Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫން

10 އަހަރު ކުރީގެ މައްސަލައެއްގައި އޭސީސީ އިން ރައީސް މައުމޫނާ ސުވާލުކުރަން އުޅެފި

22 ފެބުރުއަރީ 2018 | ބުރާސްފަތި 11:25

ސުވާލުކުރުމަށް މަސައްކަތް ކޮށްފައިވަނީ ވަކީލެއްގެ ޣައިރު ހާޒިރުގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 22 ފެބުރުއަރީ 2018 | ބުރާސްފަތި 11:25
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް

ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ހިނަގާފައިވާ ބައެއް ކަންކަމާ ގުޅޭ މައްސަލައެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާ ސުވާލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރައީސް މައުމޫންގެ ވަކީލު، ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޝަމީމް ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫނާ ހަވާލާދެއްވައި ވިދާޅުވީ، 2007 ވަނަ އަހަރުގެ މައްސަލައަކާ ގުޅިގެން އޭސީސީ އިން ރައީސް މައުމޫނާ ސުވާލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ، ވަކީލެއްގެ ހާޒިރުގައި މެނުވީ އެފަދައިން ސުވާލު ނުކުރެވޭނެ ކަމަށާއި، އެ ޙައްޤު ރައީސް މައުމޫނަށް ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖިނާއީ އިޖުރާޢަތުގެ ޤާނޫނު ނުކިޔާކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫނާ ސުވާލުކުރުމަށް އޭސީސީ އިން މަސައްކަތްކޮށްފައިވާ އިރު 2007 ވަނަ އަހަރު އޭރުގެ ރިޔާސީ ގަނޑުވަރު، ތީމުގޭގެ ބައެއް ޚަރަދުތަކާ ގުޅޭ މައްސަލައެއް މީގެ ކުރިން، 2016 ވަނަ އަހަރު ވެސް އޭސީސީ އިން ވަނީ ބަލާފައެވެ. އެ މައްސަލައިގައި ރައީސް މައުމޫންގެ އާއިލާގެ ބައެއް ބޭފުޅުންގެ ބަޔާން ވެސް ނަގާފައިވެއެވެ.

އެ މައްސަލައިގައި ރައީސް މައުމޫންގެ ބަޔާނެއް ނެގުމަށް އެމަނިކުފާނަށް ފަސޭހަ ވަގުތެއްގައި އެމަނިކުފާނުގެ އަރިހަށް އޭސީސީގެ ޓީމެއް ދިއުމަށް، އެދުމުން ރައީސް މައުމޫން އޭރު ވަނީ އެމަނިކުފާނަށް ފަސޭހަފުޅު ވަގުތެއް ވެސް އެ ކޮމިޝަނަށް އަންގާފައެވެ. އަދި އެމަނިކުފާނަކީ އޭރު އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއް ނޫން ކަމަށް ބުނެ، އެމަނިކުފާނުގެ އޮފީހަށް ގޮސް އޭސީސީން ވަނީ އެމަނިކުފާނުގެ ބަޔާނެއް ނަގާވެސްފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ރައީސް މައުމޫނަކީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއް ނޫން ކަމަށް އޭސީސީން އޭރު ބުނި ނަމަވެސް މަޢުލޫމާތު ލިބޭ ގޮތުގައި އޭސީސީން މިހާރު އެ މައްސަލަ ބަލަމުންދަނީ އެމަނިކުފާނަކީ ތުހުމަތު ކުރެވޭ ފަރާތެއް ކަމަށް ބަލައިގެންނެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމަށް ފަހު، ފެބްރުއަރީ 5 ވަނަ ދުވަހުގެރޭ ސިފައިންނާއި ފުލުހުން ހިންގި އަމަލުތަކެއްގެ ތެރެއިންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް