ކ. މާލެ
|
27 ފެބްރުއަރީ 2018 | އަންގާރަ 09:01
ީ އެމްޑީޕީގެ ސަޕޯޓަރެއްކަމުގައިވާ ނައީމާ މުހައްމަދު ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ
ީ އެމްޑީޕީގެ ސަޕޯޓަރެއްކަމުގައިވާ ނައީމާ މުހައްމަދު ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
މުޒާހަރާގައި ހައްޔަރު ކުރި ތިން މީހުން ދޫކޮށްލައިފި
 
އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކުން ގިނަ ބަޔަކު ދަނީ ހައްޔަރު ކުރަމުން
 
ހޯމަ ދުވަހު ވެސް ވަނީ ބަޔަކު ހައްޔަރުކޮށްފައި
 
ތިން މީހުން ދޫކޮށްލާފައިވަނީ ހޯމަ ދުވަހުގެ ރޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާގައި އާދިއްތަ ދުވަހު ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.

ފުލުހުން އެރޭ ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ ސަޕޯޓަރެއްކަމުގައިވާ ނައީމާ މުހައްމަދު (ނައިމާއްތަ) އާއި އިތުރު އަންހެނަކާއި ފިރިހެނެކެވެ.

މިތިން މީހުން ހޯމަ ދުވަހުގެ ރޭ ދޫކޮށްލާފައިވާ އިރު މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވަނީ ހައްޔަރުކޮށްފަ އެވެ.

އަމީތު ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒް ސަރަހައްދުގައި ހުއްޓައެވެ. މެމްބަރު އަބްދުﷲ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މުޒާހަރާއާ ބެހޭގޮތުން މަޒާޑާ ކުރިމަތީގައި ހުރެ މީޑީއާތަކަށް އިންޓަވިއު ދެއްވަނިކޮށެވެ. 

މިދިޔަ ހުކުރު ދުވަހު ހަވީރު ވެސް އަމީތާއި އަބްދުﷲ ހައްޔަރު ކުރި އެވެ. އެހެން ނަމަވެސް އެދެމީހުން ހުކުރު ދުވަހުގެ ރޭ ދޫކޮށްލި އެވެ. 

މީގެ އިތުރުން އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރ ތޫބާ ރަޝީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
33%
0%
67%
0%
0%
ކޮމެންޓް