Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކުއްލި ނުރައްކަލުގެ ހާލަތޭ ބުނެ މާލިއްޔަތު ކޮމެޓީއަށް މީޑިއާ ނުވެއްދި

26 ފެބުރުއަރީ 2018 | ހޯމަ 06:49

މިހާލަތުގައި ކޮމެޓީއަށްވެސް އެއްވެސް މީޑިއާ އަކަށް ނުވަދެވޭނެ ކަމަށް އެންގީ ސިފައިން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 ފެބުރުއަރީ 2018 | ހޯމަ 06:49
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ)

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ)

ކުއްލި ނުރައްކަލުގެ ހާލަތޭ ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މީޑިއާތައް ނުވެއްދި އެވެ.

މަޖިލީހުގެ އިދާރާ އާ ހަވާލާދީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުންދާ ސިފައިން ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލީހުގެ ކޮމެޓީތަކަށް ވެސް އެއްވެސް މީޑިއާއަކަށް ނުވަދެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް ހޯމަ ދުވަހުގެ 11:00އަށް ވަނީ ތާވަލް ކޮށްފަ އެވެ. މި ކޮމެޓީގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ:

  1. އިދާރީ މައްސަލައެއްވާނަމަ މަޝްވަރާ ކުރެއްވުން
  2. އޮޑިޓަރ ޖެނެރަލްގެ އޮފީސް 2017 ވަނަ އަހަރުގެ އޮޑިޓް ކުރުމަށް އޮޑިޓަރ އެއް އައްޔަން ކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވުން
  3. ދައުލަތުގެ މެދުރާސްތާގެ ފިސްކަލް އަދި ލޯން ސްޓްރެޓެޖީ، ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާތީ، މިސިޓީއާމެދު މަޝްވަރާ ކުރެއްވުން ކުރިއަށް ގެންދިޔުން
  4. މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަސައްކަތްތަކާގުޅޭ ގޮތުން، މަޝްވަރާ ކޮށްލުމަށް، ކޮމެޓީއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދި މީޑީއާ ކައުންސިލުން ފޮނުވާފައިވާ ސިޓީއާމެދު މަޝްވަރާ ކުރެއްވުން ކުރިއަށް ގެންދިއުން
  5. ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ލޯން އަދި ސޮވެރީން ގެރެންޓީ އާގުޅޭ ލިޔުންތައް މެމްބަރުންނާ ހިއްސާކޮށް، މަޝްވަރާ ކުރެއްވުން
  6. އެހެނިހެން

މާލިއްޔަތު ކޮމެޓީގެ ހޯމަ ދުވަހުގެ ބައްދަލުވުމަށް މީޑިއާތައް ނުވެއްދި ނަމަވެސް މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑް މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ދެމުން ދެއެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މީޑީއާތަކަށް ދައުވަތު ދެއްވިއިރު، އެޖަލްސާ ބާއްވާފައި ވަނީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ދަރުބާރު ގޭގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މިޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާ ދެއްވާފަ އެވެ. އަދި ހޯމަ ދުވަހު މިވަނީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެ ވަނަ ޖަލްސާވެސް ބާއްވާފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނެތްއިރު، މީގެކުރިން މަޖިލީހުން ބޭއްވި މުހިއްމު ގިނަ ކޮމެޓީތަކެއްގެ ބައްދަލުވުންތައް މީޑިއާ ނުވެއްދުމަށް އެ ކޮމެޓީތަކުން ނިންމާފައިވެއެވެ.

މިހާރު ހިންގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަސައްކަތުގެ ރޭޓްދަށް، މައުލޫމާތު ހޯދުމަށް މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ދެކޮޅު ހަދަމުންދާ މަޖިލީހެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީއަށް ވުރެވެސް ގިނަ މެމްބަރުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ މައްސަލައަށް ވޯޓެއް އެހުމެއްނެތި، މަސީހު ގެންދަވަނީ ގަދަބާރުން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަވަމުން ނެވެ.

ގިނަ އަދަދަކަށް ސިފައިން މަޖިލީހުގެ އިދާރާއަށް ވައްދާ، މަޖިލިސް ވަނީ ސިފައިން "ހިސޯރު" ކޮށްފަ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް