ހުޅުމާލެ ފްލެޓެއްގެ ވައިގޮޅިން މީހަކު ވެއްޓިއްޖެ
25 ފެބުރުއަރީ 2018 | އާދީއްތަ 08:21އަނިޔާވެފައިވަނީ ބިދޭސީ ފިރިހެނަކަށް

މުހައްމަދު ފަޒީން | 25 ފެބުރުއަރީ 2018 | އާދީއްތަ 08:21

ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ފްލެޓެއްގެ ވައިގޮޅިއަކުން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ ފްލެޓެއްގެ ވައިގޮޅިން ވެއްޓުނު ކަމަށް ބުނާ ބިދޭސީ ފިރިހެނެއް އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ހޮސްޕިޓަލުން ބުނެއެވެ.
ހޮސްޕިޓަލުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެނައީ 11:40 އެހާކަންހާއިރު ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަކަށް ނުލިބެ އެވެ.






