ކ. މާލެ
|
24 ފެބްރުއަރީ 2018 | ހޮނިހިރު 22:30
އައްޑޫ ސިޓީގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލި ފަރާތްތައް
އައްޑޫ ސިޓީގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލި ފަރާތްތައް
ޓްވިޓަރ
އައްޑޫ ސިޓީ މުޒާހަރާ
އައްޑޫ ސިޓީން ފުލުހުން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި
ހައްޔަރު ކުރި މީހުންގެ ތެރޭގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަޝްރިފު
އައްޑޫގައި ކުރިއަށް އޮތްތަނުގައި ވެސް މުޒާހަރާ ކުރާނަން
ހައްޔަރުކުރި މީހުން ދޫކޮށްލާފައި ވަނީ ބަޔާނެއް ނެގުމަށް ފަހު

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން ހައްޔަރު ކުރި ފަސް މީހުން ދޫކޮށްލައިފިއެވެ.

އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވީ، ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އެއްވުމުގައި ފުލުހުން ހައްޔަރު ކުރި ފަސް މީހުން ދޫކޮށްލާފައިވާކަމަށެވެ.

މުޒާހަރާގައި ހައްޔަރު ކުރި ފަރާތްތަކުން ދޫކޮށްލާފައި ވަނީ ބަޔާނެއްގައި ސޮއި ކުރުމަށް ފަހު ކަމަށް ސޯބެ ވިދާޅުވިއެވެ. އެގޮތުން އެއްވުމެއް ބޭއްވުމަށް ބޭނުންވާ ނަމަ ފުލުހުންނަށް އެކަން ކުރިއަށް އެންގުމަށް އެ ބަޔާނުގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ހިނގާލުންތަކާއި އެއްވުންތައް އައްޑޫ ސިޓީގައި ކުރިއަށްދާނެ ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު މި ހަރަކާތްތަކުގައި ބައިވެރިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ނުކުރުމުގެ ސަބަބުން އެކަމާ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމާއި ސިޔާސީ ހައްޔަރީން މިނިވަން ކުރަން ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ކުރި އަމުރު ތަންފީޒުކުރަން ގޮވާލައި އައްޑޫ ސިޓީގައި ކުރި މުޒާހަރާގެ ތެރެއިން އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަޝްރިފު ވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

އައްޑޫގައި މުޒާހަރާ ފެށީ ހިތަދޫ އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ. މުޒާހަރާގެ ބައިވެރިން ލިންކް ރޯޑުން ދަނިކޮށް، އެސްއޯ ފުލުހުން ހުރަސް އެޅުމުން އެއްވުމުގެ ބައިވެރިން ހިތަދޫ ބޮޑު މަގަށް މުޒާހަރާ ބަދަލުކުރި އެވެ. ނަމަވެސް ބޮޑު މަގުން ވެސް އެއްވުމުގެ ބައިވެރިންނަށް ކުރިއަށް ދިޔަ ނުދީ ފުލުހުން ހުރަސް އަޅައި ހައްޔަރުކުރި ކަމަށް މުޒާހަރާގައި ބައިވެރިވި މީހަކު ރާއްޖެއެމްވީއަށް ކިޔައިދިނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް