Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިޔާ ރިލްވާން

ރިލްވާން ގެއްލުނު ރޭ ގަދަކަމުން ކާރަކަށް މީހަކު އަރުވައިގެން ދިޔަ ތަން ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރި: ފުލުސް މީހެއް

25 ފެބުރުއަރީ 2018 | އާދީއްތަ 14:08

ފުލުހުންނަށް ރިޕޯޓް ލިބުނީ ވެސް ރަތްކުލައިގެ ކާރެއްގައި ގެންދިޔަ ކަމަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 25 ފެބުރުއަރީ 2018 | އާދީއްތަ 14:08
ރިލްވާން ގެއްލުނު ރޭގެ ވީޑިއޯ ފުޓޭޖްތަކެއް -- ރާއްޖެއެމްވީ ފޮޓޯ

ރިލްވާން ގެއްލުނު ރޭގެ ވީޑިއޯ ފުޓޭޖްތަކެއް -- ރާއްޖެއެމްވީ ފޮޓޯ

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ފޮރުވި ރޭ ހުޅުމާލޭގައި ކާރަކަށް ގަދަކަމުން މީހަކު އަރުވައިގެން ދިޔަ ކަމުގެ މައުލޫމާތު އާންމު މީހަކަށް ފެނިގެން އެވަގުތު ރިޕޯޓްކުރި ކަމަށް ފުލުހުންގެ އޮފިސަރަކު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ރިލްވާން ގަދަމުން ފޮރުވާފައިވާ ކަމަށް ބުނެ ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ދެ މީހެއްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމުގައި އާދިއްތަ ދުވަހު ހެކިބަސް ދިން އެކަކީ ރިލްވާން ވަގައް ނެގިއިރު ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުސް އޮފިސަރެއް ކަމަށްވާ ޔަމަން އަލީއެވެ. ރަތްކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އަރުވައިގެން ދިޔަ ކަމުގެ މައުލޫމާތު2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ދަންވަރު އާންމު މީހަކު ގުޅާފައި ބުނި ކަމަށް އޭނާ ހެކިބަސް ދެމުން ވަނީ ބުނެފައެވެ. އަދި އެއާ އެކު އެ އެތަނަށް ދިއުމަށް ފުލުހުންގެ ދެ މީހަކަށް އޭނާ އެންގި ކަމަށާއި އަދި ރަތްކުލައިގެ ކާރެއް ފެނޭތޯ ބެލި ކަމަށް އޭނާ ބުންޏެވެ. ޔަމަން ބުނި ގޮތުގައި އެ މައުލޫމާތާ އެކު ވެސް ބެލީ ހުޅުމާލޭގައި ރަތްކުލައިގެ ހުރިހާ ކާރެއްގެ ނަމްބަރުތައް ނޯޓުކުރުމަށެވެ. އަދި ބުނީ ރަތްކުލައިގެ ގިނަ ކާރުތަކެއް ހުޅުމާލޭގެ އެކި ތަންތަނުން ފެނުނު ކަމަށާއި އެހެން ނަމަވެސް އެއިން އެއްޗެއް ބަލާ ޗެކްކޮށްފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ކާރަކަށް މީހަކު އަރުވައިގެން ގެންދަނިކޮށް ފެނުން ކަމަށް ފުލުހުންނަށް މައުލޫމާތު ދިން މީހާ ބުނާ ސަރަހައްދަކީ ރިލްވާން ދިރިއުޅޭ ފެލެޓް ކައިރި ކަމަށްވާ އިރު ހެކިބަސް ދިން ފުލުސް މީހާ ބުނީ އެތަނަށް ފުލުހުން ދިޔައިރު އެތަނުން ވަޅިއެއްވެސް ފެނިފައިވާ ކަމަށެވެ.

ރަތްކުލައިގެ ކާރުތަކެއް ފެނުން ނަމަވެސް އެ ކާރުތައް ޗެކް ނުކުރީ އެއީ އެތަނަށް ދިޔަ ފުލުހުންގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ ކަމަށް ބުނުމުން ގާޒީ ވަނީ އެކަން ނުކުރީ ކީއްވެތޯ އިތުރަށް ސާފުކޮށްފައެވެ. އެހެން ނަމަވެސް ފުލުސް މީހާ ހެކިބަސް ދެމުން އިތުރަށް ބުނީ އެއީ ކާރުތައް ތަޅުލާފައި ހުންނާނެތީ ޗެކް ނުކުރީ ކަމަށާއި އެކަމަކީ ތަހްގީގުކުރާ މީހުންގެ ޒިންމާއެއް ކަމަށެވެ.

ދައުވާ ލިބޭ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ ވަކީލު ކުރި ސުވާލަކަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނީ މައުލޫމާތު ދިން މީހާ ދީފައި ވަނީ ކާރަކަށް އަރުވައިގެން ގެންދިޔައީ އަންހެނެއް ކަމަށެވެ. އަދި އޭނާ ލައިގެން ހުރީ މަތިން ފެހިކުލައިގެ އަދި ތިރިން ރަތްކުލައިގެ އެއްޗެއް ކަމަށް ފުލުހުންނަށް ރިޕޯޓްކުރި މީހާ ބުނި ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

މިއަދު އިތުރަށް ހެކިބަސް ދިނީ ރިލްވާން ގޮވައިގެން ދިޔަ ކާރު ހުޅުމާލެއަށް ގެންދިޔަ ދޯނި ކަމަށް ބުނާ ދޯނީގެ ވެރިޔާ އަފީފު މުހައްމަދެވެ. ނަމަވެސް އޭނާ ބުނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކުރީ ކޮޅު އޭނާގެ ދޯނިން ކާރެއް ގެންދިޔަ ނަމަވެސް އެއީ ކޮން ކުލައެއްގެ ކާރެއް ކަން ބުނެދޭން ނޭނގޭ ކަމަށެވެ. ކާރެއް ގެންދިޔަ ކަން އެނގެނީ އެ ކާރު ގެންދިޔަ ލާރި އޭނާ އަށް ލިބުމުން ކަމަށެވެ. އަދި އެ ދޯނިން އޭގެ ކުރިން ވެސް އެކި ވެހިކަލްތައް އެކި ފަހަރުގެ މަތިން ހުޅުމާލެއަށް ގެންގޮސްފައިވާނެ ކަމަށް ވެސް ބުންޏެވެ.

ހެއްކެއްގެ ގޮތުގައި އޭނާ ދައުލަތުން ހުށަހެޅީ އޭނާގެ ދޯނިން އޯގަސްޓްމަހުގެ ކުރީ ކޮޅު ރަތްކުލައިގެ ކާރެއް ގެންގޮސްފައިވާކަން ސާބިތު ކުރުމަށް ކަމަށް ބުނެފައިވީ ނަމަވެސް އޭނާއަށް އެއީ ކޮންކުލައެއްގެ ކާރެއް ކަން ނޭނގޭ ކަމަށް ކޯޓުގައި ވެސް ބުނުމުން ދައުވާ ލިބޭ ވަކީލު ވަނީ އެކަން ފާހަގަކޮށްފައެވެ. ވަކީލު ވިދާޅުވީ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ވެސް އެކަން ނޭނގޭ ކަމަށް ބުނެފައި ވަނިކޮށް ހެކީގެ ގޮތުގައި ހާޒިރުކުރުމުން އިތުރު ވަގުތުތަކެއް ދާ ކަމަށެވެ.

މި މައްސަލާގެ އަޑުއެހުމެއް މާދަމާއަށް ވެސް ވަނީ ތާވަލުކޮށްފައެވެ. އަދި މި ހަފްތާގައި ކޮންމެ ދުވަހަކު ވެސް އަޑުއެހުމެއް ބާއްވައިގެން މި މައްސަލަ އަވަހަށް ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފު ވަނީ ވިދާޅުވެފައެވެ.

ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ އަހުމަދު ރިލްވާން ދިރިއުޅޭ ފްލެޓް ކުރިމަތިން، ގަދަކަމުން ކާރަކަށް އަރުވައިގެން އޭނާ ފޮރުވާފައިވާ ކަމަށެވެ. މި ދައުވާގައި ހިމެނޭ ސ. ހުޅުދޫ އަތިރިއާގެ، މުހައްމަދު ސުއައިދު ރާއްޖެއިން ބޭރުގައި ހުރުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެއެވެ. އަދި ޝަރީއަތް ކުރެވޭ ދެ މީހުން ވެސް ތިބެނީ ދޫކޮށްލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް