Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯއޭޝިއާގެ ވަފުދު ފޮނުވާލުން

ވިސާ ކަންތަކުގައި ސަރުކާރަށް ތަކުރާރުކޮށް މެއިލްކުރިން، ޖަވާބެއް ނުލިބުނު: ލޯ އޭޝިއާ

28 ފެބުރުއަރީ 2018 | ބުދަ 01:47

އިމިގްރޭޝަނާއި ފޮރިން މިނިސްޓްރީއިންވެސް ޖަވާބެއް ނުލިބުނު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 28 ފެބުރުއަރީ 2018 | ބުދަ 01:47
ރާއްޖޭގެ ބައެއް ޤާނޫނީ ވަކީލުން

ރާއްޖޭގެ ބައެއް ޤާނޫނީ ވަކީލުން

ވިސާގެ ނުނަގައި ރާއްޖެއައިކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބަންދުކޮށް، ޑިޕޯޓްކޮށްލި ލޯ އޭޝިއާގެ ވަފުދުގެ ބޭފުޅުން ވިސާގެ ކަންތައްތައް އޮންނަ ގޮތް އޮޅުން ފިލުވުމަށް އިމިގްރޭޝަނަށް ފޮނުވި މެއިލްތަކަށް ޖަވާބު ނުލިބުނުކަމަށް އެޖަމާޢަތުން ބުނެފިއެވެ.

އޭޝިއާ ސަރަހައްދުގެ ގާނޫނީ ވަކީލުންގެ ޖަމިއްޔާތަކުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ޤާނޫނީ ބޭފުޅުން ބަލާ ލޯ އޭޝިއާގެ ރައީސް ކްރިސްޓޮފަރ ލިއޯން އިސްވެ ހުންނަވައި ރާއްޖެއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ޑީޕޯޓްކޮށްލުމާއި ގުޅޭ ގޮތުން، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ލިއޯން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިމިގްރޭޝަނުން ޖަވާބެއް ނުލިބުމުން ފޮރިން މިނިސްޓްރީއަށްވެސް މެއިލްކުރިކަމަށެވެ. އަދި ފުރަތަމަ ކުރި މެއިލްއަށް ޖަވާބުދީ، ލޯއޭޝިއާގެ ވަފުދުގެ ބޭފުޅުންނަށް ބޭނުންވާ މައުލޫމާތު ފޮރިން މިނިސްޓްރީގެ އޭޝިއާ ޑޕާޓްމަންޓުން ފޯރުކޮށްދޭނެކަމަށް ފޮރިން މިނިސްޓްރީއިން ބުނިކަމަށާއި، އެހެން ނަމަވެސް ފަހުން ޚަބަރެއް ނުވާނަކަމަށް ލިއޯން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީއިންވެސް އަދި އިމިގްރޭޝަނުންވެސް ޖަވާބެއް ނުލިބުމުން، އެޖަމާޢަތުގެ ވަފުދެއް ރާއްޖެއަށް ޓޫރިސްޓް ވިސާގައި ދަތުރުކުރާނެކަމުގެ މައުލޫމާތު ކަމާއި ބެހޭ ފަރާތްތަކަށް ފޮނުވިކަމަށާއި، ރާއްޖެއަށް އައިސް، އިމިގްރޭޝަނުގައި އެބޭފުޅުންގެ ދަތުރުގެ ބޭނުމުގެ ވާހަކަ ދެންނެވިކަމަށް ލިއޯން ވިދާޅުވިއެވެ.

ބޭރުގެ ޖަމާޢަތްތަކަށް ރާއްޖޭގެ ހާލަތުގެ ބަލަން އައުމުގެ ދައުވަތު ސަރުކާރުން ދިނުމަށްފަހު، ސަރުކާރުން ކަންތައް ކުރިގޮތާއިމެދު ލޯއޭޝިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވަކި ފަރާތަކަށް ނުޖެހޭ، މިނިވަން ފަރާތަކުން ރާއްޖޭގެ ޤާނޫނީ ދާއިރާގެ މައުލޫމާތު ދުނިޔެއަށް ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބުނު ފުރުސަތު ސަރުކާރުން ނަގާލާފައިވާކަން ލޯ އޭޝިއާއިން ފާހަގަކުރިއެވެ.

ރާއްޖެއަށް ވަޑައިގެންނެވި ލޯއޭޝިއާގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އެޖަމިއްޔާގެ ރައީސް ކްރިސްޓޮފާ ލިއޮން އާއި ކުރީގެ ރައީސް ޕްރަޝާންތު ކުމާރާއި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އުޕުލް ޖަޔަސޫރިޔާ އާއި ލޯ އޭޝިއާގެ ކަންޓްރީ ކައުންސެލަރު އަދި ސިންގަޕޫރުގެ ބާ އެސޯސިއޭޝަންގެ ރައީސް ގްރެގަރީ ވިޖެޔަންދުރަން އާއި އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ލޯ ސޮސައިޓީގެ ރައީސް ޑަގް ހަމްފްރޭސް އާއި، ޖަޕާނުގެ ބާ އެސޯސިއޭޝަންގެ މެންބަރު ޔަސުޝީ ހިގާޝިޒަވާ، މެލޭޝިއާގެ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު އަރީފް އަދި ނިއު ސައުތު ވޭލްސްގެ ލޯ ސޮސައިޓީގެ މެންބަރު އަދި ލޯ އޭޝިއާގެ ސޮލިސިޓަ ކޭޓް ހިއުސަން އެވެ.

އިމިގްރޭޝަނުން އެބޭފުޅުން ރާއްޖެއަށް އެތެރެވުމަށް ހުއްދަ ނުދިނީ އެބޭފުޅުން ވަޑައިގެންނެވީ ޓޫރިސްޓް ވިސާގައި ކަމަށްބުނެއެވެ.

ލޯ އޭޝިއިން ރާއްޖެއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ގިނަ ފަރާތްތަކަކާއިއެކު ބައްދަލުވުންތައް ބޭއްވުމަށް އެޕޮއިންޓްމަންޓްތައް ހެދިއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް