Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

10:30ގެ ކުރިން އެއްވުން ރޫޅާލައިފި

28 ފެބުރުއަރީ 2018 | ބުދަ 23:22

ނޫސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމެއް ނެތް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 28 ފެބުރުއަރީ 2018 | ބުދަ 23:22
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ގޮވާލައި ރައްޔިތުން ބޭއްވި އެއްވުމެއް ރޫޅާލުމަށް ފަހު ފުލުހުން އާޓިފިޝަލް ބީޗްގެ ސްޓޭޖްމަތީގައި އިށީނދެލައިގެން

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ގޮވާލައި ރައްޔިތުން ބޭއްވި އެއްވުމެއް ރޫޅާލުމަށް ފަހު ފުލުހުން އާޓިފިޝަލް ބީޗްގެ ސްޓޭޖްމަތީގައި އިށީނދެލައިގެން

ކަނޑައެޅި ވަގުތަށް ވުރެ އަވަހަށް މުޒާހަރާ ރޫޅާލަމުންދާތީ، ފުލުހުންގެ ތަފާތު ކުރުން އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ބުނެ، އަނެއްކާވެސް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރޭގަނޑު 10:30ގެ ފަހުން މުޒާހަރާތަކާއި ސިޔާސީ ހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އިންޒާރު ދީފައި ވަނިކޮށް، ބުދަ ދުވަހުގެ ރޭ ފުލުހުން ވަނީ އެ ވަގުތު ޖެހުމުގެ ކުރިން މުޒާހަރާ ރޫޅުމުގެ މަސައްކަތްކޮށްފަ އެވެ. އެގޮތުން އެމްޑީޕީ ހަރުގެ ސަރަހައްދަށް ބުދަ ދުވަހުގެ ރޭ އެއްވި މީހުން، 10:30 ވުމުގެ ކުރިން، އެ ސަރަހައްދުން ފޮނުވާލަން ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ގޮވާލައި އެމްޑީޕީގެ ހަރުގެ ސަރަހައްދަށް ޖަމާވި މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށާއި އަޑުގަދަކުރާ ބޭނުން ކުރުން ހުއްޓާލުމަށް ފުލުހުން އިންޒާރު ދީފައި ވަނީ 10:20 އެހާކަންހާއިރު އެވެ. ފުލުހުން އެ އިންޒާރު ދީފައި ވަނީ ގާނޫނަކާއި ގަވާއިދެއް ހަވާލާ ދިނުމެއް ނެތި، އަދި ސަބަބެއް ވެސް ބަޔާން ކުރުމެއް ނެތި އެވެ.

އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ގާނޫނުން ނޫސްވެރިންނަށް ކަށަވަރު ކޮށްދީފައި ވީނަމަވެސް ފުލުހުން ވަނީ ނޫސްވެރިންގެ މަސައްކަތަށް ވެސް ހުރަސްއަޅާފައެވެ. ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން، އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ދޭންޖެހޭނެ ކަމަށާއި އެ ނޫސްވެރިންގެ މަސައްކަތަށް ދަތިކޮށް، ހުރަސް އަޅައިގެން ނުވާނެ ކަމަށް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެކި ފުލުހުން، ނޫސްވެރިންނާމެދު އަމަލު ކުރަނީ އެކި ގޮތް ގޮތަކަށެވެ.

ފުލުހުންގެ ވެހިކަލެއްގައި ހަރުކޮށްފައި ހުރި އަޑުގަދަ ކުރާއަކުން އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ބުދަ ދުވަހުގެ ރޭ ފުލުހުން ދެމުންދިޔަ ވަގުތު ވެސް މުޒާހަރާގެ ބައިވެރިން ގެންދިޔައީ މުޒާހަރާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

ރަޔަޓް ގިޔަރުގައި ތިބި ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުން ނުކުމެ، މުޒާހަރާގެ ބައިވެރިން އެމްޑީޕީ ހަރުގެ ސަރަހައްދުން ދުރަށް ޖައްސައި، ރޭގަނޑު 11:00 ޖެހުމުގެ ކުރިން، މަގުމަތި "ސާފު" ކޮށްލިއެވެ. ކޯޓު އަމުރެއް ނެތި، އެމްޑީޕީ ހަރުގެއަށް ވަދެ އެތަނުގައި ބޭނުން ކުރަމުންދިޔަ އަޑުގަދަ ކުރާގެ އަޑު ވެސް ފުލުހުން ކަނޑާލިއެވެ.

ރޭގަނޑު 10:30ގެ ފަހުން ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކާއި އެއްވުންތަކަށް ފުލުހުން ހުރަހެއް ނާޅައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ޖަލްސާ 10:30 އަށް ވުރެ ފަހުން ވެސް ކުރިއަށް ދިޔައިރު އެ ހަރަކާތް ހުއްޓުވުމަށް ފުލުހުން މަސައްކަތްކޮށްފައެއް ނުވެއެވެ. ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާ 10:30 ވީއިރުވެސް ނިންމާ ނުލައި ކުރިއަށް ގެންދިޔައިރު، ފުލުހުންނާއި ސިފައިން ގެންދިޔައީ އެ ޖަލްސާއަށް ހިމާޔަތާއި ރައްކާތެރިކަން ދެމުންނެވެ.

އެއްވެސް މީހަކާމެދު ތަފާތުކޮށްގެން ނުވާނެ ކަމަށާއި ހަމަހަމާއެކު ކޮންމެ ރައްޔިތަކާމެދު އަމަލު ކުރަން ޖެހޭނެ ކަމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައި ވީނަމަވެސް، ފުލުހުންގެ ފަރާތުން އެ ތަފާތުކުރުން ފެންނަމުންދާތީ ފާޑުކިޔުންދަނީ އަމާޒުވަމުންނެވެ.

މީގެ ކުރިން ވެސް އެ ތަފާތުކުރުންތައް ފުލުހުންގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ. ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު މާލޭގައި ސިލްސިލާ މުޒާހަރާތައް އިދިކޮޅު ފަރާތްތަކުން ފެށުމުން، ފުލުހުން ވަނީ އެއްވުންތައް ހުއްޓުވައި މީހުން ހައްޔަރުކޮށްފައެވެ.

ނަމަވެސް ޕީޕީއެމުން މަގުމަތީގައި ކުރިއަށް ގެންދިޔަ އެއްވުންތަކާއި ސިޔާސީ ރެލީތަކަށް ފުލުހުން ދިޔައީ އެއްބާރުލުން ދެމުންނެވެ. މަގުތައް ބަންދުކޮށްގެން، މީހުން ޖަމާވުމަށް ފުލުހުން ދިޔައީ މަގު ދައްކަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ކެމްޕެއިން އޮފީސް ހިމެނޭ، ވެސްޓްޕާކު ސަރަހައްދު ބަންދުކޮށް އެ ސަރަހައްދަށް މީހުން ޖަމާވެ، އަޑު އުފުލުމަށް ފުލުހުން ވަނީ ފުރުސަތު ދީފައެވެ. އެމަކަށް އެއްބާރުލުން ދިނީ ހަމައެކަނި ފުލުހުން އެކަންޏެއް ނޫނެވެ. ސިފައިން ވެސް ވަނީ ހަތިޔާރާއެކު އެތަނުގައި ހަރަކާތްތެރިވެފައެވެ.

ފުލުހުންގެ ތަފާތުކުރުން އިންތިހާއަށް ފެނިގެންދާއިރު، ފުލުހުންގެ މުއައްސަސާގައި ތިބި އިލްމީ ގާބިލު ބޭފުޅުންނާއި ތަމްރީނުތައް ލިބިފައިވާ ދުވަސްވީ އޮފިސަރުން ވަނީ މަގާމުން ވަކިކޮށް އެކަހެރިކޮށްފައެވެ. އަދި ބައެއް ފުލުހުންނާއި ސިފައިން ވަނީ ހައްޔަރުކޮށްފައެވެ. އާއިލާތަކާ ބައްދަލު ނުކުރެވޭ ގޮތަށް ބައެއް ސިފައިންނާއި ފުލުހުން މަސައްކަތުގައި ގެންގުޅެމުންދާ ކަމުގެ ވާހަތައް ވެސް ވަނީ ފެތުރިފައެވެ.

މުޒާހަރާތައް ރޫޅާލުމުގައި އެކި ދުވަސްވަރު އެކި ގޮތް ގޮތަކަށް ފުލުހުން އަމަލު ކުރަމުންދާތީ، ފުލުހުންގެ ތެރޭގައި ވެސް އެކަންބޮޑުވުން އޮތްކަން "ރާއްޖެޓީވީއަށް" ވަނީ އެނގިފައެވެ. އެސްއޯ ފުލުހުންނާއި އިސް އޮފިސަރުންގެ މެދުގައި ހިޔާލުތަފާތުވުން އޮތް އިރު ބައެއް ބައެއް ފުލުހުން މަސައްކަތް ކުރަމުންދަނީ ހިތްހަމަޖެހިގެނެއް ނޫނެވެ. ވެރިންގެ އަމަރަށް ކިޔަމަންވުމުގެ ގޮތުން ވަޒީފާއަށް ނުކުންނަނީ މަޖުބީރުވެގެން ކަމަށް ވެސް ބައެއް ފުލުހުން ދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި

18 އެޕްރީލު 2017
އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި
10 އެޕްރީލު 2017

ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް

10 އެޕްރީލު 2017
ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް
06 އެޕްރީލު 2017

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް