Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވީމީޑިއާ ޖޫރިމަނާކުރުން

ހަނގާ ފަންޑު ފޮށީގެ ނަމުގައި ވީމީޑިއާ އިން ފަންޑު ފޮށްޓެއް ބަހައްޓައިފި

ފަންޑު ފޮށި ބަހައްޓާފައިވަނީ ސޯސަން މަގުގައި ހުންނަ ވީމީޑިއާގެ އޮފީހުގައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 2 މާރިޗު 2018 | ހުކުރު 02:33
ވީމީޑިއާގެ

ވީމީޑިއާގެ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ވީމީޑިއާ ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާއި ގުޅިގެން، އެ ފައިސާ ދެއްކުމަށް "ހަނގާ ފަންޑު ފޮށި" ގެ ނަމުގައި ފަންޑު ފޮށްޓެއް ބަހައްޓައިފި އެވެ.

ބްރޯޑްކޮމް އިން އެކުންފުނި ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރިކަން އެންގުމާއެކު، ފަންޑު ފޮށްޓެއް ބެހެއްޓުމަށް ނިންމީ ޖޫރިމަނާ ފައިސާ ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވެ، ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ ކަމަށެވެ.

ހެޔޮއެދޭ ފަރާތްތަކަށް ފައިސާ ޖަމާކުރެވޭ ގޮތަށް ވީމީޑިއާގެ "ހަނގާ ފަންޑު ފޮށި" ބަހައްޓާފައިވަނީ ސޯސަން މަގުގައި ހުންނަ ވީމީޑިއާގެ އިމާރާތުގައެވެ. މީގެ އިތުރުން ފަންޑު ފޮށި މާލޭގެ އެކި ސަރަހައްދުތަކާއި، އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ބަހައްޓާނެ ކަމަށް ވީމީޑިއާ އިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފަންޑަށް ފައިސާ ޖަމާކުރުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުން ފައިސާ ޖަމާކުރުމަށް ހާއްސަ ދެ އެކައުންޓެއް ވީމީޑިއާ އިން ވަނީ ހަމަޖައްސާފައެވެ.

ވީމީޑިއާގެ ހަނގާ ފަންޑު ފޮށްޓަށް ބޭންކް އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވަން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާކުރުމަށް ހަމަޖައްސާފައިވާ ދެ އެކައުންޓަކީ:

  • ދިވެހި ރުފިޔާ އިންނަމަ: 7704 281040 001
  • އެމެރިކާ ޑޮލަރުންނަމަ: 7704 281040 002

ފަންޑު ފޮށި ބެހެއްޓުމަށް ބުރާސްފަތި ދުވަހުގެރޭ ވީމިޑިއާގައި ބޭއްވި ރަސްމިއްޔާތުގައި ފަންޑު ފޮށި ހުޅުވައިދެއްވާ ފަންޑަށް އެންމެ ފުރަތަމަ ފައިސާ ހަދިޔާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އެވެ.

ވީމީޑިއާ ޖޫރިމަނާ ކޮށްފައިވަނީ ގުޅިފައިވާ ޕާޓީތަކުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ރޭ ފ. މަގޫދޫގައި ބޭއްވި ޖަލްސާއެއްގައި މެންބަރު މުސްތަފާ ދެއްކެވި ވާހަކަފުޅުގައި ބޭނުންކުރެއްވި އެންމެ ބަހެއްގައި ހިފައިގެން ކަމަށާއި، މުސްތަފާ ބޭނުންކުރެއްވި އިބާރާތަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މީހެއްގެ އަބުރާ ބެހެވޭ ފަދަ އިބާރާތެއް ކަމަށް ބްރޯޑްކޮމް އިން ގަބޫލުކޮށްފައިވާތީ ކަމަށް ވީމީޑިއާ އިން ބުންޏެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން މިމައްސަލަ ބެލުމަށްފަހު، އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާއި އެގާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑުގެ ދެވަނަ ހަމައިގެ ދެވަނަ ނަމްބަރާއި ވީމީޑިއާ އިން ޚިލާފްވެފައިވާ ކަމަށް ބުނެއެވެ.

އެގޮތުން، އެޖަލްސާ ވީމީޑިއާގެ ވީޓީވީ އާ، ވީއެފްއެމް އިން ވަގުތުން ބްރޯޑްކާސްޓް ކޮށްފައިވާތީ، ވީޓީވީ ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، ވީއެފްއެމް އިތުރު ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތުން ޖުމްލަ ހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވީމީޑިއާ އަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އަންގާފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން މީގެ ކުރިން ވަނީ، އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ޤާނޫނުގެ ދަށުން ރާއްޖެޓީވީ ތިން ފަހަރެއްގެ މަތިން ޖޫރިމަނާކޮށްފައެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން ޖުމްލަ 1.7 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ރާއްޖެޓީވީ އިން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދައްކާފައިވާއިރު، ޖޫރިމަނާ ފައިސާ ދެއްކުމަށް ރާއްޖެޓީވީ އިން ބެހެއްޓި ފަންޑަށް ހެޔޮ އެދޭ ފަރާތްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
10 މާރިޗު 2017

ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު

10 މާރިޗު 2017
ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު
08 މާރިޗު 2017

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017
ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ
27 ފެބުރުއަރީ 2017

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި
26 ފެބުރުއަރީ 2017

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު