Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު ރިޔާޒު ރަޝީދު

މިނިވަން މުއައްސަސާތަކުގެ ޒިންމާ އަދާކުރާ ތަނެއް ނުފެނޭ: ރިޔާޒު ރަޝީދު

28 ފެބުރުއަރީ 2018 | ބުދަ 11:37

ސުލައިމާނަކީ ގާބިލު ބޭފުޅެއް: ރިޔާޒު ރަޝީދު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ފެބުރުއަރީ 2018 | ބުދަ 11:37
މެމްބަރު ރިޔާޒު ރަޝީދު

މެމްބަރު ރިޔާޒު ރަޝީދު

ދިވެހިރާއްޖޭގައި އުފައްދާފައިވާ މިނިވަން މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ވިދާޅުވެ، ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިން އިކްޝަންސް ކޮމިޝަނުގެ ރައީސްކަން ކުރެއްވި އަހުމަދު ސުލައިމާން އައްޔަރު ކުރެއްވުމަށް މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން ރިޔާޒު ވިދާޅުވީ މިނިވަން މުއައްސަސާތަކުން މިނިވަންކަމާ އެކު، ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ނަމަވެސް އެކަން ފެންނަމުން ނުދާ ކަމަށެވެ.

Advertisement - newsAdvertisement
"މިއަދު ހުށަހެޅިގެން މިދިޔައީ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެއް މުއައްސަސާ އަށް ވުރެ ގިނަ މުއައްސަސާތަކުގެ އިންޓެގްރިޓީގެ ކަންތައްތައް ބަލާ ކޮމިޝަނަށް މެމްބަރު އައްޔަން ކުރުމުގެ މައްސަލަ. ފުލުހުންގެ މުއައްސަސާ އާއި އެފަދަ އެހެނިހެން މުއައްސަސާތަކުގެ ކަންކަން ބެލެހެއްޓުމަށް ވަރަށް މުހިއްމު މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ މުއައްސަސާއެއް. މިމުއައްސަސާގައި ތެރެއިން ކަންތައްތައް ކުރިއަށް ގެންދާއިރުގައި މިކަމުގައި ހަވާލުވެފައި ތިބި މީހުންގެ ގާނޫނީ މަސްއޫލިއްޔަތު، އެފަރާތްތަކަށް ހަނދާންކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމެއް. އަދި އެހެންވެގެން މިނިވަން މުއައްސަސާތަކާ ބެހޭ ދާއިމީ ކޮމެޓީއެއް ރައްޔިތުންގެ މަޖިލީހުގައި އޮންނަނީ. އެހެންވީމާ އެކޮމެޓީގެ ވެސް މަސްއޫލިއްޔަތެއް މިދެންނެވި މުއައްސަސާތަކުން ހިންގާ ކަންތައްތަކަކީ އެއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހިނގާތަންތަންކަން ކަށަވަރު ކުރުމަކީ،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ސުލައިމާނަކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވެސް މަސައްކަތް ކުރެއްވި އަދި ދަންނަ ބޭފުޅެއް ކަމަށެވެ.

"ސުލައިމާނަކީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެއް. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި ކުރިން ހުންނެވި ރައީސް ކަންކަން ކުރެއްވި ގޮތް ރައްޔިތުންނަށް އެނގޭ. ކަންކަން ހާސިމް ކުރުމަށްޓަކައި ގާނޫނުގެ އިމުގެ ތެރެއިން ކަންކަން ކުރުމަކީ ވަރަށް މުހިއްމު ކަމެއް. ތިމާ ބޭނުންވާ ކަންތައްތައް ނުކުރެވުނީމައި އެކަމާ ބެހޭ ގޮތުން ކަންކަން ފާޅުކުރަންޖެހޭނީ ސޯޝަލް މީޑިއާގައެއް ނޫން. ކަންކަމާ ހަވާލުވެތިބޭ މީހުންގެ އެކަމަކާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް މައްސަލަ ހައްލުކުރުމުގެ ކެޕޭސިޓީ ހުންނަންޖެހޭނެ. ދައުލަތުގެ ސިއްރު ހިފެހެއްޓުމާއި ސިއްރު މައުލޫމާތު ހޯދުމާއި އަދި ތަހުގީގު ކުރުމަކީ ގާނޫނުތަކާ އެއްގޮތަށް ކުރަންޖެހޭ ކަމެއް. ސުލައިމާނަކީ އަޅުގަނޑުމެން އެންމެންވެސް ދަންނަ މިކަން ކުރުމުގެ ގާބިލްކަންހުރި ފަރާތެއް. އަޅުގަނޑު އުއްމީދު ކުރަނީ އެކޮމިޝަނުގެ މަސައްކަތް ކުރިއަށް ވުރެ ހަލުވިވާނެ ކަމަށް،" ރިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާޒު ވަނީ ގާނޫނުއަސާސީގެ ދަށުން އުފައްދާފައި ހުރި ކޮމިޝަންތަކުގެ ޒިންމާ އަދާކުރުމަށް އުނިވަނީ ކޮން ކަމެއްތޯ ރިޔާޒް ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ ދައުލަތުން ވަރަށް ބޮޑެތި ހަރަދުތަކެއް މުއައްސަސާތަކަށް ކުރަމުން އަންނަ އިރު، އެ ބަޔަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް އަދާކުރާ ނަމަ، ގައުމު ދާނީ ރަނގަޅަށް ކަމަށެވެ.

ރިޔާޒު ވިދާޅުވީ މިއަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށް ވުމާ އެކު، ދުނިޔޭގެ އެތައް ބައެއްގެ ކަޅި ރާއްޖެއާ ދިމާލަށް ހުއްޓިގެންދާނެ ކަމަށެވެ. އެހެންވެ، މުއައްސަސާތައް ހޭލައި ތިބެ، ކަންކަން އަދުލުވެރިކަމާ އެކު ކުރަން ޖެހޭ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް