Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް މިފަހަރުވެސް ޚަރަދު ކުރަނީ އެމްއެމްޕީއާރުސީގެ ފައިސާ!

27 ފެބުރުއަރީ 2018 | އަންގާރަ 15:47

މިމަސައްކަތް ބެލާޑް ޕާޓްނަރސް އާ ހަވާލުކޮށްފައިވަނީ އެމްއެމްޕީއާރުސީން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 27 ފެބުރުއަރީ 2018 | އަންގާރަ 15:47
ބެލާޑް ޕާޓްނަރސްގެ ރައީސް ބްރަޔަން ބެލާޑް

ބެލާޑް ޕާޓްނަރސްގެ ރައީސް ބްރަޔަން ބެލާޑް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް ހަވާލުކޮށްފައިވާ އެމެރިކާގެ ލޮބީ ފަރމް, ބެލާޑް ޕާޓްނަރސް އަށް ޚަރަދު ކުރަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް މާކެޓް ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) އިން ކަން ހާމަވެއްޖެ އެވެ.

އެމެރިކާގެ ފްލޮރިޑާ އަށް ނިސްބަތްވާ ލޮބީ ފަރމް އެއް ކަމަށްވާ ބެލާޑް ޕާޓްނަރސް އާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ކޮޕީ ވަނީ، އެމެރިކާގެ ފޮރިން އޭޖެންޓްސް ރެޖިސްޓްރޭޝަން އެކްޓްގެ ދަށުން ޖަސްޓިސް ޑިޕާޓްމަންޓްގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.

Advertisement - newsAdvertisement

12 މަސް ދުވަހުގެ މުއްދަތަކަށް ދިވެހި ސަރުކާރުން ބެލާޑް ޕާޓްނަރސް އާ މިމަސައްކަތް ހަވާލުކޮށްފައިވަނީ މަހަކު ބައި ލައްކަ ޑޮލަރު (771،000 ރުފިޔާ) ގެ އަގަކަށެވެ.

ބެލާޑް ޕާޓްނަރސް އާ މިމަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) އިންނެވެ.

ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެކުލަވާލި މިއެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދެވެ. ބެލާޑް ޕާޓްނަރސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ބެލާޑް ޕާޓްނަރސްގެ ރައީސް ބްރިއަން ބެލާޑެވެ.

މިއެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކު 50 ހާސް ޑޮލަރުގެ މަގުން، އަހަރަކު ހަ ލައްކަ ޑޮލަރު (9.25 މިލިއަން ދިވެހި ރުފިޔާ) ދިވެހި ސަރުކާރުން ޚަރަދު ކުރަންޖެހޭއިރު، އެފައިސާގެ އިތުރުން މިމަސައްކަތުގެ ތެރޭގައި ކުރަންޖެހޭ ދަތުރުތަކާއި، އެދަތުރުތަކާއި ގުޅުން ހުރި އެހެނިހެން ޚަރަދުތަކަށް ފައިސާ ދައްކާނީވެސް އެމްއެމްޕީއާރުސީ އިންނެވެ. ކޮންމެ މަހަކު ބިލް ކުރާ ގޮތަށް ހަވާލުކޮށްފައިވާ މިމަސައްކަތުގެ އަގަށްވާ ފައިސާ، ކޮންމެ މަހެއްގެ ފަނަރަ ވަނަ ދުވަހުގެ ކުރިން އެމްއެމްޕީއާރުސީ އިން ބެލާޑް ޕާޓްނަރސް އަށް ދައްކަންޖެހޭ ކަމަށް މިއެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަޚް ހަލަބޮލިވެގެންދާ ކޮންމެ ދަނޑިވަޅެއްގައި ދިވެހި ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް ބޭރުގެ ޕީއާރް އަދި ލޮބީ އޭޖެންސީތަކަށް މީގެ ކުރިންވެސް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ.

އެގޮތުން ރައީސް މުޙައްމަދު ނަޝީދުގެ މައްސަލާގައި އދ.ގެ ވޯކިންގ ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަނަށް ޖަވާބުދާރީ ވުމަށް ޤާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރގެ އަނބިކަނބަލުން ޝެރީ ބްލެއަރގެ ލޯ ފާރމް، އޮމްނިއާ ސްޓްރެޓެޖީސް އާ ހަވާލުކޮށްފައިވެއެވެ. އޮމްނިއާ ސްޓްރެޓެޖީސް އާ އެމަސައްކަތް ހަވާލު ކުރުމަށްފަހު، މަސައްކަތުގެ އަގު ދައްކާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުންނެވެ.

އެސްއޯއެފް އަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، ދައުލަތާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކާއި، ސިޔާސީ ބައެއް ފަރާތްތަކާއި އަމިއްލަ ބައެއް ފަރުދުންގެ އެކައުންޓްތަކަށް ފައިސާ ފޮނުވުމުގެ މަސައްކަތް ހިންގާފައިވާ އަމިއްލަ ކުންފުންޏެކެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން ހޯދާފައިވާ ފައިސާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ އެސްއޯއެފް އިން މެދުވެރިކޮށް ޖަމާކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް