ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 09:25
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން
ރައީސް އޮފީސް
ރައީސް އަބްދުﷲ ޔާމީން
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކާފަ ދަރިކަލަކު ލިބިވަޑައިގެންފި
 
މިއީ ފުރަތަމަ ކާފަ ދަރިކަލުން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކާފަ ދަރިކަލަކު ލިބިވަޑައިގެންފިއެވެ.

މިހާރު ނޫހުގައި ހާމަކޮށްފައިވާ ގޮތުން ރައީސްގެ ދަރިކަނބަލުން ޣާދާ އަބްދުﷲ ޔާމީނަށް ފިރިހެން ބޭފުޅަކު ވަނީ ލިބިވަޑައިގެންފައެވެ. ދަރިކަނބަލުންނަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަތީ ހުކުރު ދުވަހު ތައިލެންޑްގައެވެ.

ރައީސް ޔާމިންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ ތައިލެންޑަށް ހުކުރު ދުވަހުގެ ވަގުތެއްގައި ފުރާވަޑައިގެންފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެން ފުރަތަމަ ކާފަ ދަރިކަލެވެ. ރައީސް ޔާމީނުގެ ތިއްބަވަނީ ދެ ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލެކެވެ.

 ސޯޝަލް މީޑިއާގައި މަޖިލީސް މެންބަރުންނާއި އާންމު ރައްޔިތުން ދަނީ ރައީސްގެ ދެމަފިރިކަނބަލުންނަށް މަރުހަބާ ދަންނަވަމުންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
22%
0%
67%
0%
11%
ކޮމެންޓް