ކ. މާލެ
|
24 ފެބްރުއަރީ 2018 | ހޮނިހިރު 16:46
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ޤާސިމްގެ އިންޓަރވިއު
އީޔޫ އިން ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ: ގާސިމް
ގައުމުގެ އިގްތިސާދު ވަނީ ހަލާކުވެފައި
ފަތުރުވެރިކަން ހަލާކުވެއްޖެ ނަމަ ރައްޔިތުންގެ ދިރިއުޅުން ހަމަޖެއްސޭނެ ފައިސާއެއް ނުހުންނާނެ
ގައުމުގެ ވިޔަފާރިވެރިން ވެސް އެބޭފުޅުންނަށް ލިބޭ ގެއްލުންތަކުގެ ވާހަކަދައްކަންޖެހޭ

އީޔޫ އިން ދިވެހިރާއްޖެއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ ގޮތަކަށް އީޔޫގެ ޕާލިމެންޓްގެ މެންބަރުން މަޢުލޫމާތު ދެއްވާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، ގައުމުގެ ހާލަތުގޮސްފައިވާ ހިސާބުން ގިނަ ގައުމުތަކުން ޓްރެވެލް އެޑްވައިޒަރީތައްވެސް ނެރެފައިވާ ކަމަށެވެ. ފަތުރުވެރިން ރާއްޖެއަށް އެންމެ ގިނައިން އަންނަ ގައުމުތައް ކަމުގައިވާ ޗައިނާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ޓްރެވެލް އެޑްވައިޒަރީތައް ނެރެފައިވާ އިރު އީޔޫއިންވެސް ޓްރެވެލް އެޑްވައިޒަރީއެއް ނެރިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް އަސަރު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އީޔޫއިން ދަތި ކުރުމުގެ ފިޔަވަޅެއް އަޅައިފި ނަމަ ގައުމު އެއްކޮށް ބަނޑަށް ޖެހުމުގެ ބިރު އެބައޮތް ކަމަށާއި ދިވެހި ރައްޔިތުން މިކަމަށް ސަމާލުވަންޖެހޭ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. ދިވެހި ރާއްޖެއަކީ މާބޮޑު، އެހެން ގައުމުތަކަށް ބާރު ނުފޯރުވޭނެ ގައުމެއްގެ ގޮތުގައި މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނަށް ހީފުޅު ކުރެވުނު ކަމުގައިވީ ނަމަވެސް، އެމަނިކުފާނުގެ އަޅުއްވާ ހާރީޖީ ސިޔާސަތުތަކުގެ ސަބަބުން ގައުމަށް ލިބެމުންދަނީ ބޮޑު ގެއްލުންތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް ގާސިމް ވިދާޅުވީ، ވިޔަފާރި ހަލާކުކޮށްލާނެ ކަމަށް އެއްޗެއް ނުބުނެ ތިބުމުންވެސް ފެނިގެންދަނީ ވިޔަފާރިތަކަށް ނުވިސްނާ ކަންކަން ކުރައްވަމުން ގެންދަވާ މަންޒަރު ކަމަށެވެ. ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް ސަރުކާރުން ކުރަމުންދާ ކަންކަމާ ދެކޮޅަށް ކެރިގެން ހުރިހާ ވިޔަފާރިވެރިންވެސް ނިކުންނަން ޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް