ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 22:41
ޖަފާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަޒުމީ އެންޑޯއާއި ފޮރިން މިނިސްޓްރީގެ ފަރާތުން ބައްދަލު ކުރައްވާފައިވަނީ ސެކްރެޓަރީ އަހުމަދު ހަލީލު
ޖަފާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަޒުމީ އެންޑޯއާއި ފޮރިން މިނިސްޓްރީގެ ފަރާތުން ބައްދަލު ކުރައްވާފައިވަނީ ސެކްރެޓަރީ އަހުމަދު ހަލީލު
ޓްވިޓަރ
ޝިން ޔުއާން 18
ޝިން ޔުއާން 18 އާ ގުޅޭ ގޮތުން ދިވެހި ޚާރިޖިއްޔާއިން ޖަޕާނު ސަފީރާ މަޝްވަރާ ކޮށްފި
 
އުތުރު ކޮރެއާގެ އުޅަނދުފަހަރާއި ކަނޑުމަތިން މުއާމަލާތްކުރުމަކީ ބައިނަލްއަޤްވާމީ ކުށެއް
 
މި މައްސަލަ ދަނީ ތަހުގީގު ކުރަމުން
 
ރާއްޖޭގެ ފްލެގް އިނަސް އެއީ ރާއްޖޭގެ އުޅަނދެއް ނޫން ކަމަށް ސަރުކާރުން ބުނޭ

އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދާއި "ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދެއް ހުއްދަ ނޫން މުއާމަލާތްތަކެއް ހިންގި މައްސަލައާއި ގުޅިގެން ދިވެހި ހާރިޖިއްޔާއިން ޖަޕާނު ސަފީރާ ބައްދަލުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިކަން ހާމަކޮށްފަ އެވެ.

ޖަފާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަޒުމީ އެންޑޯއާއި ފޮރިން މިނިސްޓްރީގެ ފަރާތުން ބައްދަލު ކުރައްވާފައިވަނީ ސެކްރެޓަރީ އަހުމަދު ހަލީލު އެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ގުޅުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި ޝިން ޔުއާން 18 އުޅަނދާއި ގުޅޭ ގޮތުން ހުރިކަންބޮޑުވުންތައް ހިއްސާކޮށްފައިވާއިރު މި މައްސަލަ ބެލުމުގައި ޖަޕާނަށް އެންމެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވަނީ ހާމަކޮށްފަ އެވެ.

ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނުގައި ވަނީ "ޝިން ޔުއާން"ގެ ނަމުގައި ދަތުރު ކުރަމުންގެންދާ އުޅަނދުގެ މެރިޓައިމް މޯބައިލް ސަރވިސް އައިޑެންޓިޓީ (އެމް.އެމް.އެސް.އައި) ނަންބަރުގެ ގޮތުގައި ބޭނުންކުރަމުންދާ 455910000 އަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރެއް ނޫންކަން ދިވެހި ސަރުކާރުން ޔަޤީން ކޮށްދެއްވާ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައިވާ އެމް.އެމް.އެސް.އައި ނަމްބަރަކީ ޝިން ޔުއާންގެ އެމް.އެމް.އެެސް.އައި ނަމްބަރެއް ނޫނެވެ. އިންޓަނޭޝަނަލް މެރިޓައިމް އެޖެންސީން ހާމަކޮށްފައިވާގޮތުގައި "ޝިން ޔުއާން"ގެ އެމް.އެމް.އެސް.އައި ނަމްބަރަކީ 455123170 އެވެ.

އުތުރު ކޮރެއާއިން ކުރަމުންދާ ޤާނޫނާއި ޚިލާފު އަމަލުތައް ހުއްޓުމަކަށް ގެނައުމުގެ މަގުޞަދުގައި އެމެރިކާއިން ވަނީ އުތުރު ކޮރެއާއާ ގުޅުން އޮންނަ ގިނަ ކުންފުނިތަކަކާއި އުޅަނދުތަކަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައެވެ. އެގޮތުން ޖަޕާނަށް މި ފެނުނު އުތުރު ކޮރެއާގެ ދިދަނެގި ބޯޓަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުގެ ލިސްޓުގައި ހިމަނާފައިވާ ބޯޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
17%
67%
17%
ކޮމެންޓް