ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 12:54
އަދާލަތު ޕާޓިގެ ނައިބު ރައީސް އަލީ ޒާހިރު
އަދާލަތު ޕާޓިގެ ނައިބު ރައީސް އަލީ ޒާހިރު
ރާއްޖެއެމްވީ
އަލީ ޒާހިރު
ރައީސް ޔާމީން ހިފާ ހައްޔަރު ކުރުމަށް ފުލުހުންނާއި ސިފައިންނަށް އަލީ ޒާހިރު ގޮވާލައްވައިފި
 
ޝިޔާމްގެ އޯޑަރަށް މަޖިލީސް އަދި ސުޕްރީމް ކޯޓު ހިސޯރު ނުކުރުމަށް އެދިފައިވޭ
 
ގާނޫނީ ވެރިކަން އިޔާދަ ކުރުމަށްޓަކާ މަސައްކަތް ކުރަންޖެހޭ

ރައީސް އަބްދުﷲ ޔާމީން ހިފާ ހައްޔަރު ކުރުމަށް ފުލުހުންނާއި ސިފައިންނަށް އަދާލަތު ޕާޓިގެ ނައިބު ރައީސް އަލީ ޒާހިރު ގޮވާލައްވައިފިއެވެ.

އަލީ ޒާހިރު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި މިލިޓަރީ ވެރިކަމެއް ހިންގުމަށް އެމްއެންޑީއެފް އާއި ފުލުހުންނަށް ފުރުސަތު ދެއްވައިގެން ނުވާނެ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކޯޓު އަމުރެއް ވެސް ބޭނުން ނުވާ ކަމަށާއި މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާ ހިފާ ހައްޔަރު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނީ ވެރިކަން އިޔާދަ ކުރުމަށްޓަކާ މަސައްކަތް ކޮށްދެވުމަށް ފުލުހުންނާއި ސިފައިންގެ ކިބައިން އަލީ ޒާހިރު ވަނީ އެދިލައްވާފަ އެވެ.

އަލީ ޒާހިރު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އުހުމަދު ޝިޔާމްގެ އޯޑަރަށް މަޖިލީސް އަދި ސުޕްރީމް ކޯޓު ހިސޯރު ނުކުރުމަށް އެދޭ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ހިފާ ހައްޔަރު ކުރަންޖެހޭ ކަމަށް އަލީ ޒާހިރު ވިދާޅުވެފައިވާ އިރު، މި ސަރުކާރާއި ދެކޮޅަށް ނިކުމެ ގައުމު އިސްލާހު ކުރުމަށް ގޮވާލުމަށް ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
86%
0%
0%
0%
14%
ކޮމެންޓް