިން ތަފާތު ބޭފުޅެކެވެ. އެމަނިކުފާނަކީ އިޖްތިމާއީ ޙިދުމަތްތެރިއެކެވެ.

ރަނިންގ މޭޓް ކަމަށް ފައިސަލް ކަނޑައެޅުމަކީ ކާށިދޫ ދާއިރާގެ ރައްޔިތުންނަން ލިބުނު ނުހަނު ބޮޑު އުފަލެކެވެ. ފައިސަލް ކާށިދޫ އަށް ވަޑައިގެންނެމުން އެރަށުގެ ރައްޔިތުން ފައިސަލް އަށް ކީ ޙޫނު މަރުޙަބާއިން އެކަން ސާފުވެއެވެ. އެ ރައްޔިތުންގެ މޫނު މަތިން ފެނުނު އުފާވެރި މަންޒަރުން ހާމަވަނީ މިއަދު ދިވެހި ރާއްޖޭގައި މިއޮތް ހާލަތު ނިންމުމަކަށް ގެނެއުމަށް ލިބުނު އުންމީދަކީ އީބޫ އާއި ފައިސަލް ކަމެވެ.

ފައިސަލް ކާށިދޫގައި ދޮރުން ދޮރަށް ހިންގަވަނީ

"ފައިސަލް ރަނިންގ މޭޓަކަށް ކަނޑައެޅުމުން ވަރަށް ހިތްހަމަޖެހުނު، އިންތިހާބު ކާމިޔާބުކުރައްވައިފި ނަމަ ހަމަ ޔަގީނުން ވެސް ފައިސަލް މިދާއިރާއަށް ހާއްސަ ސަމާލުކަމެއް ދޭނެ، މިދާއިރާ އަށް އިތުރަށް ކުރިއެރުން ލިބޭނެ،" ކާށިދޫ ޒުވާނަކު ބުންޏެއެވެ.

ހުކުރު ދުވަހު ފައިސަލް ކާށިދޫ ރައްޔިތުންގެ ހާލު ބެއްލެވުމަށް ދޮރުން ދޮރަން ހިންގެވިއެވެ. ކޮންމެ ރައްޔިތަކީ އޭނާގެ އެކުވެރިއެކެވެ. ރައްޔިތުންނާއި ބައްދަލުކުރެއްވި އިރު ފައިސަލް އާއި ދާއިރާގެ ރައްޔިތުންނާ އޮތް ގުޅުމަކީ އަދާޔާ ހިލާފު ގާތް ގުޅުމެއް ކަން ހާމަވެގެން ދިޔައެވެ. ކޮންމެ މީހަކީ ވެސް ފައިސަލް ދަންނަ މީހަކެވެ.

ފައިސަލް މެމްބަރުކަމުގައި ކާށިދޫ ދާއިރާއަށް ވަނީ އަގުހުރި ޙިދުމަތްތަކެއް ކުރައްވާފައެވެ. އެކަން މި ވޯޓުން އެނގިގެންދާނެ ކަމަށް ކާށިދޫގެ ރައްޔިތުން ބުންޏެއެވެ. ގާފަރާއި ކާށިދޫގެ ތައުލީމީ ދާއިރާ ޙަރުދާނާ ކުރުމުގެ ގޮތުން ފައިސަލް ވަނީ ގްރޭޑް 10 ގެ ކްލާސް ރޫމްތައް ޑިޖިޓަލް ކުރައްވާފައެވެ. ޕްރީސްކޫލުގެ ކަންކަން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން ސްކޫލުތަކުގެ އަހަރީ ޖަލްސާއަށް ވެސް ފައިސަލްގެ އެހީތެރިކަން ލިބެއެވެ. އަދި ސިއްހީ ދާއިރާ ޙަރުދަނާ ކުރުމަށް ސްކޭން މެޝިނާއި، ގޮނޑި އާއި މޭޒު އަދި އެނދު ފަދަ ތަކެތި ވެސް ހަދިޔާ ކުރެއްވިއެވެ. މިއީ އެރަށުން ވާހަކަ ދެއްކި ކޮންމެ މީހަކު ވެސް ހެކިދޭ ކަމެކެވެ.

ކާށިދޫގައި ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން

ފައިސަލް ހުކުރު ދުވަހު ކާށިދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއެކޭ އެއްގޮތަށް އެމަނިކުފާނު މަސައްކަތް ކުރައްވަނީ ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގ މޭޓް ކަމަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނަން ތާއިދުކޮށް އިންތިހާބުކުރެއްވުމުން ލިބިވަޑައިގެންނެވި ފުރުސަތެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ކާށިދޫއަށް ވަޑައިގެންވުމުން މަރުޙަބާ ދަންވަނީ

"އަޅުގަނޑުގެ ފުރަތަމަ ދަތުރުގައި ކާށިދޫގައި ތިޔަ ބޭފުޅުންނާ ބައްދަލުވި ދުވަހު އަޅުގަނޑު ފުރަތަމަ ވެސް ދެންނެވި ގޮތަށް، އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ މުޅި މުޖުތަމައުގެ މައްސަލަހަތަށް. މުޅި މުޖުތަމަގެ ކުރިއެރުމަށް" ބަނދަރު މަތީގައި ހުންނަވައި ކާށިދޫގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

އެދާއިރާގެ ރައްޔިތުން ބުނާ ގޮތުގައި ފައިސަލަކީ ވެވަޑައިގަންނަވާ ވައުދު ފުއްދަވާ ބޭފުޅެކެވެ. އަދި ޕާޓީ ބަދަލުނުކުރައްވައި، އިންތިހާބުވުމުގެ ކުރިން ވެވަޑައިގެންނެވި ވައުދު ފުއްދަވާފި ކަމަށް ވެސް އެމީހުން ބުންޏެވެ. އެހެންކަމުން އިބޫ އަށް ލިބިވަޑައިގަންނާވެނެ އެންމެ ވަފާތެރި ރަނިންގ މޭޓަކީ ވެސް ފައިސަލް ކަމަށް މިކަން ކަމުން ދޭހަކޮށްދޭ ކަމަށް އެ މީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު