ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 12:51
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ސުޕްރީމް ކޯޓް ހުކުމާ ގުޅޭ ގޮތުން ގާސިމް ދެއްކެވި ވާހަކަ ސޯޝަލް މީޑިއާގެ ބޮޑު ވާހަކައަކަށް!
 
ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ގާސިމް ދެއްކެވި ވާހަކަތަކުން އެވަނީ ކުރެވޭ ތުހުމަތުތަކަށް އިއުތިރާފުވެފައި- ނިހާން
 
ފަނޑިޔާރުންނަށް ރިޝްވަތު ނުދެއްވާ ކަމަށް ﷲ ގަންދީ ހުވާ ކުރެއްވި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ދެއްކެވި ވާހަކަތައް ސޯޝަލް މީޑިއާގައި ބޮޑު ވާހަކައަކަށް ވެއްޖެ އެވެ. 

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު ހުކުމް ނެރެފައިވަނީ އެމަނިކުފާނު ރިޝްވަތުދީގެންކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށާއި މިކަމުގައި އެއްވެސް ހަގީގަތެއް އެކުނުލެވޭ ކަމަށެވެ. އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ގާސިމް ވަނީ ﷲ ގަންދީ ހުވާ ކުރައްވާފަ އެވެ.

ގާސިމް ވިދާޅުވީ، މިއީ މީހުން ބަދުނާމު ކުރުމަށް ދައްކަމުންދާ ވާހަކަ ކަމަށާއި މި ސަރުކާރުން އަބަދުވެސް ކުރައްވަމުންދާ ކަމަކީ މީހުން ފްރޭމް ކުރުން ކަމަށެވެ.

 މި މޭރުމުން ވާހަކަދައްކަވައި ގާސިމް ވަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކުގެ ވާހަކަތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކައާއި ގުޅޭ ގޮތުން ވެސް ގާސިމް ވާހަކަދެއްކެވި އެވެ.

"އަޅުގަނޑުމެން ފެބްރުއަރީ އެއްވަނަ ދުވަހު ހުކުމެއް ނެރުމުން އެހުކުމް ކަމަކު ނުދިޔަ" މިހެން ގާސިމް ވިދާޅުވި އިރު ގާސިމް ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ފާހަގަކޮށް އެކަންކަން ބަލަންޖެހޭނެ ކަމަަށް ވިދާޅުވެފައެވެ.

 ގާސިމްގެ ވިދާޅުވި މި ވާހަކަތަކާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ވަނީ ގާސިމް ވަރަށް ސާފުކޮށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ސުޕްރީމް ކޯޓުން އެއްވަނަ ދުވަހު ނެރުނު ހުކުމަކީ ވަކި ބައެއްގެ ނުފޫޒުގެ ތެރެއިން ނެރުނު އަމުރެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ މިވާހަކަތަކާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ ގާސިމް ހައްޔަރު ކުރުމަށް ވެސް ގޮވާލައްވާފަ އެވެ.

ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން މިގޮތަށް ހާމަކޮށްފައިވާ އިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ވަނީ މިކަމަށް ރައްދު ދެއްވާފަ އެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލްކަރީމް ވިދާޅުވީ  "އަޅުގަނޑުމެން" އެއީ އާންމު ބަހެއް ކަމަށާއި އެ ބަސް މުޅި ގައުމަށް ނިސްބަތްވާ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
17%
17%
0%
17%
0%
50%
ކޮމެންޓް