ކ. މާލެ
|
23 ފެބްރުއަރީ 2018 | ހުކުރު 07:57
ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ކައުންސެލާ ޖެނެރަލް ޝަފީއާ ރިޒާ
ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ކައުންސެލާ ޖެނެރަލް ޝަފީއާ ރިޒާ
ޓްވިޓަރ
އޭޖީ އޮފީސް ވަކީލުން
އޭޖީ އޮފީހުގެ ޑެޕިއުޓީ ކައުންސެލް ޖެނެރަލް އިސްތިއުފާ ދެއްވައިފި
 
ގިނަ އަދަދެއްގެ ވަކީލުން ވަނީ މިހާރު ކުއްލި ހާލަތު އުވިގެން ގޮސްފައިވާ ކަމަށް ބުނެފައި
 
އޭޖީ އޮފީހުގެ ވަކީލުންތަކެއް ޕެޓިޝަނެއް އެކުލަވާލުމުގެ މަސައްކަތް ކުރި

އެޓާނީ ޖެނެރަ އޮފީހުގެ ޑެޕިއުޓީ ކައުންސެލް ޖެނެރަލް ޝަފީއާ ރިޒާ އިސްތިއުފާދެއްވައިފިއެވެ.

ޝަފީއާ އިސްތިއުފާދެއްވި ކަމަށް އަޑުތައް ފެތުރިފައިވާ އިރު އެ އޮފީހުގެ ސީނިއަރ ސްޓޭޓް އެޓަރނީގެ މަގާމު އަދާކުރައްވާ މަރިޔަމް ޝުނާނާ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންޖެހޭ ކަމަށާއި ގާނޫނު އަސާސީގެ 255 ވަނަ މާއްދާއާ ހިލާފަށް ނުހިފެހެއްޓޭނެ ހައްގުތައް ހިފެހެއްޓުމުގެ ބޭނުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރެވޭނެ ކަމަށެވެ.

 އެޓަރނީ ޖެނެރަލް އޮފީހުގެ ވަކީލަކު އިސްތިއުފާދެއްވާފައިވާ އިރު، ގިނަ އަދަދެއްގެ ވަކީލުން ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެއްމުމާ ގުޅިގެން އެ އޮފީހުގެ ފެޓިޝަނެއް އެކުލަވާލައި ހުށަހަޅަން އުޅުނު ކަމަށް ވަނީ އަޑުފެތުރިފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކޮށްފައިވާ އިރު އެކަން ކޮށްފައި ވަނީ ގާނޫނާ ހިލާފަށް މަޖިލީހުގައި ނެގި ވޯޓަކުން ކަމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
0%
83%
0%
0%
0%
17%
ކޮމެންޓް